Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކޮމް އިން ރައީސް އާ މަޝްވަރާކުރުން

ޤާނޫނު ޒިންމާ އަދާކުރުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ބްރޯޑްކޮމް އިން ރައީސްއާ މަޝްވަރާ ކޮށްފި

13 ސެޕްޓެމްބަރު 2020 | އާދީއްތަ 16:59

ކޮމިޝަން ހިންގުމަށް ހުރި ބަޖެޓުގެ ދަތިކަން ފާހަގަ ކުރެއްވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 16:59
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙާއި މަޝްވަރާ ކުރައްވަނީ

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙާއި މަޝްވަރާ ކުރައްވަނީ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިފައިވާ ބަޖެޓުން ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި އަދި ކޮމިޝަން އިދާރީ ގޮތުން ހިންގުމަށް ހުރި ދަތިކަމާއި، ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާ ކުރުމަށްޓަކައި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނު އިޞްލާޙް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ކޮމިޝަން މެމްބަރުން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ކޮމިޝަނަށް ކޮންމެ އަހަރަކު ފާސް ކުރާ ބަޖެޓަކީ މުސާރަ ދިނުމަށާއި އޮފީސް ހިންގުމަށް ދެވޭ ކުޑަ ބަޖެޓެއްކަމުން ދާއިރާގެ ތަރައްޤީއަށާއި ކޮމިޝަންގެ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލާފައިވާ ކޮމިޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ޕޮލިސީތަކާއި ސްޓެރެޓެޖީތައް ހިންގުމަށް ޚަރަދު ކުރާނެ ބަޖެޓެއް އެއްވެސް އަހަރަކު ނުލިބޭ ކަމަަށެވެ.

Advertisement - newsAdvertisement

އަދި ކޮމިޝަންގެ މުވައްޒަފުންނަށް ވަޒީފާ އާއި މުސާރައިގެ ކުރިއެރުން ދިނުމަށާއި އަދި ކޮމިޝަން ހިންގަމުންދާ އޮފީސް އިމާރާތަށް ބޭނުންވާ މަރާމާތުގެ ކަންކަން ކުރުމަށް ވެސް މިހާރު ލިބިފައިވާ ބަޖެޓުން ނުފުދޭ ކަމަށް ވިދާޅުވެ، ސަރުކާރުގެ ފަރާތުން މިކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައި ދެއްވުމަށް މިބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން، ރައީސް އަރިހުން ވަނީ އެދިވަޑައިގެންފައެވެ.

މިކަންކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއާ އެކުވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވެ، ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތް ކުރާ ނޫސްވެރިން ތަމްރީން ކުރުމަކީ ކޮމިޝަންގެ މިދައުރުގައި އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތް ކަމަށާއި، ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ތަމްރީންތައް ހިންގުމަށްޓަކައި މި ދާއިރާ ތަރައްޤީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ އެހީތެރިކަމަށާއި ފަންޑިން ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެވޭނީ ކޮމިޝަނުން ލައިސަންސް ހޯދައިގެން ކަމާއި، ނަމަވެސް ގިނަ ރިސޯޓުތަކެއްގައި މި ޚިދުމަތް ލައިސަންސެއް ނެތި ދެމުންދާ ކަމުގެ ކަންބޮޑުވުން، މިބައްދަލުވުމުގައި ކޮމިޝަން މެމްބަރުން ފާޅުކުރެއްވިއެވެ. އަދި ބޭރުގެ ޓީވީ ޗެނަލްތަކުގެ ރައިޓްސް ނެތި ބައެއް ރިސޯޓުތަކުން ރީބްރޯޑްކާސްޓް ކުރަމުންދާ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި މިއީ ބައިނަލްއަޤްވާމީ ކޮޕީރައިޓްސްގެ މައްސަލައެއް ކަމުގައި ވެސް މެމްބަރުން ވިދާޅުވިއެވެ. މީގެއިތުރުން، ލައިސަންސް ނެތި ރީބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ލައިސަންސް ފީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ނުލިބޭ ކަމަށާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓް ކުރުމުގެ މައްސަލަތައް ބެލުމަށް ބަޖެޓުގެ އެހީތެރިކަމުގެ އިތުރުން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް، ކޮމިޝަން މެމްބަރުން ވަނީ ރައީސް އަށް ދަންނަވާފައެވެ.

އެކަށީގެންވާ ބަޖެޓެއް ލިބިފައިނެތުމުން، ހިންގުމަށް ގޮންޖެހުންތަކެއް ހުރުމާއެކު ވެސް، ލިބިފައިވާ ވަސީލަތްތައް ބޭނުން ކޮށްގެން ދާއިރާގެ ތަރައްޤީއަށް ކޮމިޝަނުން ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ތަފްސީލު، ކޮމިޝަންގެ މެމްބަރުން ރައީސް އަށް ވަނީ ދެއްވާފައެވެ.

މިގޮތުން، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން ދިވެހިރާއްޖޭގައި ތަޢާރަފު ކުރުމަށް ލާޒިމް ކުރާ، ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތް، ތަޢާރަފުކު ރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން ވަގުތީ ގޮތުން މި ޚިދުމަތް ދިނުމުގެ އަޖުމަ ބެލުމުގެ މަޝްރޫޢުގެ މަޢުލޫމާތާއި، ދިވެހި މީޑިއާގައި އިސްލާމީ ޝަޚުޞިއްޔަތާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ދިވެހި ނޫސްވެރީންނަކީ ޤާބިލު ބައެއް ކަމުގައި ހެދުމުގެ މަޤްޞަދުގައި ކޮމިޝަނާއި އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތަފްސީލު މި ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން ދެއްވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ޙިއްސާކުރި ކަންބޮޑުވުންތަކަށް ދާއިމީ ޙައްލެއް ގެނެސް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގިނަ އަދަދެއްގެ ޓީވީއާއި ރޭޑިއޯ އަދި އޮންލައިން ނޫސްތައް ހަރަކާތްތެރިވަމުންދާކަމީ، މިނިވަން ނޫސްވެރިކަމަށް ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައެވެ. އަދި ރާއްޖޭގެ ނޫސްވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް، ތަމްރީނާއި ތަޖުރިބާ ލިބިފައިވާ އުފެއްދުންތެރި މީހުން ބޭނުންވާ ކަމަށް ވިދާޅުވެ، ނޫސްވެރިކަމުގެ ހަމަތަކާއި، އުސޫލުތަކަށް ޢަމަލު ކުރުމާއެކު ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް މި ބައްދަލުވުމުގައި ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ.

ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، މި ބައްދަލުވުމުގައި ނައިބު ރައީސް އަޙްމަދު ގައިސްއާއި ކޮމިޝަނަރ އަމްޖަދު ވަޙީދާއި ކޮމިޝަނަރ ޢަލީ ޔޫސުފާއި ކޮމިޝަނަރ އާމިނަތު އަމީނާ އާއި އެކްޓިންގ ސެކްރެޓަރީ ޖެނެރަލް ޢާއިޝަތު ޝާހީން އަދި ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އަޙްމަދު އަރުޝަދު ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް