Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް މެމްބަރުންގެ މާލީ ބަޔާން

އެމްޑީޕީ ޕީޖީ ލީޑަރަށް މުސާރައިގެ ގޮތުގައި އަހަރަކު 9 ލައްކައަށް ވުރެ ގިނަ ރުފިޔާ

15.88 ރުފިޔާ އިންޓްރެސްޓުގެ ގޮތުގައި ވަނީ ލިބިލައްވާފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2020 | ބުދަ 11:28
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމަށް މުސާރައިގެ ގޮތުގައި އަހަރެއްގެ ތެރޭގައި ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިލައްވާފައިވާކަން ހާމަވެއްޖެއެވެ.

އާޒިމްގެ މާލީ ބަޔާނުގައިވާގޮތުން އޭނާއަށް މިދިއަހަރުގެ މެއި މަހުގެ 27ން މި އަހަރުގެ މެއި މަހުގެ 28 ށް 930،520.79 (ނުވަ ލައްކަ ތިރީސްހާސް ފައްސަތޭކަ ވިހި. ހަތެއް ނުވައެއް) ރުފިޔާ ލިބިފައިވެއެވެ. އަދި 15.88 ރުފިޔާ އިންޓްރެސްޓުގެ ގޮތުގައި ވަނީ ލިބިލައްވާފައެވެ.

Advertisement - newsAdvertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އާޒިމްގެ އެކައުންޓެއްގައި 20،462.01 ރުފިޔާ ހުރި ކަމަށް މާލީ ބަޔާނުގައި ވާއިރު، ބީއެމްއެލްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގައި 2389.90 ރުފިޔާ ހުރި ކަމަށް ދައްކައެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުގައި 14،451.50 ރުފިޔާ ހުރި ކަމަށް މާލީ ބަޔާނުގައިވާއިރު، އެ ބޭންކުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގައި 102.90 ޑޮލަރު ހުރި ކަން ވަނީ ހާމަވެފައެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާގައި އާޒިމްގެ ނަމުގައި ހުޅުވާފައިވާ ދެ އެކައުންޓުގައި 8063 ޑޮލަރު ހުރި ކަމަށާއި 1393.00 ރުފިޔާ ހުރި ކަމަަށް އޭނާގެ މާލީ ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް މީގެކުރިން މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރަމުންނެއް ނުދެއެވެ. ނަމަވެސް މިފަހުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާއެކު ވަނީ މެމްބަރުންގެ މާލީ ބަޔާން ޝާއިއު ކުރަން ފަށާފައެވެ.

އެގޮތުން ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، (އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން) ހިމެނޭހެން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ.

އަދި މަޖިލީހުގެ ވެބްސަައިޓުގައި މެންބަރުންގެ މާލީ ބަޔާން ޝާއިއު ކުރާއިރު 18 އަހަރު ނުފުރޭ ދަރިންނާއި މެންބަރުންގެ އަނބިން ނުވަތަ ފިރިންގެ ބައި ނުހިމެނާ އެ ޝާއިއު ކުރަން ވާނެކަމަށް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު