Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗައިނާ - ރާއްޖެ

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފުދެއް ނާއިބު ރައީސްއާ ބައްދަލުކުރައްވައިފި

ޗައިނާއާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް 45 އަހަރު ފުރޭކަން މިބައްދަލުވުމުގައި ފާހަގަކުރައްވާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 21 މެއި 2017 | އާދީއްތަ 17:01
ޗައިނާ ކޮމިއުނިސްޓް ޕާޓީގެ އިސް ބޭފުޅުންނާއެކު ނައިބު ރައީސް ޖިހާދު، ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ

ޗައިނާ ކޮމިއުނިސްޓް ޕާޓީގެ އިސް ބޭފުޅުންނާއެކު ނައިބު ރައީސް ޖިހާދު، ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ

ސެކްރެޓަރީ އޮފް ދަ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ގުއާންގްޒީ ކޮމިޓީ، ޗެއާމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ގުއާންގްޒީ ޕީޕަލްސް ކޮންގްރެސް، މިސްޓަރ ޕެންގް ކިންގްހުއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި، އާދިއްތަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމްކޮށްފައިވާ ސިޔާސީ ގުޅުމަށް 45 އަހަރު ފުރޭ އަހަރުކަން ފާހަގަ ކުރެއްވިއެވެ. އަދި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި، ހާއްސަކޮށް އިގްތިސޯދީ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން ޖިހާދު އާއި ސެކްރެޓަރީ އޮފް ދަ ސީޕީސީ ގުއާންގްޒީ ކޮމިޓީ މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، މޫސުމަށް އަނަން ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި، އެފަދަ ކަންކަން ހައްލުކުރުމަށް، ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ގުއާންގްޒީ ކޮމިޓީ، ޗެއާމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ގުއާންގްޒީ ޕީޕަލްސް ކޮންގްރެސްއާ، ނައިބު ރައީސް ޖިހާދުގެ މިބައްދަލު ކުރެއްވުމުގައި ޖިހާދުގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބައިލެޓަރަލް ސެކްރެޓަރީ، އަހްމަދު ހަލީލާއި، ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީ ފައްޔާޒް ޝާތިރާއި، ރައީސް އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ހުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ގުއާންގްޒީ ކޮމިޓީ، ޗެއާމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ގުއާންގްޒީ ޕީޕަލްސް ކޮންގްރެސްގެ އަރިހުގައި، ޗައިނާ އެމްބެސީގެ ޝާޜޭ ޑެފެއާ އެޑް އިންޓަރިމް މިސް ޔޭންގް ޔިން އާއި، ގުއާންގްޒީ ފޮރިން އެފެއާޒް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ޝީ ޑޮންގްލޮންގް އާއި، ގުއާންގްޒީ ޑިޕާޓްމަންޓް އޮފް ކޮމަރސްގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ޖިއަންގް ލިއަންޝެންގް އާއި، ގުއާންގްޒީ ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ގާން ލިން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

14 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި

ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި

13 މާރިޗު 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު