Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިކޮނޮމިކް މިނިސްޓްރީ

ބުރާސްފަތި ދުވަހު އޮންލައިންކޮށް 186 ފަރާތަކަށް ހިދުމަތް ދީފައިވޭ: އިކޮނޮމިކް މިނިސްޓްރީ

18 ސެޕްޓެމްބަރު 2020 | ހުކުރު 04:05

އެ މިނިސްޓްރީން ދުވާލެއްގެ ހިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ތަފާސް ހިސާބުތައް ހާމަކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ސެޕްޓެމްބަރު 2020 | ހުކުރު 04:05
ވެލާނާ ބިލްޑިންގ

ވެލާނާ ބިލްޑިންގ

އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް އޮންލައިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު އޮންލައިންކޮށް 205 ފަރާތެެއް ފޯމް ހުށަހެޅިއިރު އޭގެ ތެރެއިން 186 ފަރާތަކަށް ބުރާސްފަތި ދުވަހު ހިދުމަތް ދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރު އޮފީސްތައް ބަންދުކުރުމުން އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ދޭން ފަށާފައިވަނީ އޮންލައިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ. އިކޮނޮމިކް މިނިސްޓްރީން އަންނަނީ ކޮންމެ ދުވަހަކު ވެސް އެ މިނިސްޓްރީން ދުވާލެއްގެ ހިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ތަފާސް ހިސާބުތައް ހާމަކުރަމުންނެވެ.

އެގޮތުން ބުދަ ދުވަހު ކަސްޓަމަރ ސަރވިސް ސެންޓަރު މެދުވެރިކޮށް 177 ފަރާތަކަށް ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި ގުޅިގެން އެ މިނިސްޓްރީން ވަނީ ބައެއް ހިދުމަތްތައް އޮންލައިންކޮށް ދޭން ފަށާފައެވެ. އެގޮތުން ސަރުކާރުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް އޮންލައިންބިޒްނަސް ޕޯޓަލްމެދުވެރިކޮށް ހިދުމަތްތައް ދޭން ވަނީ ފަށާފައެވެ.

އަދި އޮންލައިން ޚިދުމަތްތައް ފިޔަވައި އެހެނިހެން މުހިންމު ޚިދުމަތަކަށް އެދޭ ފަރާތްތަކުންއީމެއިލްކުރުމުން ޚިދުމަތް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީގެ ލައިވްޗެޓް މެދުވެރިކޮށް އާންމު މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހަމަޖައްސާފައިވާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ގޭގައި ތިއްބަވައިގެން ކުރެއްވެން ހުރި މަސައްކަތްތައް، ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮވިޑް-19 ފެތުރޭތީ އެކަން ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ލޮކްޑައުންކޮށްފައި އޮތްއިރުވެސް މިނިސްޓްރީ ތަކުން ވަނީ އޮންލައިން މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދީފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2017

ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު

01 އޮކްޓޯބަރު 2017
ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު
12 އޯގަސްޓު 2017

އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

12 އޯގަސްޓު 2017
އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި
05 އޯގަސްޓު 2017

މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް

05 އޯގަސްޓު 2017
މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް
26 ޖޫން 2017

ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ

26 ޖޫން 2017
ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ
23 ޖޫން 2017

"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖެއަށް، ހޯމަ ދުވަހު ހުޅުވަނީ!

23 ޖޫން 2017
"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖެއަށް، ހޯމަ ދުވަހު ހުޅުވަނީ!
16 ޖޫން 2017

ހުކުރު ދުވަހުގެ ބާޒާރު: އެންމެ ތަދީ ސަޓަނިހަދަން ބޭނުންކުރާ ފަތް

16 ޖޫން 2017
ހުކުރު ދުވަހުގެ ބާޒާރު: އެންމެ ތަދީ ސަޓަނިހަދަން ބޭނުންކުރާ ފަތް
16 ޖޫން 2017

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

16 ޖޫން 2017
އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
16 މާރިޗު 2017

ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

16 މާރިޗު 2017
ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް