Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަމީީތާބް ބައްޗަން

އަމީތާބަށް 75 އަހަރު ފުރެނީ، ފިލްމީ ދާއިރާގައި 48 އަހަރު

23 އޯގަސްޓު 2017 | ބުދަ 08:12

އަމީތާބްގެ އުފަންދުވަހަކީ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަސް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 23 އޯގަސްޓު 2017 | ބުދަ 08:12
އަމީތާބް ބައްޗަން

އަމީތާބް ބައްޗަން

އިންޑިއާގެ ބޮލީވުޑްގެ ފިލްމީތަރި އަމީތާބަކީ މިހާތަނަށް އިންޑިއާގެ ފިލްމީދާއިރާގައި އުފެދުނު ވަރުގަދަ އެއް ތަރިއެވެ. އޭނާ އަށް ވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ މިހާރު 48 އަހަރުވެފައެވެ. އޭނާ ފިލްމީދާއިރާއަށް ވަދެފައިވަނީ 15 ފެބްރުއަރީ 1969 ވަނަ އަހަރުގައެވެ.

އެއީ "ސާތު ހިންދުސްތާނީ" ނަމަކަށް ކިޔާ ފިލްމަކުންނެވެ. އެއީ އޭނާގެ އުމުރުން 27 އަހަރުގައެވެ. އެ ރޯލުން އޭނާޔަށް ގައުމީ އެވޯޑެއްވެސް ވަނީ ލިބިފައެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުގެ އަދަދު 179 އަށްވުރެ ގިނަވާނެއެވެ.

އަމީތާބަށް ވަނީ ފިލްމީ ދާއިރާގައި ކާމިޔާބީތަކެއް ވެސް ލިބިފައެވެ. އެގޮތުން އޭނާއަށް ވަނީ 3 ނެޝަނަލް އެވޯޑާއި 12 ފިލްމު ފެއާ އެވޯޑް ލިބިފައެވެ. ފިލްމް ފެއަރ ބެސްޓް އެކްޓަރ އެވޯޑް އަށް އެންމެ ގިނައިން ނޮމިނޭޓް ވުމުގެ ޝަރަފް ނުވަތަ ރިކޯޑް ވެސް އޮތީ އަމީތާބް ގެ އަތުގައެވެ. އަދި 2000 ވަނަ އަހަރު އިންޑިއާގައި ހޮވާފައިވާ ސާސްކަފްގެ އެންމެ މޮޅު ފިލްމީ ތަރީގެ މަގާމް ވެސް އަމީތާބް ވަނީ ހޯދާފައެވެ. ފިލްމް ކުޅުމުގެ އިތުރުން، ލަވަކިޔުން، ފިލްމް ޕްރޮޑިއުސްކުރުން، އަދި ޓީވީ ޝޯ ވެސް އަމީތާބު ހުށައަޅައެވެ.

އަމީތާބް ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި "ބޮމްބޭ ޓު ގޯއާ"، "ޒަންޖީރް"، އާނަންދް"، "މެއިން އައުރް މޭރީ ތަންހާއީ"، "ޗުޕްކޭ ޗުޕްކޭ" ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ.

އަމީތާބުގެ ފިލްމީ ކެރިއަރުގެ އެންމެ ހަނދާނުން ނުފިލާނެ ދުވަހަކީ ހިންދީ ފިލްމު "ކޫލީ" ގެ ގެ ޝޫޓިންގެ ތެރޭގައި އޭނާގެ ބަނޑަށް، މޭޒެއްގެ ކަން ވަދެ ސީރިއަސް ޒަޚަމްތަކެއް ލިބުނު ދުވަހެވެ. އޭނާގެ ފޭނުން މުޅި އިންޑިޔާގެ އެތަން މިތަނުގައި ކަޅު ހެދުން އަޅައިގެން ރޮމުންރޮމުން މަގުތަކަށް ނުކުތެވެ. ނަމަވެސް ފަހުން އޭނާ ވަނީ ރަނގަޅުވުމަށްފަހު އަލުން ފިލްމު ކުޅެން ފަށާފައެވެ.

އަމީތާބް ވަނީ 1984 ން 1987 އަށް އިންޑިޔާގެ ޕާލަމެންޓްގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

އަމީތާބަށް މިއަހަރުގެ އޮކްޓޯބަރު 11 ވަނަ ދުވަހު 75 ފުރޭނެއެވެ. އެހެން ނަމަވެސް އޭނާ ވަނީ އޭނާގެ އުފަންދުވަސް ފާހަގަ ކުރަން ބޭނުން ނުވާކަމަށް ބުނެފައެވެ. އަދި އޭނާ ބޭނުންވަނީ އުފަންދުވަހުގައި އެކަނި އުޅެންކަމަށް ބުނެފައިވެއެވެ. އަމީތާބް އޭނާގެ ބްލޮގުގައި ބުނެފައި ވަނީ އޭނާގެ 75 ވަނަ އުފަންދުވަހުގައި ބޭނުން ވަނީ އެކަހެރި ތަނެއްގައި އެކަނިމާއެކަނި އުޅެން ކަމަށެވެ. އަދި އެތަނަކީ އެއްވެސް ބަޔަކަށް ނޭނގޭ ތަނަކަށް ވާންޖެހޭ ކަމަށް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

26 ޖޫން 2017

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް