Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހިގުއައިން އިންޓަ މަޔާމީއަށް ބަދަލުވުން

ހިގުއައިން އިންޓަ މަޔާމީއަށް ބަދަލުވެއްޖެ

18 ސެޕްޓެމްބަރު 2020 | ހުކުރު 16:34

އިންޓަ މަޔާމީއާ ހިގުއައިން ގުޅުނީ ޔުވެންޓަސްގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ސެޕްޓެމްބަރު 2020 | ހުކުރު 16:34
އިންޓަ މަޔާމީއާ ގުޅުނު އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން

އިންޓަ މަޔާމީއާ ގުޅުނު އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން

ޔުވެންޓަސްގެ އެއްބަސްވުން ނިމުމަކަށް ގެނެސް އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އެމެރިކާގެ މޭޖާ ލީގުގައި ވާދަކުރަމުން އަންނަ އިންޓަ މަޔާމީއަށް ސޮއިކޮށްފިއެވެ.

އިންޓަ މަޔާމީ އަކީ ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އޯނާޝިޕް އޮންނަ ޓީމެކެވެ.

އުމުރުން 32 އަހަރުގެ ހިގުއައިން އިންޓަ މަޔާމީއާ ގުޅުނީ ޔުވެންޓަސްގެ އައު ކޯޗު އަންދްރޭ ޕިރްލޯގެ ޕްލޭނުގައި އޭނާ ނުހިމެނޭތީ، އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހުއެވެ. މީގެ ކުރިން ޕިރްލޯ ބުނީ ހިގުއެން އަކީ ޗެމްޕިއަނެއް ކަމަށާއި، ޔުވެންޓަސްއަށް ހިގުއެން ކޮށްދިން ކަންކަމަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ހިގުއެން ދޫކޮށްލުމަށް ޔުވެންޓަސްއިން ނިންމީ އޭނާއާ ވާހަކަ ދެއްކުމަށްފަހު ކަމަށްވެސް ޕިރްލޯ ބުންޏެވެ.

ހިގުއައިން އިންޓަ މަޔާމީއާ ގުޅުނު އަގެއް އެ ކުލަބުން ހާމަކޮށްފައި ނުވި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން އޭނާއަކީ އިންޓަ މަޔާމީގެ ތާރީޚުގައި ތިންވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ.

ރިވާ ޕްލޭޓުން 2004 ވަނަ އަހަރު ކެރިއަރު ފެށި ހިގުއައިން މީގެ ކުރިން ވަނީ ރެއާލް މެޑްރިޑާއި ނާޕޮލީއަށް ކުޅެފައެވެ. އަދި ޔުވެންޓަސްއަށް ކުޅުނުއިރު ހިގުއައިން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނާއި ޗެލްސީއަށްވެސް ކުޅެފައެވެ. ޔުވެންޓަސްއަށް ހިގުއައިން ކުޅެދިން 148 މެޗުގައި 66 ލަނޑު އޭނާ ކާމިޔާބުކޮށްފައިވާއިރު، ހިގުއައިން ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އިންޓަ މަޔާމީއަށް ހިގުއައިން ބަދަލުވިއިރު، މިދިޔަ އޮގްސްޓަ މަހު ހިގުއައިންއާއެކު ޔުވެންޓަސްއަށް ކުޅުނު ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީވެސް ވަނީ އިންޓަ މަޔާމީއަށް ބަދަލުވެފައެވެ. އުމުރުން 33 އަހަރުގެ މަޓުއިޑީވެސް އިންޓަ މަޔާމީއާ ގުޅުނީ ޔުވެންޓަސްއާއެކު ހަދާފައި އޮތް އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހުއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް