Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސީހުގެ އިތުބާރު

އަލީ އާރިފް އެންދެރިމާގެއަށް ވަޑައިގެން ފާރިސްއާ ބައްދަލުކޮށްފި

14 މާރިޗު 2017 | އަންގާރަ 18:56

މަޝްވަރާކުރެވުނީ ކޮންކަމަކާއި ގުޅިގެންކަމެއް ސާފެއް ނުވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 14 މާރިޗު 2017 | އަންގާރަ 18:56
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ޕީޕީއެމްގެ ޖަލްސަގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ޕީޕީއެމްގެ ޖަލްސަގައި ވާހަކަދައްކަވަނީ

ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ނިސްބަތްވާ، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާ ބައްދަލުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކައިރިވެފައިވަނިކޮށް، ކުއްލިގޮތަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، ފާރިސް މައުމޫނާ ބައްދަލުކުރައްވާފައި ވަނީ އަންގާރަ ދުވަހުގެ (މިއަދު) ހަވީރުގެ ވަގުތެއްގަ އެވެ. އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އެންދެރިމާގޭގައިކަން ވެސް ރާއްޖެޓީވީއަށް އެނގިފައިވެއެވެ. ނަމަވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ކޮންކަމެއް ކަމެއް އަދި، މަޝްވަރާކުރެވިފައިވަނީ ކޮން ބޭނުމެއްގައި ކަމެއްވެސް އެނގިފައެއް ނުވެއެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމާ ގުޅޭ ގޮތުން އަލީ އާރިފްގެ ބަހެއް ހޯދުމަށް އޭނާއަށް ގުޅާލުމުން، ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ފާރިސް މައުމޫނަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުއްވުމުގައިވެސް އިސްކޮށް ހުންނެވި ބޭފުޅެކެވެ. އަދި ފާރިސް އިސްކޮށް ހުންނަވާ އެ މަސައްކަތް ފެށުމާއެކު، ފާރިސްއަށް ބިރުދެއްކުމަށް ސަރުކަރުން އަންނަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެގޮތުން ފާރިސް ވަނީ ކުއްލިގޮތަށް އޭސިސީއަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފަ އެވެ.

ފާރިސް، މީގެކުރިން ވިދާޅުވެފައި ވަނީ، ކޮންމެ ބިރެއް ދެއްކި ކަމުގައިވީ ނަމަވެސް ކުރާ މަސައްކަތަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. މަޖިލީހުގެ ރައީސްގެ އިތުބަރު ނެތްކަމަށް ފާސްކުރުމަށް ބޭނުންވާ އަދަދަށް ވޯޓް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް