Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިއާގެ ޙާލަތު

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ 30 މެމްބަރުންނާއި 50 މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވް!

އާދިއްތަ ދުވަހު އެކަނިވެސް 90،000ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ސެޕްޓެމްބަރު 2020 | ހޯމަ 14:54
އިންޑިއާގެ ޤާނޫނު ހަދާ މަޖިލީސް (ލޮކް ސަބާ)- އަލުން ޖަލްސާތައް ފަށާފައިވަނީ 6 މަހުގެ މެދުކެނޑުމަކަށް ފަހު

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީސް (ލޮކް ސަބާ)- އަލުން ޖަލްސާތައް ފަށާފައިވަނީ 6 މަހުގެ މެދުކެނޑުމަކަށް ފަހު

އަވައްޓެރި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީސް (ލޮކް ސަބާ) ގެ 30 މެމްބަރުންނާއި 50ށް ވުރެ ގިނަ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރު ވެއްޖެއެވެ.

ހޯމަ ދުވަހު އަލުން މަޖިލީހުގެ ޖަލްސާތައް ފަށާފައިވާއިރު، އޭގެ ކުރިން މަޖިލީހުގެ މެމްބަރުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. ހޯމަ ދުވަހުގެ ޖަލްސާއަކީ އިންޑިއާގައި ކޮވިޑުގެ އައުޓްބްރޭކެއް ފެނުމުގެ ފަހުން ބޭއްވި ފުރަތަމަ ޖަލްސާއެވެ. އެގޮތުން މިހާތަނަށް 30 މެމްބަރެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވާއިރު، ޕޮޒިޓިވްވި މެމްބަރުންގެ އަދަދު އެއަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އިންޑިއާގެ މަޖިލިސް ޖަލްސާތައް ފެށުމަށް ކުރިން ނިންމާފައި އޮތީ ޖުލައި މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް، ކޮވިޑާއި ގުޅިގެން މަޖިލިސް ޖަލްސާތައް ފެށުން އޭރު ވަނީ ފަސްކޮށްފައެވެ.

އިންޑިއާ އަކީ މިވަގުތު މުޅި ދުނިޔެއިން ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ޤައުމެވެ. އެގޮތުން މިހާތަނަށް 4.8 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، އާދިއްތަ ދުވަހު އެކަނިވެސް 90،000ށް ވުރެ ގިނަ މީހުން ހަމައެކަނި އިންޑިއާ އިން ޕޮޒިޓިވްވެފައިވެއެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި

28 އެޕްރީލު 2017
ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި
20 އެޕްރީލު 2017

އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި

20 އެޕްރީލު 2017
އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
02 އެޕްރީލު 2017

ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި

02 އެޕްރީލު 2017
ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު