Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޕީއެލް

މިހާރު ތެޔޮ ގަންނަނީ އެސްޓީއޯއިން، މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން: އެމްޕީއެލް

މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި ފަހުން މިހާތަނަށް ބޭއްވީ އެންމެ ދެ އަޑުއެހުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 18 އެޕްރީލު 2017 | އަންގާރަ 18:37
އެމްޕީއެލް ސަރަހައްދު

އެމްޕީއެލް ސަރަހައްދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް މިހާރު ތެޔޮ ގަންނަނީ އެސްޓީއޯ އިން ކަމަށާއި މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ މެރީޑިއަމްއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމޭ ގޮތެއްގެ މަތިން ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލް އިން މެރީޑިއަމް މެދުވެރިކޮށް ތެޔޮ ގަންނަމުންދާ ކަމަށް ބުނެ ރާއްޖެއެމްވީ އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެކަން ސާފު ކުރުމަށް އެމްޕީއެލްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ މެރީޑިއަމް އިން ތެޔޮ ނުގަތުމަށް އެ ކުންފުނިން ނިންމާފައިވާ ނިންމުމަށް އަދި އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. އަދި މިހާރު އެމްޕީއެލް އަށް ތެޔޮ ގަންނަނީ އެސްޓީއޯ އިން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މެރީޑިއަމްއާ ދެކޮޅަށް އެމްޕީއެލް އިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނުނިމެނީސް އެމްޕީއެލް އިން މެރީޑިއަމް މެދުވެރިކޮށް ތެޔޮ ނުގަންނާނެ ކަމަށާއި މެރީޑިއަމް އިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެމްޕީއެލް އިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން އެ ކުންފުނިން ބުނެފައި ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި ފަހުން މިހާތަނަށް ބޭއްވީ އެންމެ ދެ އަޑުއެހުން ކަމަށާއި އޭގެ ފަހުން އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވާ ކަމަށެވެ. މައްސަލަ ކުރިއަށް ނުދާ ސަބަބެއް ދަންނަވަން ނޭނގޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެމްޕީއެލްގެ ފަރާތުން އެ އަމުރު މުރާޖާ ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން އަމުރު މުރާޖާ ކުރުމަށްފަހު ނެރުނު ކޯޓުގެ އަމުރުގައި ބުނެފައި ވަނީ، މެރީޑިއަމް ނޫން އެހެން ބަޔަކަށް އެމްޕީއެލްއަށް ތެޔޮ ސަޕްލައިކުރަން ނުދިނުމަށް ނެރުނު އަމުރު "ނިމުމަކަށް ގެންނަން ޖެހޭ ސަބަބެއް މިހިނދު ފާޅުވެފައި ނެތް" ކަމަށެވެ. އެހެންކަމުން އެ އަމުރަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ކުރި މުރާޖާއާ ޙުކުމުގައި ބުނެފައިވެއެވެ.

ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެފައިވަނީ، އެމްޕީއެލްގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުން މެރީޑިއަމްއާ ހަވާލުކޮށްފައިވަނިކޮށް އެހެން ފަރާތަކާ ހަވާލުކޮށްގެން ތެޔޮ ސަޕްލައި ކުރަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި މެރީޑިއަން ކުންފުނިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެމްޕީއެލް އިން ސިވިލް ކޯޓުގެ އަމުރު އިސްތިއުނާފުކުރީ އެ އަމަރުގެ ސަބަބުން ކުންފުންޏަށް މަހަކު 300،000 ރުފިޔާ، އަހަރަކު 3.6 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބޭނެތީ އެ ބޮޑު ގެއްލުމުން ކުންފުނި ސަލާމަތް ކުރުމަށް ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޕީއެލްގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދު ވިދާޅުވެފައިވަނީ މެރީޑިއަމް ކުންފުންޏާއިއެކު ހަދާފައިވަނީ ސަރުކާރުގެ އުޞޫލުތަކާއި ޚިލާފަށް ބިޑް ކުރުމަކާއިވެސް ނުލައި ކަމަށެވެ. އަދި އެއްބަސްވުމުގައި އެމްޕީއެލްއަށް ބޭނުންވާ ހުރިހައި ތެލެއް ގަންނަން ޖެހޭނީ މެރީޑިއަމުން ކަމަށް ބަޔާންކޮށްފައި ވެސް ނެތް ކަމަށެވެ. ޖުނައިދު ވިދާޅުވީ އެމްޕީއެލްއަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބީލަން ހުޅުވައިލުމުން 6 ރުފިޔާ 90 ލާރިއަށް ލިޓަރެއް ވިއްކަން ހުށަހަޅާފައިވާ ކަމަށާއި މެރީޑިއަމުން އެކުންފުންޏަށް ސަޕްލައި ކުރަނީ ލިޓަރެއް 12 ރުފިޔާއަށް ކަމަށެވެ. ޖުނައިދު ވިދާޅުވީ އެމްޕީއެލް ހިންގެވުން އޭނާއާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ ޚަރަދުތައް ވީހައި ކުޑަކޮށް އަދި ކުންފުންޏަށް ވީހައި ބޮޑު ފައިދާއެއް ލިބޭނެ ގޮތަށް ކުންފުނި ހިންގަވަން ކަމަށެވެ. ޖުނައިދު ވިދާޅުވީ މެރީޑިއަމުގެ ވެރިފަރާތަކީ ޕީޕީއެމްގެ ޕީޖީ ފްރޫޕުގެ ޑެޕިއުޓީ ލީޑަރު، ރިޔާޒު ރަޝީދު ކަމަށް ވީނަމަވެސް، އެއީ އެމްޕީއެލްއަށް އެތައް މިލިއަން ރުފިޔާގެ ބޮޑު މާލީ ގެއްލުންތަކެއް ލިބެންޖެހޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މިމައްސަލަ އިސްތިއުނާފު ކުރައްވައި އެމްޕީއެލްއަށް ލިބެންޖެހޭ ހައްޤުތައް ހޯދަން މަސައްކަތް ކުރުމަކީ، އެކަމުގެ ސަބަބުން ސިޔާސީ އެއްވެސް ޕްރެޝަރެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ޖުނައިދު ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު