Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކަސް ފާނަ

ކަސް ފާނަ: މިއީ ތަރައްޤީ ކުރަން ރަނގަޅު ސެކްޓަރއެއް!

24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 08:01

ނީލަން ފެށޭ އަގަކީ ފާނައަކަށް ސަތޭކަ ރުފިޔާ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 08:01
ކަސް ފާނަ

ކަސް ފާނަ

ރާއްޖޭގައި މުޅިން އަލަށް މޫދުކޮށީގައި ބޮޑުކޮށްފައިވާ ކަސް ފާނަ (Brown Marbled Grouper) ވިއްކާލުމަށް ނީލަން ކިޔުން ދެވަނަ ފަހަރަށް ހުޅުވާލަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ނިންމައިފިއެވެ.

ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެރިން ރިސާޗް އިންސްޓިޓުގެ އެކުއެޓިކް ޕެތޮލޮޖިސްޓް ޝާފިއާ ނައީމް ވިދާޅުވީ ފުރަތަމަ ބުރުގައި ޝައުގުވެރިކަން ފާޅުކޮށްފައިވަނީ 6 ފަރާތަކުން ކަމަށާއި އެއިރު ހުޅުވާލީ މިހާރު މާރކެޓަށް ނެރެން ތައްޔާރުވެފައިވާ 4500 ފާނަ އެއްކޮށް ކަމަށެވެ.

އެހެންކަމުން ދެވަނަ ފަހަރަށް ނީލަމަށް ހުޅުވާލާ ފުރުޞަތުގައި ކޮންމެ ކޮއްޓަށްވެސް ވަކިން ނީލަން ކިޔޭނެ ކަމަށާއި ފާނައަށް ނީލަން ފެށޭ އަގަކީ 100 ރުފިޔާ ކަމަށް ޝާފިޔާ ވިދާޅުވިއެވެ. އަދި ނީލަމުގެ އަގު ފަހަރަކު އިތުރުކުރެވޭނީ 5ރ. އާއި 10ރ. އާއި ދެމެދުގެ އަގުތަކެއްގައި ކަމަށްވާއިރު މިގޮތަށް ނީލަން ކިޔަނީ މިގޮތަށް އާލާކޮށްގެން ބޮޑު ކުރާ ފާނައިގެ އަގުގެ ވެލިޔުއެއް ހޯދުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުދުރަތީ ގޮތުން ނަގާ ފާނައާއި މެރިކަލްޗަރކޮށްގެން އާލާކުރާ ފާނައިގައި ތަފާތު ކަމެއް ހުންނައިރު، ނީލަން ކިޔުމުން އަގުގެ ޔަޤީންކަމެއް އައިސް މާރކެޓަށް ނެރެވޭނެ ރަނގަޅު ޕްރޮޑަކްޓަކަށް ވެގެންދާނެއެވެ.

ޗައިނާ އަދި ހޮންކޮންގް މާރކެޓުގައި ފާނަ ކިލޯއެއް 35 ޑޮލަރާއި 50 ޑޮލަރަށް އަގު ހުންނަކަން ފާހަގަކުރަމުން ޝާފިޔާ ވިދާޅުވީ އެހެން ބަޔަކަށް ނީލަމުގައި ވިއްކަނީ ރާއްޖޭގައި މި މާރކެޓް އޮތް ވަރު ބެލުމަށް ކަމަށާއި އެހެން ނަމަވެސް އެކަން ނުވެއްޖެ ނަމަ ބޭރުގެ މާރކެޓަށް ނިކުންނާނެ ކަމަށެވެ.

ނީލަން ކުރިއަށް ދާނޭ ދުވަހެއް އެމިނިސްޓްރީން ވަރަށް އަވަހަށް އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އދ. މަހިބަދޫގައި އާލާކޮށްފައިވާ ފާނައަށް، ނީލަމަށް ޚާއްސަ ކުރެވިފައިވާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއިޓުގެ ވެބްޕޭޖްhttps://auction.mmri.gov.mvމެދުވެރިކޮށް، މިފަހަރު މި ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މީގެ ކުރިން ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީ ވާން ނުޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ނީލަމުގައި ވިއްކާލެވޭ ފާނަ އަކީ ވާރލްޑް ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ރާއްޖޭގައި މެރިކަލްޗަރ ދާއިރާއެއް އުފެއްދުމަށް ކުރެވޭ މަސައްކަތްތަކެއްގެ ތެރެއިން، އދ. އަތޮޅުގެ 4 ރަށަކަށް އަމާޒުކޮށްގެން ހިންގަމުންދާ ހަރަކާތެއްގެ އުފެއްދުންތަކެވެ.

މިގޮތުން، އދ. އަތޮޅު ކައުންސިލާއި، އެއަތޮޅު މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެތީ ކައުންސިލާއި ގުޅިގެން ހިންގޭ ފާނަ ބޮޑުކުރުމުގެ ޕައިލެޓް ހަރަކާތުގައި މި ހަތަރު ރަށުން ޖުމްލަ 19 ގޭބިސީއަކާއިއެކު ފާނަ ބޮޑުކުރުން ތަޖުރިބާކުރަން 2020 ޖަނަވަރީ މަހުގެ ތެރޭގައި ވަނީ ފަށާފައެވެ.

ޕައިލެޓް ހަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ، ހޮވާލެވުނު ކޮންމެ ގޭބިސީއަކަށް ފާނަ ކޮށްޓާއި، ކުދި ފާނައާއި މަސްކާނާ ފޯރުކޮށްދީ، މިކަމަށް ބޭނުންވާ ތަމްރީނާއި ފަންނީ ލަފާ އެފަރާތްތަކަށް ދީގެންނެވެ.

މިހާތަނަށް ތަކެތި ހަވާލުކޮށް، އަމަލީ މަސައްކަތް ފަށާފައިވަނީ މަހިބަދޫ އަދި އޮމަދޫން ހޮވުނު 11 ގޭބިސީއަކަށެވެ. ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދިގުރަށާއި ދަނގެތިން ހޮވުނު ފަރާތްތަކަށް ތަކެތި ހަވާލު ކުރުމަށް ވަނީ ލަސްތަކެއް މެދުވެރިވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް، ވީ އެންމެ އަވަސް ފުރުސަތެއްގައި އެ ދެރަށުން ބައިވެރިވާ ފަރާތްތަކަށް ވެސް ފާނަ ބޮޑުކުރުމުގެ މަސައްކަތް ފަށައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިފަހަރުގެ ނީލަމުގައި ވިއްކާލެވެނީ ފާނަ މާކެޓް ސައިޒަށް ބޮޑުކުރުން ތަޖުރިބާކުރުމަށް ހިންގަމުންދާ ހަރަކާތުގެ ތެރެއިން އދ. މަހިބަދޫން ހޮވާލެވުނު 7 ގޭބިސީއަކުން ބޮޑުކޮށްފައިވާ ފާނަ ކަމަށާއި ވިއްކާލުމަށް ހަމަޖެހިފައިވަނީ ބަރުދަނުގައި 450 ގްރާމަށްވުރެ ބޮޑުވެފައިވާ ފާނަ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. 437 އާއި 715 ދެމެދުގެ އަދަދަކަށް މާކެޓް ސައިޒުގެ ފާނަ ވަކިވަކި ކޮށިތަކުގައި ސްޓޮކް ކުރެވިފައި ވާނެކަން ފާހަގަކޮށް ފިޝަރީޒް މިނިސްޓްރީން ބުނީ ނީލަމާއި ގުޅޭ އިތުރު ތަފްސީލު އާންމު ކުރާނެ ކަމަށެވެ.

މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ގާއިމުކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގަމުންދާ ދިގު މުއްދަތުގެ ޕްރޮގްރާމުގެ ތެރެއިން، ރާއްޖޭގައި މޫދުކޮށީގައި ފާނަ ބޮޑުކޮށްގެން މާކެޓަށް ނެރޭ ފުރަތަމަ ފަހަރެވެ.

މެރިކަލްޗަރ ތަރައްޤީކުރުމަކީ، އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީ އާއި ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށް، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2017

"މަގޭ ޕްލޭން" ނަމުގައި އުރީދޫ ކަސްޓަމަރުންނަށް އާ ޚިދުމަތެއް!

26 ސެޕްޓެމްބަރު 2017
"މަގޭ ޕްލޭން" ނަމުގައި އުރީދޫ ކަސްޓަމަރުންނަށް އާ ޚިދުމަތެއް!
19 ސެޕްޓެމްބަރު 2017

އުރީދޫ ނެކްސްޓް މިއީ ކޯއްޗެއް؟

19 ސެޕްޓެމްބަރު 2017
އުރީދޫ ނެކްސްޓް މިއީ ކޯއްޗެއް؟
14 އޯގަސްޓު 2017

ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

14 އޯގަސްޓު 2017
ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް
13 އޯގަސްޓު 2017

އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!

13 އޯގަސްޓު 2017
އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!
31 ޖުލައި 2017

ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި

31 ޖުލައި 2017
ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި
25 ޖޫން 2017

ފިތުރު ޢީދުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ

25 ޖޫން 2017
ފިތުރު ޢީދުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ
06 ޖޫން 2017

ރ އަތޮޅުގައި ތަރައްޤީކުރި ދިގަލި ރިސޯޓް ހުޅުވައިފި

06 ޖޫން 2017
ރ އަތޮޅުގައި ތަރައްޤީކުރި ދިގަލި ރިސޯޓް ހުޅުވައިފި
27 ފެބުރުއަރީ 2017

ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

27 ފެބުރުއަރީ 2017
ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
26 ޖެނުއަރީ 2017

ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި

26 ޖެނުއަރީ 2017
ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް