Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިވަނޮވިޗް ވެސްޓް ބްރޮމަށް ބަދަލުވުން

ޗެލްސީގެ ކުރީގެ ޑިފެންޑަރު އިވަނޮވިޗް ވެސްޓް ބްރޮމަށް

އިވަނޮވިޗް ވެސްޓް ބްރޮމާ ގުޅުނީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ސެޕްޓެމްބަރު 2020 | އަންގާރަ 17:19
ޗެލްސީއަށް މީގެ ކުރިން ކުޅުނު ސާބިއާގެ ޑިފެންޑަރު ބްރަންސިލާވް އިވަނޮވިޗް

ޗެލްސީއަށް މީގެ ކުރިން ކުޅުނު ސާބިއާގެ ޑިފެންޑަރު ބްރަންސިލާވް އިވަނޮވިޗް

ޗެލްސީއަށް މީގެ ކުރިން ކުޅުނު ސާބިއާގެ ޑިފެންޑަރު ބްރަންސިލާވް އިވަނޮވިޗް ވެސްޓް ބްރޮމާ ގުޅިއްޖެއެވެ.

ޒެނިތު ސެއިންޓް ޕީޓާސްބާގަށް ކުޅެމުން އައި އުމުރުން 36 އަހަރުގެ ޑިފެންޑަރު ވެސްޓް ބްރޮމާ ގުޅުނީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ނުވަ ސީޒަން ހޭދަކުރި އިވަނޮވިޗް، ވެސްޓް ބްރޮމާ ގުޅުމަށްފަހު ބުނީ ޕްރިމިއާ ލީގަކީ ޔޫރަޕްގެ އެންމެ ބޮޑު ލީގު ކަމަށާއި، އެނބުރި ޕްރިމިއާ ލީގަށް ބަދަލުވެވުމުން އުފާވާ ކަމަށެވެ. އަދި ވެސްޓް ބްރޮމަކީ އޭނާގެ ކެރިއަރުގައި އައު ޗެލެންޖެއް ކަމަށާއި، މި ސީޒަނުގައި ވެސްޓް ބްރޮމާއެކު ރަނގަޅު މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށްވެސް އިވަނޮވިޗް ބުންޏެވެ.

ޗެލްސީން ވިދާލި އިވަނޮވިޗް ވަނީ އެޓީމުގައި ނުވަ ސީޒަން ހޭދަކޮށްފައެވެ. އެގޮތުން ޗެލްސީއަށް ކުޅެދިން 377 މެޗުގައި އޭނާ ވަނީ 34 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އިވަނޮވިޗް ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގު ތިން ފަހަރު، އެފްއޭ ކަޕް ތިން ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ޗެލްސީގައި ކާމިޔާބު ސީޒަންތަކެއް ހޭދަކުރުމަށްފަހު އިވަނޮވިޗް ޒެނިތަށް ބަދަލުވީ 2017 ވަނަ އަހަރު، ދެ އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން އޭނާ ވަނީ ޒެނިތަށް ކުޅެދިން 125 މެޗުގައި 12 ލަނޑު ކާމިޔާބުކޮށްފައެވެ.

ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ޗެސްޓް ބްރޮމާ އިވަނޮވިޗް ގުޅުނިއިރު، އައު ސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ވެސްޓް ބްރޮމް ވަނީ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެފައެވެ. އެ މެޗުން ވެސްޓް ބްރޮމް ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު