Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 އިންޑިޔާގެ ހާލަތު

އިންޑިޔާގެ މަހަރަޝްތްރަ ސްޓޭޓުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ރަޝިޔާ އާ އެއްވަރު

ރަޝިޔާގައިވެސް ވައިރަސް ޖެހިފައިވަނީ އެއް މިލިއަން މީހުންނަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 03:06
އިންޑިޔާގައި މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ

އިންޑިޔާގައި މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ

އިންޑިޔާގެ އެންމެ ބޮޑު އަދި އެންމެ މުއްސަނދި ސްޓޭޓްކަމުގައިވާ މަހަރަޝްތްރަ ސްޓޭޓުން ކޮވިޑް-19 އަށް އެއް މިލިއަން ވަނަ މީހާ ހުކުރު ދުވަހު ޕޮޒިޓިވްވެއްޖެ އެވެ.

ދުނިޔޭގައި ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރިޕޯޓްކުރަމުން އަންނަ ރަޝިޔާގައިވެސް ވައިރަސް ޖެހިފައިވަނީ އެއް މިލިއަން މީހުންނަށެވެ. މަހަރަޝްތްރަ ސްޓޭޓަކީ ގައުމެއް ކަމުގައިވާނަމަ އެސްޓޭޓް މިހާރު ރިޕޯޓްކުރަމުން އަންނާނީ ރަޝިޔާއަށް ވުރެ މަތިން ކޭސްތައް ފެންނަ ގައުމެއްގެ ގޮތުގައެވެ.

އިންޑިޔާގެ ވިޔަފާރީގެ މައި މަރުކަޒު ކަމުގައިވާ މުމްބާއީ ހިމެނޭ މަހަރަޝްތްރަ ސްޓޭޓުން އެއް މިލިއަން މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް އެ ސްޓޭޓުން 20،000ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން އަންނަނީ ރިޕޯޓްކުރަމުންނެވެ.

130 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މަހަރަޝްތްރަ ސްޓޭޓަށް ސަރޖެއް އައިސްފައިވާއިރު މުޅި އިންޑިޔާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ހަތަރު ބައި ކުޅަ އެއް ބައި ހިއްސާ ކުރަނީ އެސްޓޭޓުންނެވެ. އިންޑިޔާގައި މިހާރުވެސް 4.6 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު ކުރިޔަށް އޮތް މަދު ދުވަސްތަކުގައި އެގައުމުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު 5 މިލިއަނަށް އަރާނެކަމަށް ވަނީ ބެލެވިފައެވެ.

އިންޑިޔާގައި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެންދަވަނީ އެގައުމުގެ އިގްތިޞާދު ހުޅުވާލުމަށް މަސައްކަތް ކުރައްވަމުންނެވެ. އިންޑިޔާގެ އިގްތިޞާދު ވަނީ މިދިޔަ އަހަރުގެ ދެ ވަނަ ކުއަރޓަރ އާ އަޅާބަލާއިރު 23.9 އިންސައްތަ މިއަހަރުގެ ދެ ވަނަ ކުއަރޓަރ ގައި ދަށަށްގޮސްފައެވެ.

މަހަރަޝްތްރަ އަކީ އިންޑިޔާގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާ ސްޓޭޓެކެވެ. އެހެންކަމުން އިންޑިޔާގެ އިގްތިޞާދު އަލުން ކޮޅަށް ޖެހުމަށް މަހަރަޝްތްރަ ސްޓޭޓުގައި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ތިންކް ޓޭންކެއް ކަމުގައިވާ އައިޑީއެފްސީ އިންސްޓިޓިއުޓްގެ ހެޑް ރޫބެން އަބްރަހަމް ވިދާޅުވި އެވެ.

އިންޑިޔާގެ އެހެން ހިސާބުތަކުގެ ވިޔަފާރިތައް ހުޅުވާލާ އާންމު ހާލަތަށް ރުޖޫއުވުމަށް މަސައްކަތް ކުރަމުންދާއިރު މަހަރަޝްތްރަ ސްޓޭޓްގެ ގިނަ ވިޔަފާރިތަކަކާއި ޕަބްލިކް ޓްރާންސްޕޯޓްގެ ކަންކަން އާންމު ހާލަތަށް އަދި ނާދެއެވެ. މޯލްތަކާއި ވިޔަފާރިތަކާއި ޕަބްލިކް ޓްރާންސްޕޯޓް ހުޅުވާލާފައިވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު އެވެ.

މިހާލަތު އަވަސް މުސްތަގްބަލެއްގައި ބަދަލުވެގެން ނުދާނެ ކަމަށްވެސް މާހިރުން ބުނެއެވެ. މަހާރަޝްތްރަ އަކީ އިންޑިޔާގެ އެންމެ ބޮޑެތި އިންޑަސްޓްރީތައް ހިންގަމުން އަންނަ މައިތަންވެސް މެއެވެ. އޭގެ ތެރޭގައި ޓާޓާ ކޮންޒަލްޓަންސީ އާއި ރެލިއަންސް އިންޑަސްޓްރީގެ އިތުރުން އެޗްޑީއެފްސީ ބޭންކް ހިމެނެ އެވެ.

އިންޑިޔާގެ ގިނަ ސިޓީތަކެއްގައި ރެއިލްވޭގެ ދަތުރުތައް ފަށާފައިވާއިރު މަހަރަޝްތްރަ ސްޓޭޓްގައި އަދިވެސް ދަތުރުތައް ނުފަށައެވެ. މާރޗް މަހުން ފެށިގެން އެސްޓޭޓްގައި ޓްރެއިން ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.

މުމްބާއީގައި ޕަބްލިކް ޓްރާންސްޕޯޓް އަލުން ފަށައިފިނަމަ ދެ ވަނަ ވޭވެއް އަތުވެދާނެ ކަމަށާއި އެއާއެކު ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ދަތިތަކެއް ދިމާވާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މަހަރަޝްތްރައިގެ ބައެއް ހުޅުވާލާ ފެކްޓްރީތަކުގެ މަސައްކަތްތައް ފާއިތުވި މަސްތަކުގައި ވަނީ އަލުން ފަށާފައެވެ. އެއާއެކު އެ ސްޓޭޓުން ސަރޖެއް ފެނިގެން ގޮސްފައިވާއިރު އެއީ އާންމު ހާލަތަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށް އިންޑިޔާގެ ސިއްހީ އޮފިޝަލުން ބުނެއެވެ.

މަހަރަޝްތްރަ ސްޓޭޓް ހުޅުވާލުމަށް އެންމެ ފުރަތަމަ ފަށާފައިވަނީ ޖުލައި މަހުގެ ކުރީކޮޅުއެވެ. އެއާއެކު މަޑުމަޑުން މީހުން މަދުން އުޅޭ ހިސާބުތަކަށް ވައިރަސް ފެތުރެން ފެށިއެވެ. އޮގަސްޓް މަހުގެ މެދެއްހާ ހިސާބުގައި އެއްވެސް މީހަކު ވައިރަސް އަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިނުވާ ވިލެޖް ތަކުން މިހާރު ހަދަމުންދާ ކޮންމެ ހަތަރު ޓެސްޓަކުން އެއް ޓެސްޓެއް އަންނަނީ ވައިރަސް އަށް ޕޮޒިޓިވްވަމުންނެވެ.

މީގެއިތުރުން މަހަރަޝްތްރަ ސްޓޭޓުގައި ކޭސްތައް އިތުރުވާން ދިމާވި އަނެއް ސަބަބަކީ މިދިޔަ މަހު ކުރިޔަށްދިޔަ ހިންދީ ދީނުގެ ފެސްޓިވަލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. 11 ދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ އެ ފެސްޓިވަލްގައި މުމްބާއީގެ އެތައްހާސް ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރުކޮށްފައިވެ އެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުވެސް މަހަރަޝްތްރައިގައި ނިސްބަތުން ގިނައެވެ. އެގޮތުން އެސްޓޭޓުން ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވާ މީހުންގެ 2.85 އިންސައްތަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ. އެއީ މުޅި އިންޑިޔާގައިވެސް މިބަލީގައި މީހުން މަރުވަމުންދާ ރޭޓަށް ވުރެ މަތީ އަދަދެކެވެ. މުޅި އިންޑިޔާގައި މިބަލީގައި މީހުން މަރުވާ ރޭޓް އުޅެނީ 1.68 އިންސައްތައިގަ އެވެ. މަހަރަޝްތްރަ އިން އެކަނި 28،000ށް ވުރެ ގިނަ މީހުން ވައިރަސް ޖެހިގެން މަރުވެފައިވާއިރު އެއީ މުޅި އިންޑިޔާއިން މިބަލީގައި މަރުވި މީހުންގެ 37 އިންސައްތަ އެވެ.

އެހެންނަމަވެސް މަހަރަޝްތްރަ ސްޓޭޓްގެ ހެލްތު މިނިސްޓަރ ރާޖޭޝް ތޯޕޭ ވަނީ އެސްޓޭޓުން ގިނަ ބަޔަކު ޕޮޒިޓިވްވެގެން ރިޕޯޓްކުރަނީ އެސްޓޭޓްގައި ޓެސްޓް ކުރެވޭ މިންވަރު އިތުރުވެފައި މިކަމުގައި ދެ ފުށް ފެންނަ ސިޔާސަތެއް ގެންގުޅޭތީ ކަމަށް ވިދާޅުވެފައެވެ. ކޭސްތައް މަތިވަމުންދިޔަޔަސް ދުވަހަކުވެސް ކޭސްތައް ފެންނަ މިންވަރު ފޮރުވަން މަސައްކަތްނުކުރާ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެލޭޝިޔާގެ ކަސްޓަމްސްއިން ގިނަ އަދަދެއްގެ ވެލާ އަދި މަސްތުވާތަކެއްޗާއެކު އިންޑިޔާގެ 4 މީހުން ހައްޔަރުކޮށްފި

މެލޭޝިޔާގެ ކަސްޓަމްސްއިން ގިނަ އަދަދެއްގެ ވެލާ އަދި މަސްތުވާތަކެއްޗާއެކު އިންޑިޔާގެ 4 މީހުން ހައްޔަރުކޮށްފި

27 ޖޫން 2019
ކުޑަކުއްޖަކު ރޭޕް ކުރުމުގެ ކުށް ސާބިތުވެ، އިންޑިޔާގެ ފާދިރާއަކު 20 އަހަރަށް ޖަލަށް

ކުޑަކުއްޖަކު ރޭޕް ކުރުމުގެ ކުށް ސާބިތުވެ، އިންޑިޔާގެ ފާދިރާއަކު 20 އަހަރަށް ޖަލަށް

18 ފެބުރުއަރީ 2019
ކެންސަރު ޖެހުނު މުވައްޒަފުންގެ ކިބައިން ސެމްސަންގުން މާފަށް އެދެފި

ކެންސަރު ޖެހުނު މުވައްޒަފުންގެ ކިބައިން ސެމްސަންގުން މާފަށް އެދެފި

25 ނޮވެމްބަރު 2018
ޖައްވަށް ދާން ހަމަޖެހުނު އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ އެސްޓްރޮނޯޓުގެ ދަތުރު ނާސާއިން ކެންސަލްކޮށްފި

ޖައްވަށް ދާން ހަމަޖެހުނު އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ އެސްޓްރޮނޯޓުގެ ދަތުރު ނާސާއިން ކެންސަލްކޮށްފި

19 ޖެނުއަރީ 2018
އިންޑިޔާގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި

އިންޑިޔާގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި

05 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު