Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާޒީ އިސްމާއީލް ރަޝީދު

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ވަޒީފާއަށް ނިކުމެއްޖެ، އެކަމަކު ތަހުގީގު ކުރިއަށް!

22 ސެޕްޓެމްބަރު 2020 | އަންގާރަ 05:02

ގާޒީ އިސްމާއީލް ވަނީ، އޭނާގެ ސަސްޕެންޝަން ނިމުމުން އާދިއްތަ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުންނަވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 ސެޕްޓެމްބަރު 2020 | އަންގާރަ 05:02
އަދީބުގެ މައްސަލަތައް ބާތިލް ކަމަށް ނިންމި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު: ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެލުމަށް ގޮވާލާ މަޖިލީހަށް ވެސް މައްސަލައެއް ހުށަހެޅި

އަދީބުގެ މައްސަލަތައް ބާތިލް ކަމަށް ނިންމި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު: ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެލުމަށް ގޮވާލާ މަޖިލީހަށް ވެސް މައްސަލައެއް ހުށަހެޅި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކޮށް، ބޭރުކޮށްލި މައްސަލާގައި، އެމައްސަލަތައް ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު، ސަސްޕެންޝަން ނިމި، ކްރިނަލް ކޯޓަށް ނިކުންނަވަން ފައްޓަވައިފި އެވެ.

ގާޒީ އިސްމާއީލް ރަޝީދުގެ ސަސްޕެންޝަން ނިމި، ވަޒީފާއަށް ނިކުންނަވާފައިވަނީ އާދިއްތަ ދުވަހުން ފެށިގެންނެވެ. އޭނާ ސަސްޕެންޑް ކުރީ މިދިއަ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ގާޒީ އިސްމާއީލް ރަޝީދުގެ ސަސްޕެންޝަން ނިމި، ވަޒީފާއަށް ނިކުންނެވިއިރު، ހޯމަ ދުވަހު ހައިކޯޓުން ވަނީ އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާ ބާތިލްކޮށް، އެކޯޓުން ބޭރުކޮށްލީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށާ، އެމައްސަލަތައް އަލުން ކްރިމިނަލް ކޯޓުން ބެލުމަށް ފޮނުވުމަށް ހުކުމް ކޮށްފަ އެވެ.

އިސްމާއީލް ރަޝީދު ސަސްޕެންޑް ކުރި މައްސަލައާ ގުޅިގެން، މައުލޫމާތު ހޯދާލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ގުޅާލުމުން އެކޮމިޝަނުގެ އިސް އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ، ޖޭއެސްސީގެ ގާނޫނު ބުނާ ގޮތުން ފަނިޔާރަކާމެދު އެކޮމިޝަނުން ތަހުގީގެއް ހިންގާއިރު އެ ފަނޑިޔާރަކު ސަސްޕެންޑް ކުރެވޭނެ އެންމެ ދިގު މުއްތަދަކީ 60 ދުވަސް ކަމަށެވެ. އެހެންނަމަވެސް، ޖިނާއީ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާނަމަ، ފުލުހުންގެ ތަހުގީގު ނިމެންދެން، އެ ފަނޑިޔާރަކު ސަސްޕެންޑް ކުރުމުގެ ބާރު ޖޭއެސްސީއަށް ލިބިގެންވާ ކަމަށެެވެ.

ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ) ގައި ބުނަނީ، ހުށަހެޅިފައިވާ މައްސަލައިގެ ބާވަތަށް ބަލާއިރު، އެ މައްސަލަ ރައްދުވާ ފަނޑިޔާރު ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރަންޖެހޭކަމަށް ކޮމިޓީއަށް ފެނިއްޖެނަމަ، އެކަން ކޮމިޝަނަށް ހުށަހަޅައި، ކޮމިޝަނުގެ ޖަލްސާއަކުން އެކަމާމެދު ގޮތެއް ނިންމަންވާނެއެވެ.

ހަމަ މި މާއްދާގެ (ލ) ގައި ބުނަނީ، މައްސަލަ ރައްދުވާ ފަނޑިޔާރު މަޤާމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރުމަށް ނިންމަންވާނީ އެ މައްސަލައިގެ ބާވަތަށާއި، ހުށަހެޅިފައިވާ ހެއްކަށާއި، އެ ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަޙްޤީޤުކުރުމަށް އެޅިދާނެ ހުރަހަކަށާއި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، 60 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކަމަށެ އެވެ.

ހަމަ މިމާއްދާގެ (ޏ)ގައި ބުނަނީ، ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރު ކޮށްފިނަމަ، ނުވަތަ ބަންދުކޮށްފި ނަމަ ނުވަތަ ތަޙްޤީޤީ އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤުކުރަން ފަށައިފިކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެ އިދާރާއަކުން އަންގައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީޢަތަށް ހުށަހެޅިއްޖެނަމަ، ނުވަތަ އެފަދަކަމެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ފަނޑިޔާރެއްގެ މަޤާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު ޢަމަލުކުރާނެ ގޮތެއް 48 ގަޑީއިރު ތެރޭގައި ކޮމިޝަނުން ނިންމަންވާނެއެވެ. މި މާއްދާގެ ދަށުން ފަނޑިޔާރަކާމެދު ފިޔަވަޅު އެޅުމުގެކުރިން ފަނޑިޔާރުގެ ބަހެއް ހޯދުން ކޮމިޝަނަށް ލާޒިމެއް ނޫނެވެ.

ޖޭއެސްސީން ބުނީ، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ ސަސްޕެންޝަން ނިމި، ވަޒީފާއަށް ނިކުންނެވި ނަމަވެސް އޭނާގެ ސުލޫކީ މައްސަލަ އެކޮމިޝަނުން ބަލަމުންދާ ކަމަށެވެ.

ޖޭއެސްސީން ވަނީ ގާޒީ އިސްމާއީލް ރަޝީދުގެ ސުލޫކީ މައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި އެމައްސަލާގައި ހިމެނޭ މަނީ ލޯންޑަރިންގ މައްސަލަތަކުގެ އަމަލަކީ، ދިވެހިރާއްޖޭގައި ހިންގި މިފަދަ އެންމެ ބޮޑު ޖަރީމާއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާއެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް