Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ

އުރީދޫ ނެކްސްޓް މިއީ ކޯއްޗެއް؟

މިއީ ބޭނުން ކުރަން ފަސޭހަ ހިދުމަތެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2017 | އަންގާރަ 07:22
އުރީދޫ ނެކްސްޓްގެ ނަމުގައި މުޅިން އައު ޙިދުމަތެއް ތައާރަފްކުރުން

އުރީދޫ ނެކްސްޓްގެ ނަމުގައި މުޅިން އައު ޙިދުމަތެއް ތައާރަފްކުރުން

އުރީދޫ ނެކްސްޓްގެ ނަމުގައި މުޅިން އައު ޙިދުމަތެއް ތައާރަފްކޮށްފިއެވެ.

މި ޚިދުމަތް ފަށާފައިވަނީ، 4 ބިލިއަން ކަސްޓަމަރުންގެ ޕްރީޕެއިޑް މޮބައިލް މާކެޓްގައި ކުރެވޭ މުއާމަލާތްތަކަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މަސައްކަތްކުރަމުންދާ ސިލިކަން ވެލީގެ ޓެކްނޮލޮޖީ ކުންފުނި، ފާސްޓްފޯވާޑް.އޭއައި އާއި ގުޅިގެންނެވެ.

Advertisement - businessAdvertisement

އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމް އެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖަރއިން އުރީދޫ އާއި ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ޚިދުމަތް ހޯދޭނެއެވެ.

" ޕްލެޓްފޯމް މެދުވެރިކޮށް، އަޅުގަނޑުމެންނަށް ލިބިގެންދިޔައީ ކަސްޓަމަރުންނާއި އެކު މުއާމަލާތު ކުރުމަށް މުޅިން އައު ގޮތެއް. މި ޕްލެޓްފޯމް މި ފެށިފައިވަނީ ފޭސްބުކް މެސެންޖަރގައި، އަދި ކުރިއަތް އޮތްތަނުގައި މަޤުބޫލު އެހެން ސޯޝަލް ޕްލެޓްފޯމްތަކަށް ފުޅާކުރެވިގެން ދާނެ." އުރީދޫ ގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންވާއިރު، އެ ބޭފުޅުންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތްދީ، ގާތް ގުޅުމެއް ބޭއްވުމަށްޓަކައި، އުރީދޫ ނެކްސްޓް ފަދަ އުފެއްދުންތެރި ހައްލުތައް މުހިންމު ދައުރެއް އަދާކުރޭ. މިގޮތުން، މިއަދު މި ތައާރަފްކުރެވުނުޕްލެޓްފޯމް މެދުވެރިކޮށް، ރާއްޖޭގައި މޮބައިލް ފޯން ބޭނުންކުރައްވާ ކޮންމެ ބޭފުޅަކަށްވެސް، އުރީދޫ އާއި މުޚާތަބުކޮށް، އުރީދޫގެ ޚިދުމަތްތަކާއި ފަހުގެ ޕްރޮމޯޝަންތަކުގެ މައުލޫމާތު ފަސޭހަމާއި އެކު ހޯދާ ލެވޭނެ. ހަމައެއާއި އެކު، އުރީދޫ ކަސްޓަމަރުން ބޭނުންކުރަށްވާ ޚިދުމަތްތައް މެނޭޖްކުރުމުގައިވެސް، މިއީ ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ޕްލެޓްފޯމް އެއް." އުރީދޫގެ ހެޑް އޮފް ކަސްޓަމަރ ކެއާ، ގުލްނާޒް މާހިރު ވިދާޅުވިއެވެ.

"އުރީދޫ ނެކްސްޓް މެދުވެރިކޮށް ޚިދުމަތް ހޯދުމަށްޓަކައި، ކަސްޓަމަރުން ބޭނުންކުރަންޖެހެނީ،މިހާރުވެސް ގިނަ ވަގުތުތަކެއް ހޭދަކުރަމުންދާ ޕްލެޓްފޯމް އެއްކަމުން، އެއްވެސް އިތުރު އެޕްލިކޭޝަން އެއް ދަސްކުރާކަށް، ނުވަތަ ޑައުންލޯޑު ކުރާކަށް ނުޖެހޭ. ފޭސްބުކް މެސެންޖަރ މެދުވެރިކޮށްރައްޓެއްސަކާއި ވާހަކަދައްކާލާ ފަދައިން، އުރީދޫ އާއި ވެސް މިހާރު މުޚާތަބު ކުރެވޭނެ. އުރީދޫ އާއިފޭސްބުކް ގުޅިގެން ރާއްޖޭގައި ތައާރަފްކޮށްފައިވާ ފްރީ ބޭސިކްސް ޕްރޮގްރާމް މެދުވެރިކޮށް ފޭސްބުކްމެސެންޖަރ ހިލޭ ބޭނުން ކުރެވުމަކީވެސް، އުރީދޫ ނެކްސްޓް ބޭނުންކުރުމުގައި ލިބިގެންދާ އިތުރުފަސޭހައެއް. މިގޮތުން، އަޅުގަނޑުމެންގެ ވިޔަފާރި ފުޅާވަމުންދާ ވަރަކަށް، އަލަށް ތައާރަފް ކުރެވޭ ޚިދުމަތްތައް އުރީދޫ ނެކްސްޓުގައި ހިމަނައި، މި ޑިޖިޓަލް އެންގޭޖްމަންޓް ޕްލެޓްފޯމް އިތުރަށް ތަރައްްްޤީ ކުރެވެމުންދާނެ." ގުލްނާޒް އިތުރަށް ވިދާޅުވިއެވެ.

އުރީދޫ ނެކްސްޓް މެދުވެރިކޮށް:

• އައު ޕްރޮމޯޝަންތަކާއި އޮފަރތަކުގެ މައުލޫމާތު ލިބިގެންދާނެ.

• އުރީދޫގެ ހުރިހާ ޚިދުމަތްތަކުގެ ތަފްސީލު ލިބިގެންދާނެ.

• އުރީދޫ ކަސްޓަމަރުން ބޭނުންކުރަމުންދާ ޚިދުމަތްތަށް މެނޭޖްކޮށް، އިތުރު ޚިދުމަތްތައް ޚިޔާރުކުރެވޭނެ.

"ފާއިތުވި 20 އަހަރު ތެރޭގައި މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ޕްރީޕެއިޑް މޮބައިލް ކަސްޓަމަރުންގެ މާކެޓަށް، އަޅުގަނޑުމެން މި ގެނެސްދެނީ ސިލިކަން ވެލީގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް. އަދި ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް %100 ކޮންޓްރޯލް ދިނުމަށް، މޮބައިލް އޮޕަރޭޓަރުންނަށް އަޅުގަނޑުމެން އެހީތެރިވަން. މިގޮތުން ބޭނުންކުރާނީ ކޮން ޚިދުމަތެއްކަން، ކިހިނެތްކަން، އަދި ކޮން ވަގުތެއްގައި ކަން، ނިންމަވާނީ ކަސްޓަމަރުން." ފާސްޓްފޯވާޑް.އޭއައި ގެ ކޯ-ފައުންޑަރ އަދި ސީއީއޯ، އޯގީ ކ. ފަބެލާ، ވިދާޅުވިއެވެ. "އުރީދޫގެ ކަސްޓަމަރުންނާއި ގުޅުންބަދަހި ކުރުމަށް އެކުންފުނިން ކުރާ މަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އެބޭފުޅާ އިތުރަށް ވިދާޅުވިއެވެ.

"ކުރީގައި ދިހަ، ނުވަތަ 20 "ކްލިކް" ކޮށްގެން ކަސްޓަމަރުންނަށް ކުރެވޭ ތަޖުރިބާތަކެއް، މިހާރު މިގެނެސްދެނީ އެންމެެ "ކްލިކް" އެއް ނުވަތަ "ސްވައިޕް" އަކުން. ޕޭޓަންޓް ކުރެވެމުންދާ، ފާސްޓް ފޯވާޑް އެން.އެކްސް.ޓީTM ޕްލެޓްފޯމް އާއި އެކު، ކަސްޓަމަރުންނާއި އާންމުކޮށްކުރަންޖެހޭ ހުރިހާ މުއާމަލާތްތަކެއް މޮބައިލް ފޯނު ބޭނުންކޮށްގެން، ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ކުރެވޭ ހައްލެއް މޮބައިލް އޮޕަރޭޓަރުންނަށް ފޯރުކޮށްދެވޭ." ފާސްޓްފޯވާޑް.އޭއައި ގެ ކޯ-ފައުންޑަރ އަދި ސީޕީއޯ، ރޯމިއޯ އެސް. ގަނެސްކޫ، ވިދާޅުވިއެވެ.

ކުރިއަށްއޮތް ތަނުގައިވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނީ އުފެއްދުންތެރި ހައްލުތައްމެދުވެރިކޮށް، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު