Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19 މަނަދޫގެ ހާލަތު

މަނަދޫ އިން ޕޮޒިޓިވްވި މީހާއާ ގުޅިގެން 11 މީހަކު ކަރަންޓީނަށް

ކޮންޓްކެޓް ޓްރޭސިންގ އިން ފާހަގަކުރެވުނު 11 މީހަކު ކަރަންޓީނުކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 12:02
ނ މަނަދޫ

ނ މަނަދޫ

ނ މަނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އާ ގުޅިގެން 11 މީހަކު ކަރަންޓީނު ކުރެވިފައިވާ ކަމަށް ނ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިސްމާއީލް ޝަފީގު ވިދާޅުވެއްޖެއެވެ.

ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވުމާއި ގުޅިގެން މަނަދޫ ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ. ހުކުރު ދުވަހުގެ އިރުއޮއްސުނުއިރު ހޯމް ކަރަންޓީނުގައި ހުރި މީހާ އަށް ރިލީޒިން ސާމްޕަލްގެ ނަތީޖާ އެންގުމަށް ގުޅިއިރު އޭނަ ގޭގައި ނެތުމުން ބެލިއިރު ހުރީ ކަނޑުމަތީގައި ފީނަން ގޮހެވެ.

Advertisement - newsAdvertisement

ޝަފީގު ވިދާޅުވީ ކަރަންޓީނު ކޮށްފައިވަނީ އެމީހާ އާއެކު ދޯނީގައި ތިބި މީހުންނާއި ޑިންގީގައި ތިބި މީހުންގެ އިތުރުން ބޭރުޗތެރެއިން އެ މީހާއާ ބައްދަލުވެފައިވާ ކަމަށް އަމިއްލަ ބުނެފައިވާ މީހުން ކަމަށެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް ޝަފީގް ވިދާޅުވި އެވެ.

ޕޮޒިޓިވްވި މީހާ އާއެކު ކަރަންޓީނު ކުރި އެއްވެސް މީހެއްގެ ފުށުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް ޝަފީގް ވިދާޅުވި އެވެ. ކަރަންޓީނުގައި ބައެއް މީހުން މަނަދޫގެ ގެސްޓް ހައުސްތަކުގައި ތިބި އިރު އަނެއް ބަޔަކު ތިބީ އެމީހުންގެ އަމިއްލަ ގޭގައި ކަމަށް ޝަފީގް ވިދާޅުވި އެވެ.

ހޯމް ކަރަންޓީނުގައި ހުރި މީހާގެ ރިލީސިންގ ސާމްޕަލް ނަގާފައިވަނީ މިމަހުގެ 8 ވަނަ ދުވަހު އެވެ. އެމީހާގެ ނަތީޖާ ހުކުރު ދުވަހުގެ އިރުއޮއްސުނު ހާއިރު އެޗްޕީއޭއިން ލިބިގެން އެކަން އަންގަން ގުޅިއިރު އޭނާ ހޯމް ކަރަންޓީނުގައި ހުރިކަމަށް އަންގާފައިވާ ގޭގައެއް ނެތެވެ.

ޝަފީގް ވިދާޅުވީ އެމީހާ ދީފައިވާ އެޑްރެސްގައި ނެތުމުގެ ސަބަބުން އެކަން އެ ރަށުގައި ހުންނަ ޕޮލިސް ސްޓޭޝަނަށާއި ރަށު ކައުންސިލަށް އެންގި ކަމަށެވެ. އަދި އިތުރަށް އޭނާ އުޅޭ ތަނެއް ބެލިއިރު އޭނާ އުޅުނީ ލަނޑާ ނަގާ ބަޔަކާއެކު ފީނަން ގޮސް ކަމަށް ޝަފީގް ވިދާޅުވިއެވެ. ބަނދަރު ސަރަހައްދުގައި އެމީހުން ރަށަށް އަންނަންދެން ފުލުހުންނާއި ކައުންސިލުން ހަރަކާތްތެރިވެފައިވާ ކަމަށާއި މިކަން ފުލުހުން އިތުރަށް ބަލަމުންދާ ކަމަށް ޝަފީގް ވިދާޅުވިއެވެ.

ހޯމް ކަރަންޓީނުގައި ހުރި މީހާ ރަށުގެ ހޮޓާތަކަށާއި ކެފޭތަކަށް ވަދެފައިވާއިރު ސާމްޕަލް ނެގުމުގެ ކުރިން ވެސް ގެއިން ބޭރުގައި އުޅުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝަފީގް ވިދާޅުވިއެވެ. އެރަށުން "ރާއްޖެ އެމްވީ" އާ ވާހަކަ ދެއްކި ބައެއް އާންމު ރައްޔިތުން ވެސް ބުނެފައިވަނީ ރަށުގެ ކެފޭތަކުން އެމީހާ ފެނިފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހު ހުކުރު ނަމާދަށް ވެސް އޭނަ ދިޔަ ކަމަށް ބައެއް އާންމު ރައްޔިތުން މައުލޫމާތު ދެއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވީ ޕޮޒިޓިވްވި މީހާ ހުކުރު ދުވަހު ހުކުރު ނަމާދަށް ވެސް ގޮސްފައިވާ ކަމަށެވެ.

ޕޮޒިޓިވްވި މީހާ އަކީ ނ އަތޮޅުގައި އޮންނަ ރިސޯޓެއް ކަމުގައިވާ ސޮނެވާ ޖާނީން ކުއްލި ގޮތަކަށް ރަށަށް ފޮނުވާލި މީހެއް ކަމަށް ޝަފީގް ވިދާޅުވިއެވެ. އަދި އެމީހާ ރަށަށް އައިކަން ފުރަތަމަ ކައުންސިލަށް ވެސް ނޭނގޭ ކަމަށާއި ފަހުން އެނގުމުން އޭނާ ހޯމް ކަރަންޓީނަށް ލީކަމަށް ޝަފީގް ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހޯމް ކަރަންޓީނުގައި ހުރި ގޭގައި ވިއްސަކަށް މީހުން ދިރިއުޅެއެވެ.

މަނަދޫ ވަނީ މީގެކުރިން ވެސް މޮނިޓަރިންގ އަށް ލާފައެވެ. އެގޮތުން މެއި މަހުގެ 1ން ޖޫން މަހުގެ 1ށް މަނަދޫ މޮނިޓަރިންގ ގައި ބޭއްވިއިރު އެ ފަހަރު 9 މީހަކު އެރަށުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު