Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

މެދު ޒިޔާރަތް ކުނި ގޮނޑަކަށް، ހުކުރު މިސްކިތުގައި އިތުރު ތަނބުތަކެއް!

އެ މައްސަލަތައް ފެންމަތި ކުރެއްވީ ހެރިޓޭޖުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2018 | ހޯމަ 10:41
މެދުޒިޔާރަތުގެ ތެރެއަށް ޖަމާކޮށްފައިވާ ކުނިބުނި (ކ) އަދި ހުކުރު މިސްކިތުގައި ދަގަނޑު ބޭނުންކޮށްގެން ޖަހާފައިވާ ތަނބެއް ވަށައިގެން ފިލާ ޖަހާފައި

މެދުޒިޔާރަތުގެ ތެރެއަށް ޖަމާކޮށްފައިވާ ކުނިބުނި (ކ) އަދި ހުކުރު މިސްކިތުގައި ދަގަނޑު ބޭނުންކޮށްގެން ޖަހާފައިވާ ތަނބެއް ވަށައިގެން ފިލާ ޖަހާފައި

އާޓްސް، ކަލްޗަރ އަދި ހެރިޓޭޖު މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ ކަނޑައެޅުމާ އެކު، ވޭތުވެދިޔަ މުއްދަތުގައި ތާރީހީ ބިނާތަކަށް ލިބިފައިވާ ގެއްލުންތައް ބަލައި ދިރާސާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ މަސައްކަތުގެ ދަށުން، އެންމެ ފުރަތަަމަ ވެސް މާލޭގައި ހުރި ތާރީހީ ބިނާތަކަށް ލިބިފައިވާ ގެއްލުންތައް ވަނީ ބަލާފައެވެ. އާބާތުރަ ފިލުވަންޖެހޭ ތަންތަން ވަނީ ދެނެގެންފައެވެ.

އެ މަސައްކަތް ކުރަމުންދަނިކޮށް، ބައެއް ކަންކަން މިހާރު ވެސް ވަނީ ފާހަގަ ކުރެވިފައެވެ.

ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ފާހަގަ ކުރެއްވި ގޮތުގައި 350 އަހަރަށް ވުރެ ގިނަ ދުވަސްވީ ހުކުރު މިސްކިތުގެ އަސްލަށް ނިމިދިޔަ ސަރުކާރުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ދިވެހިންގެ ހިރިގަލުގެ ރީތި މަސައްކަތް ފެނިގެންދާ ހުކުރު މިސްކިތުގެ އެތެރޭގައި ދަގަނޑު ހޮޅިތަކެއް ޖަހައިގެން ތަނބުތަކެއް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސިފައިން ލައްވާ ކުރުވި އެ މަސައްކަތަކީ ވަގުތީ ގޮތުން ކުރި މަސައްކަތެއް ކަމަށާއި ނަމަވެސް އެ މަސައްކަތުގެ ސަބަބުން މިސްކިތުގެ އަސްލަށް ބަދަލުތަކެެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސްކިތުގެ އަސްލުގައެއް ނުހުންނާނެ މި ތަނބުތަކެއް. މިހުރީ ދަގަނޑު ހޮޅިޖަހާފައި ބޭރުގައި ފްލައިވުޑް ފިލާ ތައްކޮށްފަ، ހުރި އަށް ތަނބު އިތުރަށް މިހުރީ ޖަހާފަ. މިއީ ވަގުތީ ގޮތުން ޖެހި އެއްޗެއް ކަމަށް ވިޔަސް، ދާއިމީވެގެން މިދަނީ،" ތޯރިގު ވިދާޅުވިއެވެ.

ހުކުރު މިސްކިތުގައި އިތުރަށް ޖެހި ތަނބުތައް ވަށައިގެން ފިލާ ޖަހާފައި-- ފޮޓޯ/ ރާއްޖެއެމްވީ

ރާއްޖޭގެ އިސްލާމް ކުރެއްވި މޮރޮކޯގެ އިލްމުވެރިޔާ ފަސްދާނުލާފައިވާ މެދުޒިޔާރަތް އޮތް ހާލަތު ވެސް ތޯރިގު ފާހަގަ ކުރެއްވިއެވެ. މީގެ 864 އަހަރު ކުރިން އެތަނުގައި ފަސްދާނުލެވުނު ކަމަށް ބުނާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ އާއި ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް، ފަސްތާނުލާފައިވާ އެ ޒިޔާރަތް ގޮނޑަކަށް ހަދާފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ. އެތަނަކީ މުލިއާގޭގެ ގޮނޑަކަށް ހާދާފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ.

"މެދު ޒިޔާރަތަކީ މިއީ މުލިއާގޭގެ ކުނި ގޮނޑަކަށް ވެގެން ނުވާނެ. ރައީސުލްޖުމްހޫރިއްޔާ ހުންނަ ގެކޮޅުގެ ކުނިގޮނޑަކަށް މެދުޒިޔާރަތް ވީމަ އެއީ އަޅުގަނޑުމެން ލަދުގަންނަންޖެހޭނެ. އަޅުގަނޑުމެން މިތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް މިކުރަނީ ދީނީ ވިސްނުމަކުއެއް ނޫން. މިއީ ތަރިކަ. އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން ވާރުތަކޮށްފައި ހުރި ތަރިކަ،" ތާރީހަށް ހިދުމަތް ކުރެއްވުމުގައި 23 އަހަރު ހޭދަ ކުރެއްވި ތޯރިގު ވިދާޅުވިއެވެ.

މެދުޒިޔާރަތުގެ ތެރެއަށް ޖަމާކޮށްފައިވާ ކުނިބުނި: ހެރިޓޭޖުން ބުނީ މެދުޒިޔާރަތަކީ މުލިއާގޭގެ ކުނިގޮނޑު ކަމަށް-- ފޮޓޯ/ ރާއްޖެއެމްވީ

ނިމިދިޔަ ސަރުކާރުން ދިވެހި ތާރީހާއި ސަގާފަތަށް ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ތާރީހީ ބިނާތަކަށް އިޔާދަ ނުކުރެވޭ ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އެފަދަ ގެއްލުމެއް ލިބިގެންދިޔައީ ބިހުރޯޒު ކަމަނާ މިސްކިތަށެވެ. އެ މިސްކިތަށް ރައީސް ޔާމީންގެ ސަރުކާރުން ބަދަލުތައް ގެނައުމުންނެވެ.

އެ މިސްކިތުގެ ހަރިންމަ ތެރޭގައި ހުރި، ބޮޑުތަކުރުފާނު ޒިޔާރަތަށް ވެސް އިހުމާލުވެފައިވާތީ، އެކަމުގެ ކަންބޮޑުވުން ތޯރިގު ވަނީ ރާއްޖެއެމްވީއާ ހިއްސާ ކުރައްވާފައެވެ.

"ބޮޑު ތަކުރުފާނަކީ މިރާއްޖޭގެ އެންމެ ވަރުގަދަ ބަތަލް. އެހެންވީމަ މިތަން ހުރި ހާލަތު ބަލާފަ، މިހާރުން މިހާރަށް އަޅުގަނޑުމެން މަސައްކަތް މި ފަށަނީ. ވަރަށް ބޮޑަށް ވީރާނާވެފަ މިހުރީ. މިތަން މިއޮތީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް ލަދުގަންނަ ހިސާބުގައި،" ގައުމީ އަރުޝީފުގެ ގާނޫނު މަޖިލީހަށް ހުށަހަޅައި ފާސްކުރި ތޯރިގު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު ތޯރިގު އާސާރީ ތަންތަން ބައްލަވާލައްވަނީ-- ފޮޓޯ/ ރާއްޖެއެމްވީ

ރައީސް ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދަކީ ކޮންމެ ރަށެއްގައި ހުރި ތަރިކަ އާއި ދުވަސްވީ ބިނާތައް އެކުލެވޭ ތަންތަން ދެނެގަތުމެވެ. އާސާރު އެކުލެވޭ ތަންތަނާއި ތާރީހު ގުޅިފައިވާ ތަކެއްޗަކީ އެތަނުގެ އައިޑެންޓިޓީއަށް ހެދުމެވެ. އަދި އެފަދަ ތަންތަން ހިމާޔަތް ކުރުމަށް ލާޒިމްވާ ގޮތަށް ގާނޫނީ ނިޒާމް ބައްޓަން ކުރުމެވެ.

އެ މައްސައްކަތް މަތިކުރި ވުޒާރާ އުފައްދަވާނެ ކަމަށް ރައީސް ސޯލިހު އިއުލާން ކުރެއްވި ކެމްޕެއިންގައި ހއ. އުތީމަށް ކުރެއްވި ދަތުރުފުޅުގައެވެ.

"ހެރިޓޭޖު މިނިސްޓްރީގެ ދަށުން ރާއްޖޭގައި ހުރި ދުވަސްވީ އެފަދަ ތަންތަން ހިމާޔަތްކޮށް، ބެލެހެއްޓުން އެ މިނިސްޓްރީގެ ދަށަށް ގެނެވޭނެ. އަދި ރަނގަޅު އެކަށީގެންވާ ބަޖެޓަކާ އެކީގައި ރާއްޖޭގައި ހުރި އެފަދަ އާސާރީ ސަގާފީ ތަންތަން ބަލަހައްޓައި މިއަށް ވުރެ ރަނގަޅަށް ބެލެހެއްޓިގެންދާނެ،" ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އުތީމަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވެފައިވެެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

19 ނޮވެމްބަރު 2017
ޤަތަރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ކުޑަވަނީ!

ޤަތަރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ކުޑަވަނީ!

03 ނޮވެމްބަރު 2017
އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

15 ސެޕްޓެމްބަރު 2017
ރާއްޖެއާއި މިޔަންމާއާ ދެމެދު މާބޮޑު ވިޔަފާރީގެ ގުޅުމެއް ނެތް!

ރާއްޖެއާއި މިޔަންމާއާ ދެމެދު މާބޮޑު ވިޔަފާރީގެ ގުޅުމެއް ނެތް!

04 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު