Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަރޫ ލޯންޗް

ސްޓެލްކޯއަށާއި ފެނަކައަށް ޑޮލަރު ވިއްކުމުގައި މައްސަލަ ޖެހުނު ޝަރޫ ލޯންޗް ސަރވިސްގެ ޗެކެއްގެ މައްސަލަ ފެންމަތިވެއްޖެ

ޗެކް ކްލިއަރވީ އިސްލާމިކް ބޭންކުން ކަމަށް ބުނޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 16 އޯގަސްޓު 2017 | ބުދަ 16:28
މައްސަލަ ޖެހުނު ކަމަށް ބެލެވޭ ޗެކު

މައްސަލަ ޖެހުނު ކަމަށް ބެލެވޭ ޗެކު

ސްޓެލްކޯއަށާއި ފެނަކައަށް ޑޮލަރު ގަންނަން ދިން އެތައް މިލިއަން ރުފިޔާގެ ބައުންސް ޗެކެއްދިން ޝަރޫ ލޯންޗް ސާވިސްގެ އިތުރު ޗެކެއްގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރާއްޖެ އެމްވީއަށް މައޫލޫމާތު ލިބިފައިވާ ގޮތުގައި ފެންމަތިވެގެން އުޅެނީ އެކުންފުނިން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ދޮޅުލައްކަ ޑޮލަރުގެ ޗެކެއްގެ ބޭންކް ގެރެންޓީ ތައްގަނޑު ވަގު ކަމަށް ބަލައި އެ ޗެކް ކްލިއާ ނުވި މައްސަލައެއް ކޯޓުގައި ހިނގަމުން ދަނިކޮށް، ހަމަ ހަމަ އެ ތައްގަނޑު ޖަހާފައި އޭނާ އަށް ދޫކޮށްފައިވާ ހަތަރު ލައްކަ ޑޮލަރުގެ ޗެކެއް ކްލިއާވި މައްސަލައެކެވެ.

ޑޮލަރު ވިއްކުމަށް ސްޓެލްކޯ އާއި ފެނަކަ ކުންފުނިން ނެގި އެތަކެއް މިލިއަން ރުފިޔާ ނުލިބިގެން އެ ދެ ކުންފުނިން ޝަރޫ ލޯންޗް ސަރވިސްގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ދޮޅު ލައްކަ ޑޮލަރުގެ މައްސަލައިގެ ޝަރީއަތް ވެސް މިހާރު ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުނިން ދޫކޮށްފައިވާ ޗެކްތަކުގައި ހުރީ މޮރިޝަސް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑެއް ކަމަށާއި އެހެން ނަމަވެސް، އެއީ ސައްހަ ނޫން ތައްގަނޑު ތަކެއްކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ދޮޅު ލައްކަ ޑޮލަރުގެ ޗެކް ބައުންސްވެ އެ ފައިސާ ހޯދަން ކުރި ދައުވާގެ ޝަރީއަތުގެ ތެރޭގައި، ފެންމަތިވި އެއް މައްސަލައަކީ، އަމިއްލަ ފަރާތަށް ދޫކޮށްފައިވާ ހަތަރު ލައްކަ ޑޮލަރުގެ ޗެކެއް އިސްލާމިކް ބޭންކުން ކްލިއާވި މައްސަލައެކެވެ.

އެޗެކް ކްލިއަރވިކަމަށް ބުނާ މީހާ ބައެއް މީޑިއާ ތަކަށް ބުނެފައިވާ ގޮތުގައި ކޯޓުގައި އިސްލާމިކް ބޭންކުން ދޮޅު ލައްކަ ޑޮލަރުގެ ޗެކް ކްލިއާ ނުވެ އޮތް ސަބަބަކީ އެ ޗެކަށް ގެރެންޓީ ދީފައި އޮތް މޮރިޝަސް ބޭންކުގެ ގެރެންޓީ ތައްގަނޑަކީ ސައްހަ ތައްގަނޑެއް ކަމަށް ނުވާތީ ކަމަށާއި އެކަމަކު ހަމަ އެ ތައްގަނޑު ޖަހާފައި އޮތް ހަތަރު ލައްކަ ޑޮލަރުގެ ޗެކެއް އޭނާ ވާނީ ހަމަ އިސްލާމިކް ބޭންކުން ކްލިއާކޮށްފައި ކަމަށެވެ.

"އޭނާ ބުނެފައިވަނީ ހަތަރު ލައްކަ ޑޮލަރުގެ ޗެކެއް ކްލިއާވެފައި ނޯންނާނެ ކަމަށް އިސްލާމިކް ބޭންކުން ބުނާ ކަމަށާއި އެބޭންކް އަތަކު އެ ބުނާ ޗެކެއް ވެސް ނެތްކަމަށް އިސްލާމިކް ބޭންކުން ބުނެފައިވާ ކަމަށެވެ.

އެހެންނަމަވެސް އޭނާ ބުނިގޮތުގައި އިސްލާމިކް ބޭންކުގައި އޮންނަ އޭނާގެ އެކައުންޓުގެ ސްޓޭޓްމަންޓެއް ވެސް ނަގާފައިވާ ކަމަށާއި ހަތަރު ލައްކަ ޑޮލަރުގެ އެޗެކް މިދިޔަ އަހަރުގެ ޖޫން 9 ގައި ކްލިއާ ވެފައިވާކަން އޭގެން އެނގެން އޮންނަ ކަމަށެވެ.

މި މައްސަލާގައި ކޯޓުން ވަނީ އެ ޗެކް ކްލިއަވިތޯ ނުވަތަ ނޫންތޯ ބެލުމަށް އިސްލާމިކް ބޭންކަށް އަންގައިފަ އެވެ. އޭގެ ޖަވާބުގައި، އިސްލާމިކް ބޭންކުން ސިވިލް ކޯޓުގެ އިސްގާޒީ އަށް ފޮނުވި ސިޓީގެ ކޮޕީއެއް ވެސް ވަނީ މީޑިއާ އަށް ލިބިފަ އެވެ. އޭގައި ބުނެފައި ވަނީ އެ ޗެކް ކްލިއާ ވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، އެ ހަތަރު ލައްކަ ޑޮލަރުގެ ފައިސާ އޭނާގެ އެކައުންޓަށް ވަދެފައިވާ ކަމުގެ ރަސްމީ ހުރިހާ ލިޔެކިޔުމެއް ނޫސްވެރިންނަށް ދައްކާފައިވާކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ބުނެފައެވެ.

މި މައްސަލާގައި މޯލްޑިވްސް އިސްލާމިކް ބޭންކިން އިން ބުނެފައިވަނީ ކަސްޓަމަރުންނާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު