Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާގެ އިދިކޮޅު ލީޑަރުގެ ހާލަތު

ރަޝިޔާގެ އިދިކޮޅު ލީޑަރުގެ ހާލު ރަނގަޅު، ހިނގާބިގާވެ އުޅެވޭ

19 ސެޕްޓެމްބަރު 2020 | ހޮނިހިރު 16:33

އެންމެ ފުރަތަމަ ފަރުވާދޭން ފެށީ މޮސްކޯގައި

އަލީ ސަމާޚް
އަލީ ސަމާޚް | 19 ސެޕްޓެމްބަރު 2020 | ހޮނިހިރު 16:33
ނަވަލްނީ އިންސްޓަގްރާމް ގައި ހިއްސާކުރެއްވި ފޮޓޯއެއް

ނަވަލްނީ އިންސްޓަގްރާމް ގައި ހިއްސާކުރެއްވި ފޮޓޯއެއް

ވިހަ ދީގެން ކޯމާއަށް ގޮސް ސިއްހީ ހާލުކޮޅު ގޯސްވި ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ އަށް މިހާރު ހިންގަވާ އުޅުއްވެވޭ ވަރަށް ހާލަތު ރަނގަޅު ވަމުން އަންނަ ކަން އޭނާ ހާމަކުރައްވައިފިއެވެ.

ރަޝިޔާގެ ރައީސް ލަޑްމިއާ ޕޫޓިންގެ އެންމެ ވަރުގަދަ ވާދަވެރިޔާ، 44 އަހަރުގެ ނަވަލްނީ ވަނީ ފުރަތަމަ އޭނާގެ އިންސްޓްގްރާމް އެކައުންޓުގައި ހިންގަވާ ފޮޓޯއެއް ހިއްސާ ކުރައްވާފައިވެއެވެ.

އެ ޕޯސްޓްގައި ނަވަލްނީ ވިދާޅުވީ ވިހައިގެ ސަބަބުން އަމިއްލަފުޅަށް އެއްވެސް ކަމެއް ކުރައްވަން ދަތިފުޅުވި ކަމަށެވެ. އެހެންވިޔަސް މިހާރު އެއްވެސް މީހެއްގެ އެހީތެރިކަމަކާ ނުލާ މީހުންނާ ވާހަކަ ދައްކަވައި ހިންގަވާ އުޅުއްވެވޭ ކަމަށެވެ.

"ފުރަތަމަ މީހުން ވެސް ދެނެނުގަނެވޭ، ވާހަކަ ދައްކަން ވެސް ދަތިވި، އެހެންވިޔަސް މިހާރު މީހުން ދެނެގަނެ ވާހަކަ ދެކެވޭ، މަޑުމަޑުން ކޮންމެ ވެސް ވަރަކަށް ހިނގާބިނގާވެ އުޅެވޭ، އެކަމަކު ތުރުތުރުލުމެއް އަދިވެސް އެބަހުރި،" ނަވަލްނީ ވިދާޅުވިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ނަވަލްނީ ސިއްހީ ހާލުކޮޅު ގޯސްވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ސައިބީރިޔާ އިން މޮސްކޯ އަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއިން ސައިފޮދެއް ހިއްޕެވި ފަހުންނެވެ. ރަޝިޔާގެ ހޮސްޕިޓަލުގައި ދެ ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާ އަށް ނަވެލްނީ ޖަރުމަންވިލާތަށް ވަޑައިގެން، މިހާރު ވެސް ފަރުވާ ހޯއްދަވަނީ އެ ގައުމުގެ ހޮސްޕިޓަލެއްގައެވެ.

އޭނާގެ ހާލުކޮޅު ހިއްސާ ކުރައްވަމުން ނަވަލްނީ ވިދާޅުވީ، ބަލިން އެންމެ ފުރަތަމަ ރަނގަޅުވަމުން އައިރު ވާހަކަ ދައްކަން ތެރަޕީ ނެންގެވި ކަމަށެވެ. ނަވަލްނީ އަށް ފޯނު ބޭނުން ކުރުން އަދިވެސް ވަނީ މަނާކޮށްފައެވެ. އިންސްޓަގްރާމް ގައި ފޮޓޯ ޕޯސްޓު ކޮށްފައިވަނީ ގާތް ރަށްޓެހިން ނުވަތަ އާއިލާގެ މެމްބަރުންނެވެ. އޭނާ ވަނީ ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ޑޮކްޓަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ނަވަލްނީގެ ސަޕޯޓަރުންގެ އިތުރުން ޔޫރަަޕްގެ ލީޑަރުން ބުނާ ގޮތުން އޭނާ އަށް ވިހަ ދީފައިވަނީ ރަޝިޔާގެ ސަރުކާރުގެ އޯޑަރަށެވެ. ރަޝިޔާ އިން ބުނާ ގޮތުން އެ މީހުން ހެދި ޓެސްޓުތަކުން ނަވަލްނީގެ ހަށިގަނޑުން ވިހައިގެ އަސަރު ފެނިފައެއް ނުވެއެވެ. ނަމަވެސް ސައިބީރިއާގެ ހޮޓަލެއްގައި ހުންނެވިއިރު ނަލަވްނީ ބޭނުން ކުރެއްވި ފެންފުޅިއަކުން ނޮވިޗޮކް ވިހަ ފެނިފައިވާ ކަމަށް އޭނާގެ ޓީމުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
09 އެޕްރީލު 2017

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް