Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗައިނާއިން ރާއްޖެއަށް ލޯނުއެހީ ދިނުން

ޗައިނާގެ ދަރަނި ދަންތުރައިގެ ވާހަކައަކީ ޙިޔާލީ ވާހަކައެއް: ސަފީރު

22 ސެޕްޓެމްބަރު 2020 | އަންގާރަ 04:54

ރާއްޖޭގެ ރަށްތަކާއި ބިންތައް ޗައިނާއަށް ނަގާ ވާހަކައަކީ ޙަޤީޤަތެއް ނެތް ވާހަކައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ސެޕްޓެމްބަރު 2020 | އަންގާރަ 04:54
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގ ލީ ޖޮންގް

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގ ލީ ޖޮންގް

ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތަކުގެ ސަބަބުން ރާއްޖެ "ދަރަނި ދަންތުރަ" އަކަށް ވައްޓާލާ ވާހަކައަކީ ޙިޔާލީ ވާހަކައެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގ ލީ ޖޮންގ ވިދާޅުވެއްޖެއެވެ.

ޓްވިޓަރ މެދުވެރިކޮށް ހިއްސާ ކުރެއްވި މެސެޖެއްގައި ސަފީރު ވިދާޅުވީ، ރާއްޖެއިން ޗައިނާގެ ލޯނުތައް ނުދެއްކިއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްތަކާއި ބިންތައް ޗައިނާއަށް ނަގާ ވާހަކައަކީ އެއްވެސް ޙަޤީޤަތެއް އެކުލެވިގެން ނުވާ ވާހަކަތަކެއް ކަމަށެވެ. އެގޮތުން ރާއްޖެއާއި ޗައިނާއާ ދެމެދު ވެވޭ އެއްބަސްވުންތަކަކީ ދެފަރާތަށް ވެސް ފައިދާ ކުރާނެ ގޮތަށް އެކުލަވާލެވިފައިވާ އެއްބަސްވުންތަކެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮންނަ އެކުވެރި ގުޅުމެއްކަން ފާހަގަ ކުރައްވައި ސަފީރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ދިމާވާ ކަންކަމުގައި ގޮތް ނިންމާނީ ދެފަރާތުގެ މަޝްވަރާއާ އެކު ކަމަށެވެ.

ސަފީރު އިތުރަށް ވިދާޅުވީ، ދަރަނި ނުދެއްކިގެން ޗައިނާއިން އެއްވެސް ޤައުމެއް އުނދަގުލުގެ ތެރެއަށް ވައްޓާލާފައި ނުވާނެ ކަމަށާއި، މުސްތަޤުބަލުގައި ވެސް ދިމާވާ މައްސަލަތައް ޙައްލުކުރާނީ އެކުވެރިކަމާއެކު ޤައުމުތަކާ މަޝްވަރާ ކުރެވިގެން އަދި ބައިނަލްއަޤުވާމީ "ބެސްޓް ޕްރެކްޓިސް" އަށް ވެސް ބަލައިގެން ކަމަށެވެ. އަދި ދަރަނީގެ ދަންތުރައިގެ ވާހަކައަކީ ޙިޔާލީ ވާހަކައެއް ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވަނީ މީގެ ކުރިންވެސް އެކަމަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތައް ޗައިނާ ސަރުކާރަށްވެސް ޤަބޫލުކުރެވޭ ކަމަށާއި، ކޮމާރޝަލް ލޯނުތައް ދެއްކުން ފަސްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

24 ޖޫން 2017

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި

24 ޖޫން 2017
ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި
21 މެއި 2017

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފުދެއް ނާއިބު ރައީސްއާ ބައްދަލުކުރައްވައިފި

21 މެއި 2017
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފުދެއް ނާއިބު ރައީސްއާ ބައްދަލުކުރައްވައިފި
14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
18 އެޕްރީލު 2017

އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި

18 އެޕްރީލު 2017
އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި
31 މާރިޗު 2017

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު
14 މާރިޗު 2017

ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

14 މާރިޗު 2017
ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް