Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ ޕޫމާގެ އެމްބަސަޑަރަކަށް

ނައިކީ ދޫކޮށް ނޭމާ ޕޫމާގެ އެމްބަސަޑަރަކަށް

12 ސެޕްޓެމްބަރު 2020 | ހޮނިހިރު 16:41

ނައިކީން ނޭމާ ވަކިވީ 15 އަހަރަށްފަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 16:41
ޕޫމާގެ އެމްބަސަޑަރަކަށް ހަމަޖެއްސި ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލް ތަރި ނޭމާ

ޕޫމާގެ އެމްބަސަޑަރަކަށް ހަމަޖެއްސި ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލް ތަރި ނޭމާ

އެމެރިކާގެ ނައިކީން ވަކިވުމަށްފަހު ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލް ތަރި ނޭމާ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ޖަރުމަނުގެ ކުންފުނި ޕޫމާއާއެކު ސޮއިކޮށްފިއެވެ.

ނައިކީން 15 އަހަރަށްފަހު ނޭމާ ވަކިވިއިރު، ނައިކީން ނޭމާ ސްޕޮންސާކުރީ އޭނާގެ އުމުރުން 13 އަހަރުގައި، ބްރެޒިލްގެ ސަންތޯސްގެ ޖޫނިއާ ޓީމަށް ކުޅުނިއިރެވެ. އޭރު ނޭމާ އަކީ ކުރިމަގުގެ ތަރިއަކަށް ވާނެ ކަމަށް ބެލެވިފައި ހުރި ކުޅުންތެރިއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނޭމާ އާއި ނައިކީ ވަކިވީ އެއްބަސްވުން އާކުރާއިރު ލިބޭނެ އަދަދަކާ މެދު އެއްބަސްނުވެވިގެންނެވެ. އަދި ނޭމާ އާއި ނައިކީން އެންމެ ފަހުން ހަދާފައި އޮތީ 2022 ވަނަ އަހަރު ހަމަވާ ގޮތަށް އޮތް 11 އަހަރުގެ އެއްބަސްވުމެއް ކަމަށާއި، އޭގެ ދަށުން ނޭމާއަށް ޖުމްލަ 105 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.

ނަކީން ވަކިވުމާއެކު، ހޮނިހިރު ދުވަހުގެ ވަގުތެއްގައި ޕޫމާއިން ވަނީ އެ ކުންފުނީގެ އެމްބަސަޑަރަކަށް ނޭމާ ހަމަޖެއްސިކަން އިއުލާން ކޮށްފައެވެ.

ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް 2017 ވަނަ އަހަރު 222 މިލިއަން ޔޫރޯއަށް ބަދަލުވި ނޭމާ އަކީ ދުނިޔޭގެ ފުޓްބޯޅަ ތާރީޚުގައި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. ފޯބްސް މަޖައްލާއިން ހާމަކޮށްފައިވާ ގޮތުގައި ނޭމާއަށް މި އަހަރު އާމްދަނީގެ ގޮތުގައި 95.5 މިލިޔަން ޑޮލަރު ލިބޭނެއެވެ. އޭނާ އަކީ ދުނިޔޭގެ ހަތްވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓެވެ.

ޕޫމާގެ އެމްބަސަޑަރަކަށް ނޭމާ ހަމަޖެއްސިއިރު، އެ ކުންފުނިން ސްޕޮންސާކޮށްފައިވާ މަޝްހޫރު އެތުލީޓުންގެ ތެރޭގައި ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޯލްޓް އާއި ބާސެލޯނާގެ ދެ ކުޅުންތެރިން ކަމަށްވާ އެންޓޮއިން ގްރީޒްމަންގެ އިތުރުން ލުއިސް ސުއަރޭޒްވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް

28 ފެބުރުއަރީ 2017
ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް