ކަރަންޓީން ފެސިލިޓީއެއްގައި ހުރި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
9 ސެޕްޓެމްބަރު 2020 | ބުދަ 13:34ޖިންސީ ގޯނާގެ ތުހުމަތު ކުރެވީ ބިދޭސީ ފިރިހެނަކަށް

އަޒްލިފާ އަބްދުﷲ | 9 ސެޕްޓެމްބަރު 2020 | ބުދަ 13:34

ކަރަންޓީން ފެސިލިޓީއެއް
ކަރަންޓީން ފެސިޓީއެއްގައި ހުރި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މާލޭގެ ކަރަންޓީން ފެސިލިީޓއެއްގައި ހުރި ކޮވިޑް-19 އަށް ޕޮޒިޓިވް 26 އަހަރުގެ އަންހެނަކަށް އެތަނުގައި މަސައްކަތް ކުރާ ބިދޭސީ ފިރިހެނަކު ޖިންސީ ގޯނާކޮށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އަދި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.






