Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

މަސީހް ބޭރުކުރުމަށް ނަގާ ވޯޓް ކާމިޔާބުވާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 24 މާރިޗު 2017 | ހުކުރު 20:34
ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ ބައްދަލުވުން

ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ ބައްދަލުވުން

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގައުމިއްޔަތު ހިމާޔާތް ކުރުމަށް ބޮޑެތި ސިޔާސީ ޕާޓީ ތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްޑީޕީ، ޕީޕީއެމްގެ ރައީސް މައުމޫނު ފެކްޝަން، ޖުމްހޫރީ ޕާޓި އަދި އެމްޑީޕީންނެ އެވެ.

ތިރީގައި މިވަނީ އެމްޑީޕީ އާއި ޕީޕީއެމް، ޖޭޕީ އަދި އަދާލަތު ޕާޓީ އެއްބަސްވި އެއްބަސްވުމެވެ.

ސިޔާސީ ޕާޓީތަކާއި ސިޔާސީ ހުރިހާ ފިކުރެއްގެ ފަރާތްތަކުގެ މެދުގައި ކުރެވޭ ބިނާކުރަނިވި މާނަވީ މަޝްވަރާތަކެއްގެ މައްޗަށް ބިނާކޮށް، މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގައުމިއްޔަތު ހިމަޔާތްކޮށް ދިވެހިރާއްޖޭގެ ބިންބިމާއި ފަޅުފަޅާއި ގުދްރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ހިމާޔަތްކޮށް، ސިޔާސި ގޮތުން އުފެދިފައިވާ ނުތަނަވަނަކަމަށް ހައްލެއް ހޯދައި، ދިވެހިރައްޔިތުންގެ ކިބައިން ނިގުލައިގަންމުންގެނދާ މަދަނީ އަދި ސިޔާސީ ހައްގުތައް ރައްކާތެތިކޮށް، ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ މިނިވަން އިންސާފުވެރި އަދި ސިޔާސީ ޕާޓީތަކުން އިހްތިޔާރުކުރާ ކެންޑިޑޭޓުންނަށް ވާދަކުރެވޭ އިންތިހާބުތަކަކަށް ހަދައި، ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން ހައްޔަރުކޮށް ތަހްގީގު ކުރަމުްނދާ ނުވަތަ ދައުވާ އުފުލި ނުވަތަ ދައުވާ އުފުލުމުގެ މަގުމަތީގައިވާ މީހުންނާއި އަދި ހުކުމްކޮށްފައިވާ މީހުން މިނިވަންކޮށް، ސަރުކާރުގެ ތެރޭގައި ހިނގަމުން ގެންދާ ކޮރަޕްޥަނާއި ވައްކަމުގެ އަމަލުތައް ހުއްޓުވައި، ނުހައްގުން ނިގުޅައިގަންފައިވާ މުއާމަލާތްތަކާއި ރައްޔިތުންގެ މުދާ އަލުން އިޔާދަކޮށް، ގައުމު ބިނާކުރުމަށްޓަކައި އަދި ގައުމާއި ރައްޔިތުންގެ ތަރައްގީ ގާއިމުކުރުމުގެ ގޮތުން ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ހޯދަުމަށް ބޭނުންވީ ހިނދު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އިސްވެ ތިބެ، އިސްވެ ދެންނެވުނު މަގްސަދުތައް ހާސިލްކުރުމަށްޓަކައި ޕާޓިގެ ލީޑަރުންގެ މެދުގައި އެއްބަސްވެވޭ ކަންތައްތަކުގައި ރައްޔިތުނގެ މަޖިލީހުގެ މަޖިލީގައްޔާއި ސިޔާސީ މަސްރަހުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ގުޅިގެން އެކުގައި ކުރުމަށް އެއްބަސްވީ ހިނދު

އަޅުގަނޑުމެން މި އެއްބަސްވުމުގައި މި ސޮއިކުރަނީ މި އެއްބަސްވުމުގައި ހިމެނޭ އެންމެހައި ކަންތައްތައް އިހްލާސްތެރިކަމާއެކު ތަންފީޒުކުރުމަށް އިގްރާރުވެ، 24 މާޗް 2017 ވީ ހުކުރު ދުވަހު އެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު