Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުފުއްޓާއި ތިނަދޫގައި އަޅާ ޓާޝިއަރީ ހޮސްޕިޓަލް

ކުޅުދުފުއްޓާއި ތިނަދޫގައި އިމާރާތްކުރާ ޓާޝިއަރީ ހޮސްޕިޓަލް އިމާރާތްކުރުމަށް ބަޔަކު ހޯދަން އިއުލާންކޮށްފި

23 ސެޕްޓެމްބަރު 2020 | ބުދަ 11:23

ކުޅުދުފުއްޓާއި ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ، ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި 2،300،000ރ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 ސެޕްޓެމްބަރު 2020 | ބުދަ 11:23
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށީ އަދި ގދ. ތިނަދޫ ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ނ. މަނަދޫ އަތޮޅު ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.

މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، މިނިސްޓްރީ އޮފް ފިނޭންސުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. އެގޮތުން، ކުޅުދުފުއްޓާއި ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ، ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި 2،300،000ރ (ދެ މިލިއަން ތިންލައްކަ ރުފިޔާ) ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫއެސް ޑޮލަރުން ދަންކަން ޖެހޭކަމަށް އިއުލާންގައި ބުނެފައި ވެއެވެ.

Advertisement - newsAdvertisement

މީގެއިތުރުން، މަނަދޫ އަތޮޅު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ، ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި 1،250،000ރ (އެއްމިލިއަން ދެލައްކަ ފަންސާސްހާސް ރުފިޔާ) ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫއެސް ޑޮލަރުން ދައްކަން ޖެހޭކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި މަސައްކަތްތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް ވެސް އިއުލާނުގައި ވެއެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1,500ރ (ފަނަރަ ސަތޭކަ ރުފިޔާ) ނުވަތަ އެއަދަށްވާ 100 ޔޫ.އެސް ޑޮލަރގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ. އެފައިސާ ބަލައިގަންނާނީ އަންނަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ފިނޭންސް މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ޕްރޮޖެކްޓުތަކުގެ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު 10:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ
16 މާރިޗު 2017

ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ

16 މާރިޗު 2017
ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ
14 މާރިޗު 2017

ލަންކާގައި ދިވެހި ކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެނެއް ނޫން: އާސީރީ ހޮސްޕިޓަލް

14 މާރިޗު 2017
 ލަންކާގައި ދިވެހި ކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެނެއް ނޫން: އާސީރީ ހޮސްޕިޓަލް
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް