Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއޭލާ

ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ

އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުން އޮންނާނީ އާދީއްތަ ދުވަހު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 29 ޖުލައި 2017 | ހޮނިހިރު 12:16
ވެނެޒުއޭލާގައި ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން

ވެނެޒުއޭލާގައި ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން

ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބު ކުރާ އާ ގާނޫނު ހަދާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް އަވަށްޓެރި ކޮލަމްބިއާ އިން ބުނެފިއެވެ.

ކޮލަމްބިއާގެ ރައީސް ހުއާން މަނުއެލް ސަންޓޯސް ވިދާޅުވީ ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލާ ގާނޫނު ހަދާ މަޖިލީހެއް އުފެއްދުމަކީ ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށާއި، އެހެން ކަމުން އާ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބަލައިނުގަނެވޭނެ ކަމަށެވެ. ސަންޓޯސް އިތުރަށް ވިދާޅުވި ކަމަށް ބީބީސީ އިން ރިޕޯޓުކޮށްފައި ވަނީ ވެނެޒުއޭލާގެ ހަލަބޮލިކަމަށް ސުލްހަ ގެނައުމަށް ގޮވާލާ ކަމަށެވެ.

ވެނެޒުއޭލާގައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށްޓަކައި އާދީއްތަ ދުވަހު ބާއްވާ އިންތިޚާބާ ދިމާކޮށް އެ އިންތިޚާބަށް "ހުރަސް އެޅޭ" އެއްވެސް މުޒާހަރާއެއް ކުރުން އެގައުމުގައި ވަނީ މަނާކޮށްފައެވެ.

ރައީސް ނިކޮލަސް މަޑޫރޯ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުން އާދީއްތަ ދުވަހު އޮންނަ އިރު މިކަމާ ދެކޮޅަށް ވެނެޒުއޭލާގައި ރައްޔިތުން ބޭއްވި ތަފާތު މުޒާހަރާތަކުގައި މިދިޔަ އޭޕްރިލް އިން ފެށިގެން 100 މީހުން މިހާތަނަށް މަރުވެފައިވެއެވެ.

އިންތިޚާބަށް "ހުރަސް އެޅޭ" މުޒާހަރާތައް ކުރުން މަނާކޮށްފައި ވަނީ ހުކުރު ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށެވެ.

އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ބުދަ ދުވަހާއި އަދ ބުރާސްފަތި ދުވަހު މުޅި ގައުމުގައި ވަނީ ބޮޑު މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ. އެ މުޒާހަރާ ކޮށްފައި ވަނީ މަސައްކަތްތެރިން މެދުވެރިކޮށެވެެ. އެގޮތުން މަސައްކަތްތެރިން ވަނީ މަސައްކަތަށް ނިކުންނަން ދެކޮޅު ހަދާފައެވެ.

އިންތިހާއަށް ފާޑުކިޔުން އޮތަސް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ގެންދަވަނީ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދަނީ އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް ރައީސް މަޑޫރޯ މަސައްކަތްޕުޅު ކުރައްްވަމުން ގެންދަވަނީ ބާރުތައް މުށުތެރެއަށް އިތުރަށް ލެއްވުމަށް ކަމަށެވެ.

ރައީސް މަޑޫރޯ ވިދާޅުވަމުން ގެންދަވަނީ ގައުމުގެ ހަމަޖެހުން ގާއިމު ކުރައްވައި އަދި ދައުލަތުގެ ވުޒާރާތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމު ކުރުމަށްޓަކައި އަލުން ގާނޫނު އަސާސީ އެކުލަވާލުމަށް ބޭނުންވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

01 އެޕްރީލު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު