Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯންޗު އެކްސިޑެންޓް

ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި

މި އެކްސިޑެންޓްގައި އަނިޔާވި 4 މީހުންނަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 31 މެއި 2017 | ބުދަ 09:55
ލޯންޗު އެކްސިޑެންޓްގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ

ލޯންޗު އެކްސިޑެންޓްގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ

ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި އުޅަނދެއް ރީތިރަށް ރިސޯޓް ކައިރީ އޮތް އުޅަނދަކާ ޖެހިގެން ހިނގި އެކްސިޑެންޓްގައި 11 މީހަކަށް އޭޑީކޭގައި ފަރުވާ ދެމުންގެންދާ ކަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އަފްއާލް ވިދާޅުވީ ލޯންޗު އެކްސިޑެންޓާ ގުޅިގެން 14 މީހަކު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ގެނެވުނު ކަމަށާއި އޭގެ ތެރެއިން ތިން މީހަކު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.

އަފްއާލް ވިދާޅުވީ މިހާރު ފަރުވާ ދެމުންދާ 11 މީހުންގެ ތެރެއިން ހަތަރު މީހުން އެ ހޮސްޕުޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންގެންދާ ކަމަށެވެ. މީގެ އިތުރުން ހަތަރު މީހުންނަށް ހައި ޑިޕެންޑެންސީގައި ފަރުވާ ދެމުންދާ ކަމަށާއީ ބާކީ ތިން މީހުންނަށް ފަރުވާ ދެމުންގެންދަނީ ވޯޑްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އައިސީޔޫގައި ފަރުވާ ދެމުންގެންދާ ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި މިދެ މީހުންނަށް ފަރުވާ ދެމުންގެންދަނީ ވެންޓިލޭޓަރުގައި ކަމަށް އޭޑީކޭ އިން ބުނެ އެވެ.

މިދެ މީހުންވެސް އޮޕަރޭޝަނެއް ކޮށްފައިވާ އިރު އެކެއްގެ އެތެރޭގެ ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އަފްއާލު އެވެ.

މިހާރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދަނީ، 10 ދިވެހިންނާއި ބިދޭސީ ކަމަށެވެ. އައިސީޔޫގައި ފަރުވާ ދެމުންދާ ހަތަރު މީހުންނަކީ ދިވެހިންނެވެ.

އަނިޔާވި މީހުން ސަލާމަތްކުރަން އެ ސަރަހައްދަށް ފުރަތަމަ ދިޔަ ލޯންޗްގެ ކްރޫއަކު ބުނި ގޮތުގައި، ސަމާ އައިލެންޑްގެ ލޯންޗް އޮތީ އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެފަ އެވެ. އެ ހާދިސާގައި، ލޯންޗްގައި ތިބި އެންމެންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެކެއްގެ ކޮނޑުހުޅު ނެތްޓިފައިވާ ކަމަށް އޭނާ ބުންޏެވެ. ބައެއް މީހުންގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.

މިހާދިސާ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު