Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މޯލްޑިވްސް އީޓަރީސް ޔޫނިއަން

ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުން އިންތިހާއަށް!

މޯލްޑިވްސް އީޓަރީސް ޔޫނިއަނުން އަންނަނީ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވަމުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 03:44
މޯލްޑިވްސް އީޓާރސް ޔޫނިއަނުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް އީޓާރސް ޔޫނިއަނުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އެޅި ފިޔަވަޅުތަކާއިއެކު ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން ކަންބޮޑުވާ ގިނަ ކަންތައްތައް އެބަހުރި ކަމަށް މޯލްޑިވްސް އީޓަރީސް ޔޫނިއަނުން ބުނެފިއެވެ.

ބުދަ ދުވަހު މާގިރި ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން އީޓަރީސް ޔޫނިއަންގެ ފައުންޑަރެއް ކަމުގައިވާ ހާޒިމް ރަޝީދު ވިދާޅުވީ ކޮވިޑް-19 ގެ ޕެންޑަމިކްގައި ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން ބޮޑު ގުރުބާނީއެއް ވި ކަމަށާއި، އެގޮތުން މާލެ ތެރެ ލޮކްޑައުން ކުރުމުން ކެފޭ ރެސްޓޯރެންޓް ނުހުޅުވާ މަޑުކުރި ކަމަށެވެ.

Advertisement - businessAdvertisement

ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅިއިރު، މި ޕެޓިޝަނުގައި 100ށް ވުރެ ގިނަ ކެފޭ ރެސްޓޯރެންޓްތަކުން ސޮއި ކޮށްފައިވެއެވެ. އަދި މީގެ ތެރޭގައި ރާއްޖޭގައި ހިންގާ ބޮޑެތި ކެފޭ ރެސްޓޯރެންޓް ހިމެނޭ ކަމަށް އީޓަރީސް ޔޫނިއަނުން ބުނެއެވެ. އަދި މަޖިލީހުގެ ޕެޓިޝަން ބަލާ ކޮމެޓީން މި ޕެޓިޝަން ބަލައިގަނެފައިވާއިރު، މަޖިލީހުން ކަމާއި ގުޅޭ ފަރާތްތަކަށް ފޮނުވި ސިޓީތަކުގެ ޖަވާބުގައި އެފަރާތްތަކުން އެންމެ އެދެވޭ ޖަވާބެއް ދީފައި ނުވާކަމަށް އީޓަރީސް ޔޫނިއަނުން ބުނެއެވެ.

މޯލްޑިވްސް އީޓަރީސް ޔޫނިއަނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށާއި ސަރުކާރަށް ޑިމާންޑް ކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ރޭގަނޑު 10 އެއް ޖަހާއިރަށް ރެސްޓޯރެންޓް ބަންދު ކުރުމަށް ކަނޑައެޅި އުސޫލު ބަދަލުކުރުމާއި، އިންސްޕެކްޝަން ކަންތައް ހަރުދަނާ ކުރުމަށާއި، ކަރަންޓް އަދި ކުނި އުކުމުގެ އުސޫލު ބަދަލުކޮށްދިނުމަށެވެ.

މޯލްޑިވްސް އީޓާރސް ޔޫނިއަނުން ބުނީ ކެފޭ ރެސްޓޯރެންޓް އަދި ހޮޓާތަކަކީ އެހެން ތަންތަނަށް ވުރެ ހިދުމަތް ދިނުމުގައި ސާފުތާހިރު ކަމަށް އިސްކަން ދޭ ތަންތަން ކަމަށެވެ.

އެ ޔޫނިއަންގެ ފަރާތުން ވަނީ މިކަންކަމަށް ހައްލުތަކެއްވެސް ހުށަހަޅާފައެވެ. އެގޮތުން ހުށަހަޅާފައިވާ ހައްލުތަކުގެ ތެރޭގައި އެޗްޕީއޭ ގެ ގައިޑްލައިންތަކާއި އެއްގޮތްވާގޮތަށް ރައްކާތެރިކަމާއި އެކު ކެފޭ ރެސްޓައުރަންޓް އަދި ކާބޯތަކެތި ވިއްކާ ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނުގައި ރޭގަނޑު 11:00 އަށް ޚިދުމަތްދެވޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން އެ ޔޫނިއަނުން ބުނީ ކެފޭ ރެސްޓޯރެންޓް ތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެކްޓިންގް ހެލްތު މިނިސްޓާ މުހައްމަދު އަސްލަމާއި، ސަރުކާރުގެ އިސްފަރާތްތަކާއި ބައްދަލުކޮށްފައިވާ ކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް އެދިފައިވާނެ ކަމަށެވެ. މިނިސްޓަރ އަސްލަމް އަދި ސަރުކާރުގެ އިސްފަރާތްތަކުން އެބޭފުޅުންނަށް އެއްބާރުލުން ދެއްވާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައިވާ ކަން ވެސް އީޓަރީސް ޔޫނިއަނުން ވަނީ ފާހަގަ ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުޑް ކޯޓުތައް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

ފުޑް ކޯޓުތައް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

15 މާރިޗު 2018
އަތޮޅުތެރޭގައި ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށް ހާއްސަ ސީއެސްއާރު ޕްރޮގްރާމެއް ބީއެމްއެލް އިން އިފްތިތާހުކޮށްފި

އަތޮޅުތެރޭގައި ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށް ހާއްސަ ސީއެސްއާރު ޕްރޮގްރާމެއް ބީއެމްއެލް އިން އިފްތިތާހުކޮށްފި

10 ފެބުރުއަރީ 2018
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

29 ޖެނުއަރީ 2018
ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި

10 ޖެނުއަރީ 2018
ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި

06 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު