Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19، ވެކްސިން

ކުރީގެ ދިރިއުޅުމަށް ރުޖޫއަވެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު: ފައުޗީ

އެމެރިކާއިންވެސް އަންނަނީ އެތައް ވެކްސިންއެއް ޓެސްޓުކުރަމުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 02:57
ޑރ. އެންތަނީ ފައުޗީ

ޑރ. އެންތަނީ ފައުޗީ

ކޮވިޑް-19ގެ ކުރިން އުޅުނު ދިރިއުޅުމަށް ރުޖޫއަވެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް އެމެރިކާގެ މަޝްހޫރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު އޭނާ ބޭރުގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ކޮވިޑުގެ ކުރިން އުޅުނު ދިރިއުޅުމަށް ރުޖޫއަވެވޭނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރުގެ ފަހުކޮޅު ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުން މި ވައިރަހަށް ވެކްސިންއެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އެމެރިކާއިންވެސް އަންނަނީ އެތައް ވެކްސިންއެއް ޓެސްޓުކުރަމުންނެވެ.

މިކަމަށް އަލި އަޅުވާލައްވާ ފައުޗީ ވިދާޅުވީ ކޮވިޑަށް ޓެސްޓުކުރަމުންދާ ވެކްސިންތަކުގެ ތެރެއިން ވެކްސިންއަކަށް ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ އިމަރޖެންސީ އޮތޮރައިޒޭޝަން އަންނަ އަހަރުގެ ކުރީ ކޮޅު ލިބުމަކީ އެކަށިގެންވާކަމެއް ކަމަށެވެ. އެހެންނަމަވެސް، މި ވެކްސިން އެންމެންނަށް ނުލިބިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ވެކްސިންއެއް ޑިސްޓްރިބިއުޓް ކުރަން ފެށުމަށް ފަހު އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދީ، ބަލިން ރައްކާތެރިކުރެވޭވަރު ވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދު ތެރޭގައި ނުވަތަ، އަހަރުގެ ފަހުކޮޅުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ މި ބަލި ފެތުރޭ މިންވަރު ކުޑަކުރުމަށް އާއްމުން ފަރުދީ ޒިންމާ އަދާކުރަމުން ނުދާ ކަމަށެވެ. ބަލި ކޮންޓްރޯލް ކުރެވޭނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަން ފާހަގަކުރައްވާ ފައުޗީ ވިދާޅުވީ އެމެރިކާގެ ރައްޔިތުންގެ ފަރާތުން ފެންނަނީ އެންމެ އެދެވޭ މަންޒަރެއް ނޫން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި

17 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު