Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މިސްކިތު ޕްރޮޖެކްޓުންވެސް ހިޔާނަތް، ދެން ހިޔާނަތް ނުވާނީ ކޮންް ކަމަކަށް؟

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތްކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގައި ހިޔާނާތަށް މަގުފަހިވާ ކަންކަން ހިންގާފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2020 | ހުކުރު 17:36
ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރު

ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާނާތަށް މަގުފަހި ނުވާގޮތަކަށް، އަމިއްލަ ޖީބަށް ގިނަ ނުވާގޮތަށް އެއް ކަމެއްވެސް ކޮށްފަނުވެއޭ ބައެއް ފަރާތްތަކުން ފާހަގަކުރަނީ ސަބަބުތަކެއްވެސް ހުރީމަ އެވެ. އައު ސަރުކާރާއެކު، ލިޔެކިޔުންތައް ފޮޅާ ސާފުކޮށްލާ ހަމަ ކޮންްމެ ފަހަރަކު ފެންނަނީ ކޮންމެވެސް ބޮޑެއްގެ ޖީބަށް ބަރުވާގޮތަށް ކޮށްފައިވާ ކޮންމެވެސް ވައްކަމެކެވެ. އަދި މިއީ، ފެންނަން ހުރި ލިޔެކިޔުންތައް ބަލާލުމުން، ހާމަވަމުންދާ ވައްކަންތަކެވެ. ނަމަވެސް މިސްކިތެއް އިމާރަތްކުރުމަށް ހިންގާ ޕްރޮޖެކްޓަކުން ވައްކަން، ނުވަތަ ހިޔާނަތްވެދާނެކަމަށް ހިތަށްވެސް ގެންނާނީ މަދު ބަޔަކު އެވެ. މިސްކިތެއް އިމާރަތްކުރުމަށް ހިންގާ ޕްރޮޖެކްޓަކުން ޖީބު ބޮޑުކުރަން އުޅެދާނެކަމަކަށް އެކަކުވެސް ގަބޫލުކުރާކަށް ބޭނުމެއް ނުވާނެ އެވެ.

އެހެން ނަމަވެސް އެންމެފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި މައުލޫމާތުތަކުން ހާމަވިގޮތުގައި ހިޔާނަތްވަމުންގޮސް، މިސްކިތެއް އިމާރަތްކުރުމަށް ހިންގާ ޕްރޮޖެކްޓުވެސް އެ ސަރުކާރުގެ ވެރިން ދޫކޮށެއް ނުލާނެ އެވެ. އޭގެންވެސް ޖީބު ބަރުކޮށްލެވެން އޮތްނަމަ އެކަމެއް ކުރާނެކަން އެ އޮތީ ހާމަވާށެވެ.

އޭސީސީން ހުކުރު ދުވަހު ހާމަކުރިގޮތުގައި ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތްކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގައި ހިޔާނާތަށް މަގުފަހިވާ ކަންކަން ހިންގާފައިވެއެވެ. އަދި އެކަމުގައި އޭރުގެ އިިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާގިރަށް ދައުވާކޮށްދިނުމަށް އޭސީސީން ވަނީ އެދިފަ އެވެ.

އޭސީސީން ހާމަކުރި މައުލޫމާތުތަކުން އެނގޭގޮތުގައި ޒިކުރާ މިސްކިތުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި ބީލަމަށް ނުލައި ބަޔަކާ ހަވާލުކުރުމުގެ ހުއްދައަށް އެދި ދެ ފަހަރެއްގެ މަތިން ރައީސް އޮފީހުގައި އެދުމަށްފަހު، އެ ހުއްދަ ނުވެސް ލިބެނީސް މަސައްކަތް މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވެއެވެ. އަދި ކުންފުންޏާ މަސައްކަތް ހަވާލުކުރިއިރު، އެ މިސްކިތް އިމާރާތްކުރާ ބިމުގެ ރަޖިސްޓްރީއެއް ވެސް ނެތެވެ. އެވަރުން ނިންމާ ލުމުގެ ބަދަލުގައި މަސައްކަތް ކުރިއަށްގެންދިއުމަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ސަރުކާރުން ކުންފުންޏަށް ދީފައިވެއެވެ. ނަމަވެސް އެ މިސްކިތުގެ މަސައްކަތް ފަށައިނުގަނެވުނުއިރު، އައު ސަރުކާރުން ނިންމީ އެ ކުންފުނިން މަސައްކަތް ކުރިއަށް ނުގެންދިޔަކަމަށް އެއްބަސްވުން ބާތިލްކުރާށެވެ.

އަވަސް އަރުވާލައިގެން، ކުންފުންޏަކަށް 30 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދޫކޮށްލިއިރު، މޭޒު ދަށުން ބޮޑުންގެ ޖީބަށް ވަންނާނެ މިންވަރު ވިސްލައްވާ އެވެ. ހަމަ ޔަޤީނުންވެސް މަސައްކަތް ކުރިއަށް ނުގެންދިޔަތަނުގައި މި ބުނެވުނު 30 މިލިއަންވެސް ދައުލަތަށް ލިބިފައެއް ނުވެ އެވެ. އޮޑިޓަރ ޖެނެރަލް ހާމަކޮށްފައިވާގޮތުގައި މިނިސްޓްރީން ދެއްކި 30 މިލިއަން ވެސް އެންމެ އަވަހަށް ލިބޭނީ 13 އަހަރު ފަހުންނެވެ.

މި ފާހަގަކުރަނީ އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ބޭފުޅަކު، މިސްކިތެއް އިމާރަތްކުރުމަށް ކުރިއަށްގެންދަން ނިންމި ޕްރޮޖެކްޓަކުން ކަން ކުރެއްވިގޮތުގެ ވާހަކަ އެވެ. ނުވިތާކަށް އެއްބަސްވުން އެކުލަވާލެވުނުއިރު، މަސައްކަތް ނިމޭތާ 10 އަހަރު ދުވަހަށް އިމާރާތުގެ ތިން ފްލޯ ފިޔަވައި ހުރިހާ ފްލޯއެއް ލިބޭނީ އެސްޖޭ އަށެވެ. ސަރުކާރަށް ލިބެނީ މިސްކިތަށްވާ 3 ފްލޯ އެކަނި އެވެ. އެއްބަސްވުން އެކުލަވާލީވެސް ދައުލަތަށް އެންމެ ފައިސާ ފޮއްޗެއް ފައިދާވާނެގޮތަކަށް ނޫނެވެ. ބަދަލުގައި މޭޒު ދަށުން ބޮޑުންގެ ޖީބަށް ބަރުވާނެ ގޮތަށެވެ.

މިހާރު އެ ކުންފުނިން ސަރުކާރާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު، ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދުމަށް ހުށަހަޅާފައިވެއެވެ. އެއީ މަސައްކަތުގެ ޖުމްލަ އަގުކަމުގައިވާ 130 މިލިއަނަށްވުރެވެސް އިތުރު އަދަދެކެވެ. މިއީ، ރައްޔިތުން ދެކެ ލޯބިވާކަމަށް ދައުވާކުރާ ބަޔަކު، ރައްޔިތުންނަށް ދީފައިވާ ކެހިތަކެވެ. ވައްކަން ކުރުމަށް ހިންގާފައިވާ ޖަރީމާތަކެވެ.

މިސްކިތެއް އިމާރަތްކުރުމުގެ ޕްރޮޖެކްޓަކުން، ސަރުކާރުގެ އިސްލާމިކް މިނިސްޓަރަކަށް ހުންްނެވި ބޭފުޅާ، ހުއްދަތައްވެސް ނުލިބެނީސް، މިވަރަށް ހިޔާނަތްތެރިވެވަޑައިގަތުމުން، ދެން ހުރި ކަންކަން ހުންްނާނެ ހާލަތު ވިސްނުމަށްވެސް ގެނައުމަކީ، ކުޅަދާނަަކަމަކަށް ނުވާނެ އެވެ. ވައްކަމާއި، ރައްޔިތުންގެ މުދަލާއި، ފައިސާއަށް ހިޔާނަތްތެރިވުމުގައި ވަކި ހައްދެއް ނެތް، ޔަމީން ސަރުކާރުގެ ކޮންމެ ކަމެއް ދިރާސާކޮށް، ބަލާލުމުން ފެނެ އެވެ.

އެވަރުގެ ބަޔަކު މިއަދު ނިކުމެ، މި ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިސްވެ، ސަރުކާރުން ނުރަނގަޅަށް ކަމެއް ކުރޭތޯ ބެލުމަށް އޮޑިޓްތައް ތައްޔާރުކުރުމަށް އޮޑިިޓަރ ޖެނެރަލަށް ދަންނަވާ، އެ އޮޑިޓް ރިޕޯޓުން ފާހަގަވި ދެތިިން ކަމެއްގައި ހިފާ "ވައްކަމޭ" ކިޔަން ލަދުގަންނަޖެހޭނެއޭ ރައްޔިތުން ބުނަނީ މި ސަބަބުތަކާއި ހުރެ އެވެ. ސަރުކާރުގައި ތިބިއިރު ވައްކަން ކުރުމުގައި ހަމަ އެންމެ ދިމާލެއްވެސް ދޫކޮށްލާފައިނުވާތީ އެވެ. މިސްކިތް އިމާރަތް ކުރުމަށް ހިންގާ މަޝްރޫއަށާއި، ރައްޔިތުންގެ ފައިސާއިން ވައްކަންކޮށްފައިވާތީ އެވެ. އަދި އެވެރިންނަކީ ވައްކަތަކާއި، ހިޔާނަތްވުމަށްފަހު، އެކަންކަން ފޮރުވައި، މުއައްސަސާތައް ކިލަނބުކޮށްލި ބަޔަކަށްވާއިރު، "ވައްކަމޭ" ކިޔަން ލަދުގެ ކަންފުޅެއް ހުރިނަމަވެސް، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ، ރައްޔިތުންގެ މާލިއްޔާއިން ވަގަށް ނެގި ފައިސާ އަނބުރާ ހަވާލުކުރުމެވެ. ރައްޔިތުންގެ މިއަދުގެ ބަހަކީ އެއީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

18 ޖެނުއަރީ 2025
އާރަށު ހިޔާނަތް: 11 އަހަރުގެ ޙުކުމާއެކު "ބަރު" ޖޫރިމަނާ އައި ގޮތުގެ ޓައިމްލައިން

އާރަށު ހިޔާނަތް: 11 އަހަރުގެ ޙުކުމާއެކު "ބަރު" ޖޫރިމަނާ އައި ގޮތުގެ ޓައިމްލައިން

25 ޑިސެމްބަރު 2022
ހުކުރު މިސްކިތުގައި އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިޔަށް

ހުކުރު މިސްކިތުގައި އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިޔަށް

09 އޮކްޓޯބަރު 2019
މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

08 ޖޫން 2019
މެދު ޒިޔާރަތް ކުނި ގޮނޑަކަށް، ހުކުރު މިސްކިތުގައި އިތުރު ތަނބުތަކެއް!

މެދު ޒިޔާރަތް ކުނި ގޮނޑަކަށް، ހުކުރު މިސްކިތުގައި އިތުރު ތަނބުތަކެއް!

26 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު