Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

އަތޮޅުތެރޭގައި ހުރި ކޮވިޑް ފެސިލިޓީތަކުގައި މި ވަގުތު ފަރުވާދެމުން ދަނީ ފަސް މީހަކަށް

ރާއްޖޭގެ ފަސް ސަރަހައްދެއްގައި މި ފެސިލިޓީތައް ވަނީ ގާއިމްކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ސެޕްޓެމްބަރު 2020 | އަންގާރަ 04:13
އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއެއް

އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއެއް

އަތޮޅުތެރޭގައި ކޮވިޑް ފަރުވާއަށް ގާއިމުކޮށްފައިވާ ފެސިލިޓީތަކުގެ ތެރެއިން 3 ފެސިލިޓީއެއްގައި ފަސް މީހަކަށް ފަރުވާދެމުން އެބަދެއެވެ.

އަންގާރަ ދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި ވަގުތު ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި ދެ މީހަކަށް، ބ. އޭދަފުށި ކޮވިޑް ފެސިލިޓީގައި އެކަކަށް އަދި ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި ދެ މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މާލެ ނުގެނެސް ކޮވިޑަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ވަނީ ކޮވިޑް ފެސިލިޓީތައް ގާއިމުކޮށްފައެވެ. ލ. ގަމު ފެސިލިޓީ ޚާއްސަކޮށްފައިވަނީ މ، ފ ،ދ، ތ، ލ އަތޮޅުގެ ރަށްތަކަށެވެ. ގއ. އަދި ގދ. ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ ގއ. ވިލިނގިލީ ގައެވެ. ނ، ރ، ބ. އަދި ޅ. ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ ބ. އޭދަފުށީގައެވެ. ހއ، ހދ. އަދި ށ. ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ ށ. ފުނަދޫގައެވެ. އަދި ޏ، ސ. ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.

މީގެ އިތުރުން، މި ވަގުތު ވެސް ކޮވިޑް ޖެހިފައިވާ ހަތަރު މީހަކަށް އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން ދެ މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ފަރުވާދެމުންދާއިރު އަނެއް ދެ މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުންދަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ ގައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު