Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުވޭލާ

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ކުރާ 48 ގަނޑިއިރުގެ މުޒާހަރާ ފަށައިފި

ގައުމުގެ ހަމަޖެހުން ގާއިމު ކުރެއްވުމަށްޓަކައި ގާނޫނު އަސާސީ އަލުން އެކުލަވާލަން ޖެހޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 26 ޖުލައި 2017 | ބުދަ 16:54
ވެނެޒުއޭލާގެ އެކިކަންކޮޅުތަކުގައި ދަނީ ބޮޑެތި މުޒާހަރާތައް ކުރަމުން

ވެނެޒުއޭލާގެ އެކިކަންކޮޅުތަކުގައި ދަނީ ބޮޑެތި މުޒާހަރާތައް ކުރަމުން

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަން ރޭވި 48 ގަނޑިއިރުގެ މުޒާހަރާ ފަށައިފިއެވެ.

އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ބުދަ ދުވަހާއި އަދ ބުރާސްފަތި ދުވަހު މުޅި ގައުމުގައި ކުރިއަށް ގެންދާ މުޒާހަރާ މިފަހަރު ކުރަމުން ދަނީ މަސައްކަތްތެރިން މެދުވެރިކޮށެވެެ. އެގޮތުން ވެނެޒުއޭލާގެ މަސައްކަތްތެރިން ވަނީ މަސައްކަތަށް ނިކުންނަން ދެކޮޅު ހަދާފައެވެ.

އިންތިހާއަށް ފާޑުކިޔުން އޮތަސް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ގެންދަވަނީ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން ގާނޫނު ހަދާ މަޖިލިހަށް މެމްބަރުން އިންތިޚާބު ކުރުން އާދީއްތަ ދުވަހު އޮންނާނެއެވެ. އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދަނީ އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް ރައީސް މަޑޫރޯ މަސައްކަތްޕުޅު ކުރައްްވަމުން ގެންދަވަނީ ބާރުތައް މުށުތެރެއަށް އިތުރަށް ލެއްވުމަށް ކަމަށެވެ.

ރައީސް މަޑޫރޯ ވިދާޅުވަމުން ގެންދަވަނީ ގައުމުގެ ހަމަޖެހުން ގާއިމު ކުރައްވައި އަދި ދައުލަތުގެ ވުޒާރާތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމު ކުރުމަށްޓަކައި އަލުން ގާނޫނު އަސާސީ އެކުލަވާލުމަށް ބޭނުންވާ ކަމަށެވެ.

ދާދިފަހުން ވެނެޒުއޭލާގައި އިދިކޮޅު ފަރާތްތަކުން ވަނީ އަލުން ގާނޫނު އަސާސީ އެކުލަވާލުމާއި ދެކޮޅަށް ބޮޑު މުޒާހަރާއެއް ބާއްވާފައެވެ. އެ މުޒާހަރާގައި މިލިއަނުން މީހުން ނިކުތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެނެޒުއޭލާގެ ރައީސް ރައްޔިތުންގެ ބަހެއް ހޯދުމެއް ނެތި ގައުމުގެ ބޮޑެތި ކަންކަމުގައި ގޮތް ނިންމަން ފައްޓަވައިފައިވާއިރު ކަމާބެހޭ މާހިރުން ވިދާޅުވަމުން ގެންދަވަނީ މިހާރު އޮތް ގާނޫނު އަސާސީއަށް ބަލާއިރު ގާނޫނު އަސާސީ އަލުން އެކުލަވާލާ މަޖިލީހެއް އިންތިޚާބު ކުރާ ނަމަ ރައީސް މަޑޫރޯ، އެކަމާ މެދު އާންމުން ދެކޭގޮތް ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލަން ޖެހޭ ކަމަށެވެ.

ވެނެޒުއޭލާގެ މަސްރަހު ވަނީ ވަރަށް ހަަލަބޮލިވެފައެެވެ. ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން މަޑޫރޯއާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ ތިން މަސް ވެއްޖެއެވެ. އަދި ސަރުކާރުގެ ތެރެއިން ވެސް މަޑޫރޯއާ ދެކޮަޅަށް ދެކޮޅުވެރިކަން ވަނީ ފާޅުވެގެން ގޮސްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

01 އެޕްރީލު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު