Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިހެބިލިޓޭޝަން ޕްރޮގްރާމް

ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހު: ޖޭޖޭޔޫ

13 ސެޕްޓެމްބަރު 2020 | އާދީއްތަ 00:23

ގާނޫނު ފާސްކޮށްފައިވަނީ މިދިޔަ އަހަރު

އަލީ ސަމާޚް
އަލީ ސަމާޚް | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 00:23
ޖުވެނައިލް ޖަސްޓިސް ޔުނިޓް

ޖުވެނައިލް ޖަސްޓިސް ޔުނިޓް

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބުނާ ރިހެބިލިޓޭޝަން ޕްރޮގްރާމް ޖޭޖޭޔޫ އިން ހިންގަން ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހު ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އިން ބުނެފިއެވެ.

އެ ގާނޫނުގައިވާ ކަންތައްތަކާއި ގުޅޭ ގޮތުން ހޮނިހިރު ދުވަހު ''ރާއްޖެ.އެމްވީ'' އަށް ދެއްވި އިންޓަވިއުއެއްގައި ޖޭޖޭޔޫގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ރޫނާ ވިދާޅުވީ، އެ އިދާރާ އަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ ކުޑަކުދިން ކުދި ކުށްތަަކަށް އަރައި ގަންނަ މައްސަލަތައް ކަމަށެވެ. ގާނޫގައި ބުނާ ގޮތަށް ކުށްތަކަށް އަރައިގަތުމުގެ ކުރިން އެ ކުދިންނަށް ހާއްސަކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގަން ފެށުމުން ބަދަލުތަކެއް ގެނެވޭނެ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

ކުޑަކުދިން ކުށް ކުރުން ދުރު ކުރުމަށް ބޭނުންވާ ޕްރޮގްރާމް ހިންގަން ފެށުމުން ކުށުގެ ވެއްޓަށް ހުށައެޅޭ ކުދިންގެ އަދަދު މަދުވެގެންދާނެ ކަމަށް ވެސް ރޫނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ފާސް ކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 109 ވަނަ މާއްދާގެ ހ ގައި ބުނާ ގޮތުން ކުޑަކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުވުމަށްޓަކައި ކަނޑައަޅަން ޖެހޭ ސިޔާސަތުތައް ކަނޑައަޅައި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބި ކުދިންނަށް ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭންވާނެ ކަމަށް ވަނީ ބުނެފަ އެވެ. ހަމަ އެގާނޫނުގެ 110 ވަނަ މާއްދާގައި ބުނާ ގޮތުން ދައުލަތުގެ ފަރާތުން ހިންގާ ޕްރޮގްރާމްތައް ހިންގާނީ، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު، ޖުވެނައިލް ޖަސްޓިސްއިންނެވެ.

ޖެންޑަރ މިނިސްޓްރީގައި 08 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ރޫނާގެ ނަޒަރުގައި، ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެފައިވާއިރު އެ ކަންތައްތައް ހިނގުމުގެ ކުރިން އެފަދަ އަމަލުތަކަށް ހުށައެޅިގެންދާ ކަހަލަ ކަންތައްތައް ބޮޑެތި މީހުން ނުވަތަ ކުޑަކުދިންގެ ފަރާތުން ފެންނައިރު އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރަން ޖެހެއެވެ.

ރޫނާ ވިދާޅުވީ، އެ ފެންނަ އަލާމާތްތަކަށް ރަނގަޅަށް އެޑްރެސް ކުރަން ޖެހޭ ކަމަށެވެ.

ޖޭޖޭޔޫ އަށް މިދިޔަ އަހަރު ހުށައެޅުނު މައްސަލަތަަކާއި އޭގެ ކުރީ އަހަރު ހުށައެޅުނު ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ގިނައެވެ. ނަމަވެސް މިދިޔަ އަހަރު ހުށައެޅުނު މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަ އާއި ކުޑަކުދިން ސްކޫލަށް ނުދާ މައްސަލަތަކުގެ އިތުރުން މާރާމާރީގެ މައްސަލަތަކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް