Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޒުވާނުންނަށް ނަމޫނާ ދައްކައިދިން ޝެފް

އުމުރުން އެންމެ 14 އަހަރުން ފެށިގެން ކެއްކުމުގެ ދާއިރާގައި ލަޔާން

އުމުރުން 14 އަހަރުގައި ކެއްކުމުގެ ދާއިރާގައި

ރޫނާ ޝިޔާމް
ރޫނާ ޝިޔާމް, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2020 | ހޯމަ 12:40
ފުޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2019 އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން

ފުޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2019 އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން

ކެއްކުމުގެ ދާއިރާ އަކީ ވަރަށް ގިނަ އަންހެން ކުދިން ޝައުގުވެރިވާ ދާއިރާއެކެވެ. ރާއްޖެއަށް ބަލައިލި ކަމުގައިވީ ނަމަވެސް މި ދާއިރާ އިން ކުރިއަށްދާ އަންހެނުން ގިނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އައިޝަތު ލަޔާން ރިޔާޒް އަކީ ވެސް ވަރަށް ޅަ އުމުރުގައި މިދާއިރާ އަށް ޝައުގުވެރިވި ޒުވާނެކެވެ.

އުމުރުން އެންމެ ސާދަ އަހަރުގައި ކެއްކުމުގެ ދާއިރާގައި ވިދާލި ލަޔާން އަކީ މިހާރުގެ ޒުވާނުންގެ ތެރޭގައި ނަން މަޝްހޫރު ޝެފެކެވެ. މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ކަލާފާނު ސުކޫލުން މަދަރުސީ ހަޔާތް ނިންމުމަށްފަހު ، މޯލްޑިވްސް ނެޝެނަލް ޔުނިވާރސިޓީ (އެމްއެންޔޫ) ގައި ފަތުރުވެރިކަމުގެ ދާއިރާ އިން ކިޔެވުމުގެ ތެރެއިން ކަމަށް އޭނާ ބުންޏެވެ.

ކެއްކުމުގެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ވެސް މި ޒުވާނާ މިވަނީ ހޯދާފައެވެ. އޭގެ ތެރެއިން 2017 ވަނަ އަހަރު ހޮޓެލް އޭޝިއާގެ "ޔަންގް ޝެފް" ކެޓަގަރީ އިން ބްރޯންޒް މެޑަލް ހޯދާފައެވެ. އަދި 2019 ވަނަ އަހަރު ފުޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އިން ރިހި މެޑަލެއް ވެސް ވަނީ ހާސިލް ކޮށްފައެވެ. ކެއްކުމުގެ ދާއިރާ އިން އިތުރަށް ކުރި އެރުމުގެ އުންމީދުގައި ސޮނެވާފުށީގައި ހިންގި އިންޓާންޝިޕް ޕްރޮގްރާމެއްގައި ބައިވެރިވެ އިތުރަށް މި ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގު އުފެދުނު ކަމަށް ލަޔާން ބުންޏެވެ. މީގެ އިތުރުން ޖަޕާނުގެ ކުޒީން އުފެއްދުމަށް މަޝްހޫރު ރެސްޓައުރެންޓް ކަމަށްވާ "އޮއީށީ – ހައުސް އޮފް ސޫޝީ" ގައި ޝެފް އެއްގެ ވަޒީފާ ލަޔާން އަދާ ކޮށްފައިވެއެވެ. ލަޔާން ބުނި ގޮތުގައި މީ މި ދާއިރާ އިން ކުރިއަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިހާރު ވެސް މި ދާއިރާ އިން ކިޔަވަމުން ގެންދަވާ ލަޔާން ބުނި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަން އައުމާއެކު އެތަކެއް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނެވެ. މި ހާލަތުގައި ވަޒީފާގެ ފުރުސަތު ގެއްލުނުކަން ފާހަގަކުރިއެވެ. އެހެންނަމަވެސް މިޒުވާނާގެ އަޒުމަކަށް ބަދަލެއް ނައެވެ. މިކަމުން އަރައިގަތުމަށްޓަކައި ދެން ވިސްނީ ގޭގައި ހުރެގެން އާމްދަނީ ހޯދުމަށެވެ. އެގޮތުންއިންސްޓަރގުރާމްގައި ލަޔާން ވަނީ އޭނާގެ އަމިއްލަ ޕޭޖެއް ހުޅުވިއެވެ. "ބޭކްއޮލޮޖީ. އެމްވީ" ގެ ނަމުން ހުޅުވި މި ޕޭޖަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އަދި ކޮންމެ ދުވަހަކު ވެސް ތައްޔާރު ކުރާ ތަފާތު ކާއެއްޗެހި ވިކެމުންދާ ކަމަށް އޭނާ ބުންޏެވެ. މި ތަކެތީގެ ތެރޭގައި "ކުކީސް"، "ސޫޝީ"، "ކޭކު" ފަދަ ތަކެތި ހިމެނެއެވެ.

ލަޔާން ބޭނުން ވަނީ ތަފާތު އެކި ޤައުމުތަކުގެ ކެއްކުންތައް ކައްކާށެވެ. އެއަށްފަހު އެންމެ ކަމުދާ ޤައުމުގެ ކެއުންތައް ތައްޔާރުކޮށް، އެކަމަށް ހާއްސަވުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ލަޔާންގެ އެންމެ ތަފާތު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ "އަމިއްލަވަންތަ ކާއެެއްޗެހި" ތައްޔާރު ކުރުމެވެ.

މިހާރު އުމުރުން އެންމެ 21 އަހަރުގެ ޝެފް ދެކެން ބޭނުންވާ ހުވަފެނަކީ އަމިއްލަ ރެސްޓޯރެންޓެއް ހުޅުވުމެވެ. ކެއްކުމަކީ ލަޔާންގެ ދިރިއުޅުމުގެ ބޮޑު އެއް ހިއްސާ ކަމަށްވާއިރު ލަޔާން ބުނީ މި ދާއިރާ އަކީ ކުރިމަގު އޮތް ކަނބަލުންނަށް ކުރިއަށް ދާން ރަނގަޅު ދާއިރާއެއް ކަމަށެވެ. އަދި ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކުއްޖަކަށް ވެސް މިދާއިރާ އިން ކުރިއަށް ދެވޭނެ ކަމަށް ލަޔާން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުމުރުން 11 އަހަރުގެ ރިމްޝާ މޮޅު ކުރެހުންތެރިއެއް

އުމުރުން 11 އަހަރުގެ ރިމްޝާ މޮޅު ކުރެހުންތެރިއެއް

18 ސެޕްޓެމްބަރު 2020
އަނެއްކާ ވެސް ރޭޕްގެ މައްސަލައެއް، މިފަހަރު އުމުރުން 86 އަހަރުގެ ދުވަސްވީ އަންހެނެއް!

އަނެއްކާ ވެސް ރޭޕްގެ މައްސަލައެއް، މިފަހަރު އުމުރުން 86 އަހަރުގެ ދުވަސްވީ އަންހެނެއް!

09 ސެޕްޓެމްބަރު 2020
މަޖިލީހުގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަކީ މީޑިއާ އާއި ތައުލީމީ ދާއިރާގައި މުހިއްމު ހިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއް!

މަޖިލީހުގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަކީ މީޑިއާ އާއި ތައުލީމީ ދާއިރާގައި މުހިއްމު ހިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއް!

04 ސެޕްޓެމްބަރު 2020
ފުރަތަމަ އޮންލައިންކޮށް ބޭއްވި ޖަލްސާ: ދާއިރާގައި ތިއްބަވައިގެން މެންބަރުންނަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު

ފުރަތަމަ އޮންލައިންކޮށް ބޭއްވި ޖަލްސާ: ދާއިރާގައި ތިއްބަވައިގެން މެންބަރުންނަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު

30 މާރިޗު 2020
ކޮވިޑް-19: މިއުޅެނީ ތިން ވަނަ ބޮޑު ހަނގުރާމަ ފެށިގެންތޯ އެވެ!

ކޮވިޑް-19: މިއުޅެނީ ތިން ވަނަ ބޮޑު ހަނގުރާމަ ފެށިގެންތޯ އެވެ!

10 މާރިޗު 2020

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު