Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ނެލްސަން މަންޑޭލާ ރޫލްސްގެ ތަމްރީނު ޕްރޮގްރާމުތައް މާދަމާ ފަށަނީ

19 ސެޕްޓެމްބަރު 2020 | ހޮނިހިރު 14:57

ފުރަތަމަ ބުރުގައި 30 އޮފިސަރުންނަށް ތަމްރީނު ދެވޭނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 19 ސެޕްޓެމްބަރު 2020 | ހޮނިހިރު 14:57
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު އާސިފް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު އާސިފް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ގައިދީން ބަލަހައްޓާ ހުރިހާ އޮފިސަރުންނަށް ދި ނެލްސަން މަންޑޭލާ ރޫލްސްގެ ތަމްރީނު ޕްރޮގްރާމުތައް އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު އާސިފް ވިދާޅުވެއްޖެއެވެ.

"ނެލްސަން މަންޑޭލާ ރޫލްސް،" މި ފޮތަކީ ދެކުނު އެފްރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސްކަމުގައިވާ ނެލްސަން މަންޑޭލާގެ ޝަރަފުގައި ލިޔެފައިވާ، އެއިރު ދެކުނު އެފްރިކާގައި ހިނގަމުންދިޔަ ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް އޭނާ ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ލިޔެފައިވާ ފޮތެކެވެ.

Advertisement - newsAdvertisement

ނެލްސަން މަންޑޭލާ ރޫލްސްގެ ތަމްރީނު ޕްރޮގްރާމުގެ މައުލޫމާތު ދެއްވަމުން އޭސީޕީ އާސިފް ވިދާޅުވީ، މި ޕްރޮގްރާމަކީ ހޯމް މިނިސްޓްރީގެ އިސްނެންގެވުމާއެކު، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމްސް (ޔޫއެންއޯޑީސީ) ގެ ކޮންސަލްޓެންޓެއްގެ އެހީގައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އޮންލައިންކޮށް ކަމަށާއި ފުރަތަމަ ބުރުގައި 30 މުވައްޒަފުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ މި ތަމްރީނުތައް ފުރިހަމަކުރުމުން މުވައްޒަފުންގެ ހިތުގައި އުފެދިފައި ހުރި ގިނަ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކަރެކްޝަންގެ އޮފިސަރުން ތަމްރީނުކުރަމުންދަނީ ޔޫއެންގެ މިހާރު ހެދިފައިހުރި އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އެފަދަ ތަމްރީނުތަކުގައި އޮފިސަރުން ބޭނުންވާ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ލިބެމުން ގޮސްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ކަރެކްޝަންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އޮފިސަރުންނަށް ނެލްސަން މަންޑޭލާ ރޫލްސްއާ ގުޅޭ ތަމްރީނުތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

ޖަލުތަކުގައި ގައިދީންނާ މެދު އަމަލު ކުރާނެ ގޮތުގެ އެންމެ ދަށް މިންގަނޑުތައް ކަނޑައަޅާފައިވާ ދި ޔުނައިޓެޑް ނޭޝަނަލް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީޓްމަންޓު އޮފް ޕްރިޒަންސް، ދި ނެލްސަން މަންޑޭލާ ރޫލްސް ފޮތުގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ކަރެކްޝަނަލް ސާވީސްއާ ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. މި ފޮތް ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވަނީ ހޯމް މިނިސްޓްރީއާއި ޔޫއެންއޯޑީސީ ގުޅިގެންނެވެ. މިފޮތުގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ކަރެކްޝަނާ ހަވާލު ކޮށްދެއްވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

27 މާރިޗު 2017

ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

27 މާރިޗު 2017
ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ  ޕްރޮގްރާމެއް ފަށައިފި
01 މާރިޗު 2017

މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި

01 މާރިޗު 2017
މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި
28 ފެބުރުއަރީ 2017

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
12 ފެބުރުއަރީ 2017

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް