Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ވެކްސިން

އެސްޓްރަޒެނިކާގެ ކޮވިޑް-19 ވެކްސިންގެ ޓްރެއަލް އަލުން ފަށައިފި

12 ސެޕްޓެމްބަރު 2020 | ހޮނިހިރު 16:56

ޓްރެއަލް މެދުކަނޑާލާފައިވަނީ ސެޕްޓެމްބަރ 9 ވީ ބުދަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 16:56
އެސްޓްރަޒެނިކާ

އެސްޓްރަޒެނިކާ

ކޮވިޑް-19 އަށް ވެކްސިން އުފެއްދުމަށް އެންމެ ކުރީގައި އުޅޭ އެސްޓްރަޒެނިކާ އިން ކުރިޔަށް ގެންދާ ފޭސް ތިނެއްގެ ޓްރެއަލްގައި ވެކްސިން ދީފައިވާ މީހެއް ގޮތްނޭނގޭ ގޮތަކަށް ބަލިވުމާއި ގުޅިގެން ޓްރެއަލް ކުރިޔަށް ގެންދިޔުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ޓްރެއަލް ފަށާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ގޮތްނޭނގޭ ގޮތަކަށް މީހަކު ބަލިވުމުން ޓްރެއަލް މެދުކަނޑާލާފައިވަނީ ސެޕްޓެމްބަރ 9 ވީ ބުދަ ދުވަހުއެވެ. އެއަށްފަހު އަލުން ޓްރެއަލް ފަށާފައިވާއިރު އެ ކުންފުނިން ބުނީ ޓްރެއަލް ފަށާފައިވަނީ ވެކްސިން ބޭނުން ކުރުމަކީ ރައްކާތެރިކަމެއް ކަމަށް އެކަން ބެލި ފަރާތްތަކުން ބުނެފައިވާތީ ކަމަށެވެ. ޓްރެއަލް ކުރިޔަށް ގެންދިޔުމަށް ފެހި ސިގްނަލް ލިބުމާއެކު ޓްރެއަލް އަލުން ފަށާފައިވާއިރު މި ވެކްސިނަކީ އޮކްސްފޯރޑް ޔުނިވަރސިޓީ އާ ގުޅިގެން އުފެއްދުމަށް މަސައްކަތް ކުރާ ވެކްސިނެކެވެ.

Advertisement - worldAdvertisement

ވެކްސިން ބޭނުން ކުރުން ރައްކާތެރިކަމަށް ކަނޑައަަޅާފައިވަނީ ބްރިޓަން މެޑިސިންސް ހެލްތު ރެގިޔުލޭޓަރީ އޮތޯރިޓީން ކަމަށް އެސްޓްރަޒެނިކާ އިން ބުނެއެވެ.

މި ވެކްސިންގެ ޓްރެއަލްގައި ގޮތްނޭނގޭ ގޮތަށް ބަލިވި މީހާގެ ފުށުން ފެނިފައިވާ އަލާމާތްތަކަކީ އެ މީހާއަށް ދިމާވި ނާރުގެ މައްސަލައެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން މަދުން ނޫނީ ނުފެންނަ މައިބަދަ ދުޅަވުމުގެ މައްސަލަ އެ މީހާއަށް ދިމާވެފައިވާ ކަމަށާއި މިއަށްވުރެ އިތުރަށް އެމީ ހާއަށް ދިމާވި މައްސަލަ ހާމަ ކުރެވެން ނެތް ކަމަށް އެސްޓްރަޒެނިކާ އިން ވަނީ ބުނެފައެވެ.

އެސްޓްރަޒެނިކާގެ ވެކްސިން ގެ ޓްރެއަލް މެދުކަނޑާލާފައި އަލުން ފަށާފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނޮވެމްބަރ މަހު އޮންނަ އެ ގައުމުގެ ރިޔާސީ އިންތިޚާބުގެ ކުރިން ވެކްސިނެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ އިތުރުން ޔޫރަޕުން ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ވަނީ ވެކްސިން އުފެއްދުމުގައި ރައްކާތެރި އަދި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަންކަން ކުރިޔަށް ގެންދާނެ ކަމަށް ވައުދު ވެފައެވެ.

އެސްޓްރަޒެނިކާ އިން ވަނީ ތިން ބިލިއަން ވެކްސިންގެ ޑޯޒް އެކި ސަރުކާރުތަކަށް ދިނުމަށް މިހާރު ވެސް އެއްބަސްވެފައެވެ. އެހެން އެއްވެސް ޕްރޮޖެކްޓަކުން އެ މިންވަރަށް ވެކްސިންގެ ޑޯޒް ދިނުމަށް އަދި މިހާތަނަށް އެއްބަސްވެފައެއް ނުވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޗީފް ސައިންޓިސްޓު ވިދާޅުވެފައިވަނީ ޓްރެއަލް މެދުކަނޑާލަން ޖެހުމަކީ މިކަމަށް ދުނިޔެ ހޭލައްވާލަދިން ކަމެއް ކަމަށެވެ. އަދި ވެކްސިން އުފެއްދުމުގެ މަރުހަލާގައި މިފަދަ ކަންތައްތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެސްޓްރަޒެނިކާ އާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިނަކީ މިވަގުތު އުފައްދަމުންދާ ވެކްސިންތަކުގެ ތެރެއިން އެންމެ ބޮޑަށް ކާމިޔާބުވާނެ ކަމަށް ބެލެވޭ ވެކްސިނެވެ.

އޮކްސްފޯޑުގެ ޓީމުން މީގެކުރިން ބުނެފައިވަނީ ވެކްސިން ކާމިޔާބުވާނެ ކަމުގެ 80 އިންސައްތަ ޔަގީންކަން އެބައޮތް ކަމަށެވެ.

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

25 އޯގަސްޓު 2017

ގަތަރުން އިރާނާ އެކު އޮންނަ ގުޅުން އަލުން ފުރިހަމައަށް ގާއިމުކޮށްފި

25 އޯގަސްޓު 2017
ގަތަރުން އިރާނާ އެކު އޮންނަ ގުޅުން އަލުން ފުރިހަމައަށް ގާއިމުކޮށްފި
16 އޯގަސްޓު 2017

27 އަހަރަށް ފަހު ސައުދީ އިރާގު ބޯޑަރު އަލުން ހުޅުވަނީ

16 އޯގަސްޓު 2017
27 އަހަރަށް ފަހު ސައުދީ އިރާގު ބޯޑަރު އަލުން ހުޅުވަނީ
29 ޖުލައި 2017

ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ

29 ޖުލައި 2017
ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ
26 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ކުރާ 48 ގަނޑިއިރުގެ މުޒާހަރާ ފަށައިފި

26 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ކުރާ 48 ގަނޑިއިރުގެ މުޒާހަރާ ފަށައިފި
17 ޖުލައި 2017

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި

17 ޖުލައި 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި
11 ޖުލައި 2017

ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި

11 ޖުލައި 2017
ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި
24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް