Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިމާރާތްކުރުމުގެ މަސައްކަތް

އުމުރުން 16 އަހަރުގެ ނީޝަން: ރާނައި ސިމެންތު ޖަހާ، ވަޑާންކޮށް ކަރަންޓްވައިރު ކުރޭ!

ނީޝަން ބޭނުމީ ރާއްޖޭގެ އެންމެ ހަގު ސިވިލް އިންޖިނިޔަރަށް ވާން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2018 | ހުކުރު 14:07
އިމާރާތްކުރުމުގެ މަސައްކަތުގެ ނީޝަން ހަރަކާތްތެރި ވަނީ

އިމާރާތްކުރުމުގެ މަސައްކަތުގެ ނީޝަން ހަރަކާތްތެރި ވަނީ

އަންހެނުން ބާރުވެރި ކުރުވުމާއި މުޖުތަމައުގެ އެކި ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމުގެ މުހިއްމުކަމުގެ ވާހަކަ ވަރަށް ގިނަ ބަޔަކު ދައްކައެވެ. މަސް އޮޑި މަހުން ލަފައި، މަސް ބައި ގެއަށް ގެނައިމަ، މަސް ލާރިއަށް ހެދުމުގެ އިތުރުންވެސް މުޖުތަމައުގެ އެކި ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން ދަނީ އިތުރުވަމުންނެވެ. މީގެ މިސާލެއްގެ ގޮތުން ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރަކަށް މާރިޔާ ދީދީ އަދި ފުލުހުންގެ ފުރަތަމަ ސްޕޯކްސްޕާރސަންއަކަށް އިޒްމިޔާ ޒާހިރު އައްޔަނު ކުރެވިގެން ދިއުން ފާހަގަކޮށްލެވެއެވެ. ކޮންމެއަކަސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ތަފާތު އެކިއެކި ދާއިރާތަކުގައި މިއަދު އަންހެނުން ފައިތިލަ ސާބިތު ކުރަމުންދާ ކަމެވެ. އެގޮތުން ޒަމާނުއްސުރެ "ފިރިހެނުންނަށް ޚާއްސަ" މަސައްކަތެއްގެ ގޮތުގައި ދެކޭ މަސައްކަތެއް ކަމަށްވާ އިމާރާތްކުރުމުގެގެ ދާއިރާއިންވެސް އަންހެން މޫނުތައް ދަނީ ފެންނަމުންނެވެ.

އުމުރުން ސޯޅަ އަހަރުގެ ސ. މަރަދޫ އަށް އުފަން ފާތިމަތު ނީޝަން ފަތުހުﷲ އަކީ ރާއްޖޭގެ އެންމެ ހަގު ސިވިލް އިންޖިނިއަރަށްވުމުގެ އުއްމީދުގައި އަދި އިމާރާތްކުރުމުގެ މަސައްކަތުގައި ތާރީޚުގައި ފާހަގަކޮށްލެވޭ ފަރާތަކަށްވުމުގެ އަޒުމުގައި މަސައްކަތް ކުރަމުންދާ ހީވާގި ޒުވާނެކެވެ. އެޗްޑީސީން އިންތިޒާމުކޮށްގެން ބޭއްވި ޔޫތު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ނީޝަން ބައިވެރިވީ އެ އުއްމީދުގަ އެވެ. އެ ޕްރޮގްރާމްއިން ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް އެޗްޑީސީން ވަޒީފާ ދޭ ކުދިންގެ ލިސްޓުގައިވެސް ހިމެނިގެން ދިޔައީ ޕްރޮގްރާމްގައި ދެންތިބި ފިރިހެން ކުދިންނާ އެއް ހަމައެއްގައި ފައިތިލަ ސާބިތު ކުރަމުންނެވެ. އެއީ އެ ޕްރޮގްރާމްއިން އަންހެން ކުއްޖަކު ސަނަދެއް ހާސިލުކުރި ފުރަތަމަ ފަހަރު ކަމަށް އެޗްޑީސީން ބުންޏެވެ.

ނީޝަން ރޭނުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ފޭސްބުކް

"ކޮންސްޓްރަކްޝަން ފީލްޑަކީ އާންމުކޮށް އަންހެން ކުދިން އެހާ ރައްޓެހި ފީލްޑެއް ނޫނޭ ދެންނެވިދާނެ. އަޅުގަނޑުމެންގެ މި ޕްރޮގްރާމް ތެރެއިން އެއް އަންހެން ބައިވެރިއަކު މިވަނީ ޕްރޮގްރާމް ނިންމައި ސެޓްފިކެޓް ހާސިލުކުރުމާ ހަމައަށް ވާސިލުވެފަ. މިވެސް އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ ކަމެއް" އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޑިރެކްޓަރ މުހައްމަދު އިލްހާމް ވިދާޅުވިއެވެ.

ނީޝާންގެ ބައްޕަ ފަތުހުﷲ ސޯލިހް ސިފައިންގޭގައި އުޅުއްވި ދުވަސްވަރު

ނީޝަން ބުނި ގޮތުގައި އޭނާއަށް މި ދާއިރާއިން ހިތްވަރު ލިބެނީ ބައްޕަ، ފަތުހުﷲ ސޯލިހްގެ ފަރާތުންނެވެ. ފަތުހުﷲ ވަނީ އެމްއެންޑީއެފްގައި އުޅުއްވިއިރު، ޕާކިސްތާނުގައި އިލެކްޓްރިކަލް ޓެކްނޮލޮޖީގެ ދާއިރާއިން ހެދި ކޯހުން އެއްވަނަ ހޯދައިފަ އެވެ. އެހެންވެ އޭނާއަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު ލިބިވަޑައިގެންފަ އެވެ.

" އެންމެ ބޮޑަށް އިންސްޕަޔަރ ވީ އަޅުގަނޑު ބައްޕައަކީވެސް އިންޖިނިއަރއަކަށްވެފައި ރާއްޖެއިން ބޭރުން ކިޔަވައިގެން އެއްވަނަ ލިބި ރައީސުލްޖުމްހޫރިއްޔާ ފަރާތުން އެ ދެއްވާ ޚާއްސަ އިނާމު ލިބުމުން، އަޅުގަނޑުގެވެސް އުއްމީދަކީ އެއީ," ކުޑަ އިރުއްސުރެ ބައްޕައާއެކު މަސައްކަތުގައި ބައިވެރިވެ އުޅުނު ނީޝަން ބުންޏެވެ.

ނީޝަން ކަރަންޓް ވައިރުކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ނީޝަން

އިމާރާތްކުރުމުގެ މަސައްކަތުގައި ނީޝާން މިހާރު ފިރިހެނަކަށް ދުލެއް ނުކުރާނެ އެވެ. ފައުންޑޭޝަނަށް ބިން ކޮނުމާއި، ސިމެންތި ގެށުމާއި ރޭނުމާއި ފެންވައިރުމާއި ކަރަންޓް ވައިރުކުރަން އެނގެ އެވެ. މެޝިންތަކާ ކުޅެލަން ވެސް ފަރިތައެވެ. ވަޑާމުގެ މަސައްކަތައް ވެސް އެނގެ އެވެ. އެހެންވެ، ކޯހުގައި ވެސް، ކުރަން އުނދަގޫވި މަސައްކަތެއް ނެތެވެ.

ކޯހުގެ ބައެއް ބައިވެރިންނާއެކު ނީޝަން ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ނީޝަން

"ހުސް ފިރިހެނުންނާއެކު މަސައްކަތް ކުރާއިރު އެމީހުންގެ ބަހުރުވަ ހުންނަ ގޮތުން އެއީ ވަރަށް ބޮޑު ޗެލެންޖަކަށްވި . އެއީ މަސައްކަތް ކުރާ އިރު ފިޒިކަލް ކަންކަމުގަ އަންހެން ކުއްޖަކަށް ނުކުރެވޭނެހެން ހީވަނީ. އެހެން ހީވުމަކީވެސް ވަރަށް ބޮޑު ޗެލެންޖަކަށްވި. ވަކި އަންހެނަކަށް ވީތީ އުނދަގޫވި ކަމެއް ނެތް،" ނީޝަން ބުންޏެވެ.

ޔޫތު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ހަރަކާތްތަކުގެ ތެރެއިން

ނީޝަންގެ ހުރިހާ ކާމިޔާބެއްގެ ޝުކުރު އާއިލާއަށް ހައްގުކަން ފާހަގަކުރަމުން އޭނާ ބުނީ، ދަރިން ކުރާ ކަންކަމުގައި މައިންބަފައިންގެ އެހީތެރިކަމާއި ހިތްވަރު ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށާއި، ވަކި މަސައްކަތެއްގައި ކުރިއަށްދާން އަޒުމު ކަނޑައަޅައިގެން އުޅޭ ކުއްޖަކަށް އެންމެ މުހިއްމު އެއްޗަކީ މައިންބަފައިންގެ ސަޕޯރޓް ކަމަށެވެ.

ގަދަ އަޅައި މަސައްކަތްކޮށްފި ނަމަ އުއްމީދު ކާމިޔާބު ވާނެ ކަމަށް ނީޝާން ވެސް ގަބޫލުކުރެ އެވެ. އެއީ ފިސާރި އަންހެން ކުއްޖެކެވެ. އޭނާ ދަނީ އުއްމީދު ހާސިލުކުރުމަށް ހަރުފަތްތައް ގިރާކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަސްތާ ދަށުވެ މަރުވި ޖިއާންގެ އުފަންދުވަހުގެ ހަދިޔާ ބެހުުމުގައި 3 އަހަރުގެ ކޮއްކޮ އަވަދިނެތި!

ބަސްތާ ދަށުވެ މަރުވި ޖިއާންގެ އުފަންދުވަހުގެ ހަދިޔާ ބެހުުމުގައި 3 އަހަރުގެ ކޮއްކޮ އަވަދިނެތި!

22 އޯގަސްޓު 2019
ކެންސަރު ބަލިން ސަލާމަތްވާން މެދުވެރިވީ 10 އަހަރުގެ މިލާ

ކެންސަރު ބަލިން ސަލާމަތްވާން މެދުވެރިވީ 10 އަހަރުގެ މިލާ

14 ޖުލައި 2019
2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ކުއާޓަލީ ބިޒްނަސް ސާވޭގެ އުސްއަލިތައް

2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ކުއާޓަލީ ބިޒްނަސް ސާވޭގެ އުސްއަލިތައް

17 ޖެނުއަރީ 2019
މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި

މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި

23 ޖޫން 2018
އަހަރުގެ ބޮޑު ޖޯކް

އަހަރުގެ ބޮޑު ޖޯކް

16 މެއި 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު