Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓްވި ލެންސް އަތުން ޕީއެސްޖީ ބަލިވެއްޖެ

11 ސެޕްޓެމްބަރު 2020 | ހުކުރު 04:16

ޕީއެސްޖީގެ ހަތް ކުޅުންތެރިއަކު ދާދި ފަހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 ސެޕްޓެމްބަރު 2020 | ހުކުރު 04:16
ލެންސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެންސް މޮޅުވީ 1-0 ން

ލެންސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެންސް މޮޅުވީ 1-0 ން

ފްރެންޗް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓްވި ލެންސް އަތުން ބަލިވެއްޖެއެވެ.

މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ފްރެންޗް ލީގުގެ ކުޅުން ފަށާފައިވާއިރު، ލެންސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗަކީ މީގެ ކުރިން މިދިޔަ މަހުގެ 24 ވަނަ ދުވަހު ކުޅެން ތާވަލުކޮށްފައި އޮތް މެޗެކެވެ. އެކަމަކު މި މެޗު ފަސްކުރީ މިދިޔަ މަހުގެ ފަހުކޮޅު އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީ ވާދަކުރުމުންނެވެ.

ލީގުގައި ބުރާސްފަތި ދުވަހަގުރޭ ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުން އެޓީމު ބަލިވިއިރު، މި މެޗުގައި އެޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުކުޅެއެވެ. އެއީ ދާދި ފަހުން ޕީއެސްޖީގެ ހަތް ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ސްޕެއިންގެ ރަށެއް ކަމުގައިވާ އިބްޒާއަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅެނިކޮށް ޕީއެސްޖީގެ ތަރި ނޭމާ އާއި، ފޯވާޑް އެންހެލް ޑި މަރިއާ އާއި، މިޑްފީލްޑަރު ލެއަންޑްރޯ ޕަރެޑެސް އާއި، ގޯލްކީޕަރު ކޭލޯ ނަވާސް އާއި، ފޯވާޑް މައުރޯ އިކާޑީީގެ އިތުރުން ޑިފެންޑަރު މާކީނިއޯސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އޭގެ ފަހުން ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ނަގާފައިވަނިކޮށް ކީލިއަން އެމްބާޕޭވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އެއާއެކުވެސް ބުރާސްފަތި ދުވަހުގެރޭ ޕީއެސްޖީން މެޗު ކުޅުނުއިރު، މި މެޗުން އެޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ލެންސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ލެންސަށް ކާމިޔާބުކޮށްދިނީ އިގްނަޝިއަސް ގަނަގޯއެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޕީއެސްޖީ ބަލިވިއިރު، ލީގުގައި ދެން ޕީއެސްޖީން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރޭއެވެ. އެރޭ ޕީއެސްޖީ ނުކުންނާނީ މާސޭއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް