Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީންގެ އެކައުންޓް ފްރީޒް ކުރުން

ޔާމީންގެ އެކައުންޓް ފްރީޒް ކުރަން ހުށައެޅި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ

އެކައުންޓުތައް ފްރީޒް ކޮށްފައިވާކަން ހާމަކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 14 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 14:14
ކުރީގެ ރައީސް އަބްދުﷲ ޔާމީން- ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގ ގެ އިތުރު ދައުވާތަކެއް ވަނީ ކުރެވިފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން- ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގ ގެ އިތުރު ދައުވާތަކެއް ވަނީ ކުރެވިފައި

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކައުންޓް ފްރީޒް ކުރި މައްސައިގެ އަޑުއެހުމެއް ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން ކޯޓުން އަމުރު ކުރީ ރައީސްކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. އެގޮތުން ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. އޭރު އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް، އެ މައްސަލައިގައި އެކައުންޓްތައް ފްރީޒް ކުރަން ނެރުނު އަމުރު ހައިކޯޓުން ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު ބާތިލު ކޮށްފައެވެ.

އެއާއެކު، އެ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު މި މައްސަލަ އިސްތިއުނާފު ކުރަމުން ދައުލަތުން ބުނެފައިވަނީ، ހައިކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް އެދިލައްވާ ކަމަށާއި ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދޫވެއްޖެނަމަ ދައުލަތުން ލިބޭ ފައިސާ ގެއްލިދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ފައިސަލާ ކުރެވޭ ހުކުމެއް ނެރެވެންދެން އެމަނިކުފާނުގެ ނަންފުޅުގައި އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި އަށް އެކައުންޓާއި، ބީއެމްއެލްގެ އެކައުންޓުތަކާއި، މޮރިޝަސް ކޮމާޝަލް ބޭންކްގައި އެމަނިކުފާނުގެ ނަންފުޅުގައި ހުޅުވާފައިވާ އެކައުންޓުން މުއާމަލާތް ކުރެވޭ ގޮތް ހުއްޓުވުމަށް އެދިލައްވާ ކަމަށް ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވެފައިވަނީ އެންޓި ކަރަޕްޝަން ކަމިޝަން(އޭސީސީ)ގެ ބެލުމުގެ ދަށުގައި ހުރި ފައިސާއެއް ގެއްލިގެން ދާނެ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށާއި އެހެން ކަމުން ހައިކޯޓުގެ އަމުރަށް ތާއީދު ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު