Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ހޮސްޕިޓަލު

ހުޅުމާލެ ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 200 ޕީސީއާރް ޓެސްޓް ހެދޭނެ

ޓެސްޓުތައް ހެދުމަށްޓަކައި 07 ލެބް ޓެކްނީޝަނުން ހަރަކާތްތެރިވަމުންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 13:11
ހުޅުމާލެ ހޮސްޕިޓަލުގައި ޕީސީއާރް ޓެސްޓް ހަދަނީ

ހުޅުމާލެ ހޮސްޕިޓަލުގައި ޕީސީއާރް ޓެސްޓް ހަދަނީ

ހުޅުމާލެ ހޮސްޕިޓަލުގައި ސެޕްޓެމްބަރު 10 ވަނަ ދުވަހު ޕީސީއާރު ޓެސްޓް ހަދަން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓަރ ހުސެއިން ޝާކިރު ވިދާޅުވީ މިހާރު ދުވާލަކު 200 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށެވެ. އަދި ޓެސްޓުތައް ހެދުމަށްޓަކައި 07 ލެބް ޓެކްނީޝަނުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝާކިރު އިތުރަށް ވިދާޅުވީ ކުރިއަތް އޮތްތާނގައި ޓެސްޓިންގ ކެޕޭސިޓީ އިތުުރު ކުރުމުގެ މަސައްކަތް އެ ހޮސްޕިޓަލުން ކުރަމުންދާނެ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ޕީސީއާރް ޓެސްޓް ހަދަން ފަށާފައިވާއިރު މި މަހުގެ ތެރޭގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ވެސް ޕީޕީއާރު ޓެސްޓިންގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީން) ވަނީ ބުނެފައެވެ.

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޑަބްލިއުއެޗްއޯގެ އެހީ އާއެކު ލިބިފައި ހުރި ޖީން އެކްސްޕާޓް ޓެސްޓް ކުރެވޭ މެޝިންތައް އިންސްޓޯލްކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި މި މެޝިންތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ގއ. ވިލިނގިލި، ފުވައްމުލައް ސިޓީ، ޅ. ނައިފަރު އަދި ށ. ފުނަދޫގައި ކަމަށެވެ.

މިވަގުތު މާލެއިން ދެކުނުގައި ޖީން އެކްސްޕާޓް ޓެސްޓް ކުރެވެނީ ލ. ގަން އަދި ގދ. ތިނަދޫގައި ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގައި ޕީސީއާރު ޓެސްޓް ކުރެވެމުންދާކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ގިނަ ސަރަހައްދެއްގައި ޕީސީއާރް ޓެސްޓް ކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަމުން އަންނައިރު ސެޕްޓެމްބަރު 9 ވަނަަ ދުވަހުން ފެށިގެން ފަތުރުވެރިން ރާއްޖެ އަންނައިރު ކޮވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ވެސް ބުނެފައެވެ.

ސަރުކާރުގެ މި ނިންމުން، މީގެކުރިން ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާއިރު، އިމިގްރޭޝަނުން ބުނީ އެއަށް އަމަލު ކުރަމުން ފަށާފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިންނާއި ކުރު މުއްދަތަކަށް ރާއްޖެ އަންނަ މީހުން ރާއްޖެ އައުމުގެ ކުރިން ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭނެ ކަމަށާއި، އެއީ 72 ގަޑިއިރު ހަމަނުވާ ނަތީޖާއަކަށް ވާންޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި އެ ސެޓްފިކެޓުގައި ޓެސްޓު ކުރި ލެބޯޓްރީގެ ނަމާއި، އެޑްރެސް، ޓެސްޓުގެ ނަތީޖާ، ޓެސްޓު ކުރި ތާރީހް، ޓެސްޓުގެ ނަތީޖާ ދޫކުރި އޮފިސަރުގެ ނަމާއި، ސޮއި ހިމަނަން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭނީ އިމިގްރޭޝަންގެ ޕޯޓަލް،"އިމުގަ"މެދުވެރިކޮށެވެ.

ފަތުރުވެރިންނާއި ކުރު މުއްދަތަކަށް ރާއްޖެ އަންނަ މީހުން ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހުނު ނަމަވެސް، ރާއްޖެއަށް ދަތުރު ކުރާ ދިވެހިންނާއި، ވާރކް ވިސާގައި ރާއްޖެއަށް އަންނަ ފަރާތްތައް، އަދި ފްލައިޓް ކުރޫއިންނާއި، އެއް އަހަރު ނުވާ ކުދިން ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެޗް.ޕީ.އޭ އިން ވަނީ ފަތުރުވެރިންނަށް ކޮވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި، އެތަންތަނުން ޓެސްޓް ހަދައިދޭ އަގުތައް މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އާއްމުކޮށްފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ހިމެނޭ 3 ހޮސްޕިޓަލަކާއި، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިންނަށް ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް އެޗް.ޕީ.އޭ އިން ވަނީ ހަމަޖައްސާފައެވެ.

ފަތުރުވެރިންނަށް ކޮވިޑް-19އަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް 5 ތަނެއްގައި ހަމަޖައްސާފައިވާއިރު، ސަފާރީ ބޯޓުތަކުން ދަތުރު ކުރާ ފަތުރުވެރިންނަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހުޅުމާލޭ ފެރީ ޓަރމިނަލް ހިމެނޭ ސަރަހައްދުގައި ވަނީ ހަމަޖައްސާފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު