Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންމެ އާމްދަނީ ބޮޑު ކުޅުންތެރިން

މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުޅުންތެރިއަކަށް މެސީ

15 ސެޕްޓެމްބަރު 2020 | އަންގާރަ 07:29

މެސީއަށް ވަނީ މިއަހަރު 126 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ސެޕްޓެމްބަރު 2020 | އަންގާރަ 07:29
ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

މިއަހަރު ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފުޓްބޯޅަ ކުޅުންތެރިއަކަށް ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހޮވައިފިއެވެ.

ފޯބްސް މަޖައްލާއިން ހާމަކުރާ މި ލިސްޓަކީ އަހަރަކު އެއް ފަހަރު (ފާއިތުވި 12 މަސް ދުވަހަށް ބެލުމަށް ފަހު) ނެރޭ ލިސްޓެކެވެ. އަދި މި ހިސާބުތައް ޖަހާފައިވަނީ ފާއިދުވި 12 މަހުގެ ތެރޭ ކުޅުންތެރިންގެ މުސާރަ އާއި، އިނާމު ފައިސާ އަދި އިޝްތިހާރުތަކުން ލިބޭ ޖުމްލަ އާމްދަނީއަށް ބަލައިގެންނެވެ.

އެގޮތުން މި އަހަރުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މި ޓްރާންސްފާ ބާޒާރުގައި ބާސާ ދޫކޮށް ދިޔުމަށް ބޭނުންވާކަން ހާމަކޮށް، އެކަމަކު ފަހު އެ ކުލަބުގައި މަޑުކުރަން ނިންމި މެސީއެވެ. މެސީއަށް ވަނީ މިއަހަރުގެ ތެރޭގައި 126 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު މެސީއަށް ވަނީ މުސާރައިގެ ގޮތުގައި 92 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. އަދި ބާކީ 34 މިލޔަން ޑޮލަރު އޭނާއަށް ލިބުނީ އިޝްތިހާރުތަކުންނެވެ.

މި ލިސްޓުގެ ދެވަނައަށް ދިޔަ މެސީއާ އެންމެ ވާދަވެރި ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިއަހަރު ލިބިފައިވަނީ 117 މިލިޔަން ޑޮލަރުގެ އާމްދަނީއެކެވެ. މި ލިސްޓުގެ ދެވަނައަށް ދިޔަ ނަމަވެސް، ރޮނާލްޑޯއަކީ ކެރިއަރުގައި ބިލިޔަން ޑޮލަރުގެ އާމްދަނީއެއް މިހާތަނަށް ހޯދާފައިވާ ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިޔާއެވެ.

މީގެ އިތުރުން ފޯބްސްއިން ހާމަކުރި ލިސްޓުގެ ތިންވަނަ 96 މިލިޔަން ޑޮލަރުގެ އާމްދަނީއާއެކު ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ހޯދިއިރު، 42 މިލިޔަން ޑޮލަރުގެ އާމްދަނީއާއެކު ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ވަނީ ހަތަރުވަނަ ހޯދާފައެވެ. ލިސްޓުގެ ފަސްވަނައިގައި ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު އޮތްއިރު، ހަވަނައިގައި އޮތީ މެންޗެސްްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއެވެ. މިއަހަރު ސަލާހަށް ލިބުނު އާމްދަނީ 37 މިލިޔަން ޑޮލަރުގައި އުޅޭއިރު، ޕޮގްބާއަށް ލިބިފައިވަނީ 34 މިލިޔަން ޑޮލަރުގެ އާމްދަނީއެކެވެ.

އަދި 33 މިލިޔަން ޑޮލަރުގެ އާމްދަނީއާއެކު ބާސާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ވަނީ ލިސްޓުގެ ހަތްވަނަ ހޯދާފައެބެ. ލިސްޓުގެ އަށްވަނަ 29 މިލިޔަން ޑޮލަރުގެ އާމްދަނީއަކާއެކު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލް ހޯދިއިރު، 28 މިލިޔަން ޑޮލަރުގެ އާމްދަނީއަކާއެކު ލިސްޓުގެ ނުވަވަނަ ހޯދީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. އަދި 10 ވަނައަށް ދިޔަ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާއަށް ލިބިފައިވަނީ 27 މިލިޔަން ޑޮލަރުގެ އާމްދަނީއެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް