18 މީހުންނާއި އެކު ދަތުރު ކުރި މަސްދޯންޏެއް ފަރަށް އަރައިފި
18 ސެޕްޓެމްބަރު 2020 | ހުކުރު 17:21މަސްދޯނި ފަރަށް އަރާފައިވަނީ މާފުށީ ކައިރި ފަރަކަށް

ރިޒްނާ ޒަރީރު | 18 ސެޕްޓެމްބަރު 2020 | ހުކުރު 17:21

އެމްއެންޑީއެފްގެ ކޯސްޓްގާރޑް
18 މީހުންނާއެކު ދަތުރު ކުރި މަސްދޯންޏެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ފަރަށް އަރާފައިވަނީ މަސްވެރި ކަމަށް ނިކުމެ އުޅުނު 'ހަވާ-16" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.
ދޯނިން ދަތުރު ކުރި އެއްވެސް މީހަކަށް އަނިޔާ އެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައިނުވާއިރު މި ހާދިސާ ހިނގި ކަމަށް ރިޕޯޓް ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ 20:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މިދޯނި ފަރަށް އަރާފައިވަނީ ކ. މާފުށީ ކައިރި އޮތް ފަރަކަށް ކަމަށާއި އެމްއެންޑީއެފްގެ މާލެ އޭރިޔާގެ ކޯސްޓްގާރޑް ސްކޯޑްރޮން އިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.






