Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

މުދަލުގެ ޒަކާތަށް އިހުމާލުވާނަމަ މުދަލަކީ ތިމާގެ ހަލާކުކަމުގައި ވެދާނެ: ޚުތުބާ

25 ސެޕްޓެމްބަރު 2020 | ހުކުރު 08:00

ބައެއް ފަހަރު ނުރައްކާތެރި ފިތުނައަަކަށް މުދާ ވެގެންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ސެޕްޓެމްބަރު 2020 | ހުކުރު 08:00
އިސްލާމީ މަރުކަޒު، މިއަދުގެ ހުކުރު ޚުތުބާ އިއްވާފައިވަނީ \'\'ޒަކާތުގެ މުހިންމުކަމާއި އޭގެ މަތިވެރިކަން\'\' މިމައުޟޫއަށް

އިސްލާމީ މަރުކަޒު، މިއަދުގެ ހުކުރު ޚުތުބާ އިއްވާފައިވަނީ \'\'ޒަކާތުގެ މުހިންމުކަމާއި އޭގެ މަތިވެރިކަން\'\' މިމައުޟޫއަށް

ކީރިތި ގުރުއާނުގައި މާތްﷲ ނަމަދާއި ޒަކާތް އެކުއެކީގައި މަދުވެގެން ފަންސަވީސް ފަހަރު ބަޔާކޮށްފައިވާ ކަމަށާއި، މުދަލުގެ ޒަކާތަށް އިހުމާލުވާނަމަ ދުނިޔެއާއި އާހިރުގައި ތިބާގެ ހަލާކު ކަމުގައި މުދާ ވެގެންދާނެ ކަމުގެ އިންޒާރު ހުކުރު ޚުތުބާގައި ދީފިއެވެ.

''ޒަކާތުގެ މުހިންމުކަމާއި އޭގެ މަތިވެރިކަން'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ޒަކާތް ގުޅިފައިވަނީ މުދަލާ ކަމަށާއި މުދަލަކީ އާދައިގެ އެއްޗެއް ނޫން ކަމަށެވެ. ނަފްސުތައް، އެ އެއްޗެއްގެ މައްޗަށް، ނުހަނު ލޯބިޖެހިފައިވާ އެއްޗެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބައެއް ފަހަރު ނުރައްކާތެރި ފިތުނައަަކަށް މުދާ ވެގެންދާ ކަމަށާއި، އެއީ ބޮޑުވެގެންވާ އިމްތިހާނެއް ކަމަށެވެ.

Advertisement - newsAdvertisement

މުދާ ހެޔޮގޮތުގައި އޭގެ ބޭނުން ހިފައި، ޒަކާތް ނެރެ، ސަދަގާތް ދީ އުޅޭ ނަމަ، އެއީ ސުވަރުގެ ވަނުމަށް އޮތް ސަބަބެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޒަކާތް ބެހިގެންވަނީ މައިގަނޑު ގޮތެއްގައި ދެ ބަޔަކަން ކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ މުދަލުގެ ޒަކާތާއި، ފިތުރު ޒަކާތް ކަމަށެވެ. ފިތުރު ޒަކާތަކީ ރޯދަމަހާ ވިދިގެން ނެރޭ ޒަކާތް ކަމަށާއި، މުދަލުގެ ޒަކާތަކީ އެ މީހެއްގެ މުދަލުގައި ޒަކާތުގެ ނިޞާބުހަމަވެ، ހިޖުރީގޮތުން އަހަރު ވުމުން ނެރެންޖެހޭ ޒަކާތް ކަމަށެ އެވެ.

ޚުތުބާގައި ބުނީ އެ ދެ ޒަކާތަކީ ވެސް ތަފާތު ދެޒަކާތެއް ކަމަށާއި، އެކަތި އަނެކައްޗާ ގުޅިލާމެހިފައިވާ ދޭއްޗެއް ނޫން ކަމަށެވެ. އަދި ބައެއް މީހުންނަށް ޒަކާތަކީ ކޮބައިކަން ފަހުމްވެފައި އޮންނަނީ މުޅިން ރަނގަޅަށް ނޫން ކަމަށެވެ.

ޚުތުބާގައި ބުނީ އެފަދަ މީހުންނަށް ހީވެފައި އޮންނަނީ ޒަކާތަކީ ހަމައެކަނި ރޯދަ މަހާ ގުޅިގެން ނެރޭ ފިތުރު ޒަކާތް އެކަނި ކަމަށާއި، އަދި ފިތުރު ޒަކާތް ދެއްކުމުން ޒަކާތުގެ ރުކުން ފުރިހަމަ ކުރެވުނީ ކަމަށެވެ. އަނެއް ބައި މީހުންނަށް ހީވެފައި އޮންނަނީ މުދަލުން ޒަކާތް ނެރެން ޖެހޭނީ ހަމައެކަނި ވިޔަފާރިވެރިން ކަމަށެވެ. ނަމަވެސް ވިޔަފާރިވެރިއެއް ކަމުގައި ނުވި ނަމަވެސް ނިޞާބު ހަމަވެ، ހިޖުރީ އަހަރެއް ފުރޭ އިރު، އެ ފައިސާ ނިޞާބަށް ވުރެ މަދުނުވެ ހުރެއްޖެ ނަމަ، އެއިން ޒަކާތް ނެރެން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޒަކާތަކީ މުދަލަށް ޠާހިރުކަމާއި އިތުރުވުން ގެނުވައިދޭ އަޅުކަމެއްގެ ގޮތުގައި ސިފަކޮށް ޚުތުބާގައި ބުނީ އުނިކަމާއި ފަސާދައިން، މުދާ ރައްކާތެރިކޮށް، ސަލާމަތް ކޮށްދޭ އަމަލެއް ކަމަށެވެ. ޚުތުބާގައި ބުނީ ޒަކާތް ދެއްކުމަކީ އާދައިގެ ކަމެއް ކަމުގައި ހީކޮށްގެން ނުވާނެ ކަމަށާއި، އެއީ އެކަމަށް އިންކާރުކޮށްފި މީހެއްގެ އިސްލާމްކަން ނެތިގެންދާ ފަދަ ކަމެއް ކަމަށެވެ. އަދި ޒަކާތަކީ ފަގީރުކަމަށް އޮތް ހައްލެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ކީރިތި ގުރުއާނުގައި މާތްﷲ ނަމަދާއި ޒަކާތް އެކުއެކީގައި މަދުވެގެން ފަންސަވީސް ފަހަރު ބަޔާކޮށްފައިވާއިރު، ޒަކާތް ނެރުމުގައި ޣާފިލުވެ، ދަހިވެތިކަމުގެ މަޅީގައި ބެދި، ޒަކާތް ދިނުން ލަސްކުރުން، ނުވަތަ އެކަމަށް ފަރުވާކުޑަކުރަމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ނަމަވެސް ޒަކާތުގެ ގޮތުގައި ޒަކާތް ނެރޭނަމަ މުޖުތަމައަށް ބޮޑު މަންފާއެއް ލިބިގެންދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ޒަކާތް ނެރުމުގައި ޚާއްސަ ސަމާލުކަމެއްދުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

02 އެޕްރީލު 2018

އީސީގެ ހަރުމުދަލުގެ ސައްޙަ ކަމެއް ނެތް:އޮޑިޓް ރިޕޯޓް

02 އެޕްރީލު 2018
އީސީގެ ހަރުމުދަލުގެ ސައްޙަ ކަމެއް ނެތް:އޮޑިޓް ރިޕޯޓް
27 ނޮވެމްބަރު 2017

ޗުއްޓީއަށް ރަށުން ފުރައިގެން ދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވާ!

27 ނޮވެމްބަރު 2017
ޗުއްޓީއަށް ރަށުން ފުރައިގެން ދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވާ!
02 ނޮވެމްބަރު 2017

ކޮމިއުނިކޭޝަން އޮތޯރިޓީގެ ހަރުމުދަލުގެ ސައްޙަކަމާ މެދު ސުވާލު އުފެދިއްޖެ

02 ނޮވެމްބަރު 2017
ކޮމިއުނިކޭޝަން އޮތޯރިޓީގެ ހަރުމުދަލުގެ ސައްޙަކަމާ މެދު ސުވާލު އުފެދިއްޖެ
22 ސެޕްޓެމްބަރު 2017

އެންވަޔަރަމަންޓް މިނިސްޓްރީގެ ހަރުމުދަލާއި ހަރުމުދަލުގެ ހިސާބްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

22 ސެޕްޓެމްބަރު 2017
އެންވަޔަރަމަންޓް މިނިސްޓްރީގެ ހަރުމުދަލާއި ހަރުމުދަލުގެ ހިސާބްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
17 ސެޕްޓެމްބަރު 2017

މުދަލުގެ އަގު އޮޅުވާލާފައިވާ މައްސަލަތަކުގައި ދައުލަތަށް 7.6 މިލިއަން ރުފިޔާ ލިބެންޖެހޭ!

17 ސެޕްޓެމްބަރު 2017
މުދަލުގެ އަގު އޮޅުވާލާފައިވާ މައްސަލަތަކުގައި ދައުލަތަށް 7.6 މިލިއަން ރުފިޔާ ލިބެންޖެހޭ!
10 އޯގަސްޓު 2017

މޫސުން ގޯސްވުން:ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުވޭ!

10 އޯގަސްޓު 2017
މޫސުން ގޯސްވުން:ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުވޭ!
05 ޖޫން 2017

ރައީސްގެ ގެކޮޅުގެ ހަރުމުދަލުގެ ރެކޯޑްތައް ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރި: އޮޑިޓް ރިޕޯޓް

05 ޖޫން 2017
ރައީސްގެ ގެކޮޅުގެ ހަރުމުދަލުގެ ރެކޯޑްތައް ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރި: އޮޑިޓް ރިޕޯޓް
31 މެއި 2017

ޓޫރިޒަމް މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ސައްހަކަން ކަށަވަރެއް ނުވޭ: އޮޑިޓަރ ޖެނެރަލް

31 މެއި 2017
ޓޫރިޒަމް މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ސައްހަކަން ކަށަވަރެއް ނުވޭ: އޮޑިޓަރ ޖެނެރަލް
30 މެއި 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް

30 މެއި 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް