Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މަޙްލޫފަށް އާޒިމް ރައްދު ދެއްވުން

މަޙްލޫފަށް އާޒިމްގެ އިތުރު ރައްދެއް

މަޙްލޫފަށް އާޒިމް މިފަހަރު ރައްދު ދެއްވީ ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގެ މައްސަލައިގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2020 | އަންގާރަ 08:24
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް

ސަރުކާރު، މަޖިލިސް އަދި ކޯޓުތައް ކުޅިވަރު ތެރެއަށް ވަންނަނަމަ، ކުޅިވަރުތަކުން ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ދެއްކެވި ވާހަކަޔަކަށް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ރައްދު ދެއްވައިފިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބުގެ މައްސަލަ ފެންމަތިވެ، އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ރާއްޖެ ސަސްޕެންޑް ކުރުމުގެ ބިރު އެބައޮތް ކަމަށް ޓީޓީ އެސޯސިއޭޝަނުން މީގެ ކުރިން ބުނުމާ ގުޅިގެން މަޙްލޫފް މިދިޔަ އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒުވާން ޓީޓީ ޓީމު މިދިޔަ އަހަރު ރާއްޖެއަށް ރަންވަނަތަކެއް ހޯދާފައިވާއިރު، އައިޓީޓީއެފްއިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީގެ ކޮޕީއެއް އެމަނިކުފާނަށްވެސް ލިބިފައިވާ ކަމަށެވެ. އަދި ސަރުކާރު، މަޖިލިސް އަދި ކޯޓުތައް ކުޅިވަރު ތެރެއަށް ވަންނަނަމަ، ކުޅިވަރުތަކުން ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މައްސަލައިގައި ރާއްޖެ ސަސްޕެންޑް ކުރުމުގެ އިންޒާރެއް ލިބުނުއިރު، ދާދި ފަހުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބު މައްސަލައިގައިވެސް ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ، ފީފާއިން ވަނީ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރެއް ދީފައެވެ. ފީފާއިން އެގޮތަށް އިންޒާރުދިނީ އެފްއޭއެމްގެ މައްސަލައި ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމާ ގުޅިގެންނެވެ.

އެފަހަރުވެސް މަޙްލޫފަށް އާޒިމް ވަނީ އެކި ފަހަރު މަތިން ރައްދު ދެއްވާފައެވެ. މަޙްލޫފާއި އާޒިމްގެ ކޯޅުން ބޮޑުވެފައިވާއިރު، ޓީޓީ މައްސަލައިގައި މަޙްލޫފް ދެއްކެވި ވާހަކަތައްކަށް ރައްދު ދެއްވަމުން އާޒިމް ވަނީ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެ ސަސްޕެންޑް ކޮށްފާނެއޭ ކިޔައިގެން ޤާނޫނާ، ގަވާއިދާ އެއްގޮތަށް ނޫޅޭ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު ނާޅާނަމަ، މި ހިންގަނީ ދައުލަތެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި މި އުސޫލުން ބަލާނަމަ، ފޭރުމާ، ވައްކަން ވެސް އޯކޭ ކަމަށް ވިދާޅުވިއެވެ.

ޓީޓީގެ މައްސަލަ ހޫނުވެ، ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، ހޯމަ ދުވަހު ސިވިލް ކޯޓުން ވަނީ ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައެވެ. އެއާއެކު އަންގާރަ ދުވަހު ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގެ ވޯޓުންލުން ވަނީ ފަށާފައެވެ.

މީގެ ކުރިން ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ ޓީޓީގެ އިންތިޚާބުގެ ހުރިހާ ކަމެއް މިހާތަނަށް ގެންގޮސްފައިވާނީ އިންސާފުވެރިކޮށް ކަމަށާއި، ޓީޓީ އިންތިޚާބުގެ ކަންކަން ބަލަހައްޓަމުންދަނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އިންތިޚާބީ ކޮމިޓީން ކަމަށްވެސް ވިދާޅުވިއެވެ. އަދި ޓީޓީގެ އިންތިޚާބުގެ ކަންކަން ހިނގަމުން އަންނަނީ ރަނގަޅަށް ކަމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށާއި، އިންތިޚާބު ބޭއްވުމަށް އެ މަޖިލީހުން ރުހުންދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޓީޓީގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ވާދަކުރައްވަނީ މިހާރުވެސް އެމަގާމު ފުރުއްވަމުން އަންނަ އަލީ ރަޝީދު (އައްޔަ) އާއި ތޯހާ ސަލީމެވެ. އިންތިޚާބުގެ ވޯޓުލުން ފަށާފައިވާއިރު، އަންގާރަ ދުވަހުގެ ހަވީރު 17:00 ގެ ނިޔަލަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު