Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަވައިވިންގ އާރް.ކެލީ

އަނެއްކާވެސް އާރް.ކެލީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ވާހަކަތައް، އަދިވެސް ދާއިރާގައި ކާމިޔާބުކަމާއެކު!

'އައި ބިލީވް އައި ކެން ފްލައި'ފަދަ ލަވަތައް ކިޔާފައިވާ ރޮބަޓް ސިލްވެސްޓަރ ކެލީއަށް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ފުރަތަމަ ކޮށްފައިވަނީ 90ގެ އަހަރުތަކުގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2019 | ހޮނިހިރު 17:52
އާރް.ކެލީ

އާރް.ކެލީ

އެމެރިކާގެ 'އާރް އެންޑް ބީ' ލެޖެންޑެއްކަމަށް ގިނަ މީހުން ދެކޭ އާރް.ކެލީގެ މައްޗަށް ކުރެވޭ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކުގެ މައްޗަށް 'ލައިފްޓައިމް'އިން ތައްޔާރުކޮށްފައިވާ 'ސަވައިވިންގ އާރް.ކެލީ' 3 ޖެނުއަރީގައި ވަނީ ރިލީޒްކޮށްފައެވެ.

ހަ އެޕިސޯޑްގެ އެ ޝޯވ ރިލީޒްކޮށްފައިވަނީ އެ ޝޯވ ރިލީޒްކޮށްފިނަމަ، އެ ޝޯވ ތައްޔާރުކުރާ ފަރާތްތައް ގޮވައިގެން ކޯޓަށް ދާނެ ކަމުގެ އިންޒާރު އާރް.ކެލީ ދީފައިވަނިކޮށެވެ.

'އައި ބިލީވް އައި ކެން ފްލައި' ފަދަ ލަވަތައް ކިޔާފައިވާ ރޮބަޓް ސިލްވެސްޓަރ ކެލީއަށް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ފުރަތަމަ ކޮށްފައިވަނީ 90ގެ އަހަރުތަކުގައެވެ. ނަމަވެސް މި ތުހުމަތުތައް ތަހުގީގުކޮށް އޭނާއަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

1994 ވަނަ އަހަރުން ފެށިގެން އޭނާއަށް އެތަކެއް ފަހަރުމަތިން މިފަދަ ތުހުމަތު ކުރެވުނު ނަމަވެސް، މިއަދާ ހަމައަށް އޭނާއަކީ ދާއިރާގައި ކާމިޔާބު ފަންނާނެކެވެ. 'ސަވައިވިންގ އާރް.ކެލީ' ޕްރިމިއަރ ކުރި ފަހުންވެސް އޭނާވަނީ ޝޯވތަކެއް ކުޅެފައެވެ.

'ސަރވައިވިންގ އާރް.ކެލީ'ގައި އޭނާ ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތު ކުރާ ގިނަ އަންހެނުންގެ އިންޓަވިއު ހިމަނާފައިވެއެވެ. އެ މީހުންނަށް އޭނާ ޖިންސީ އަނިޔާކުރިކަމަށް ތުހުމަތު ކުރަނީ އެ މީހުންގެ އުމުރުން 14، 15 އަދި 16 އަހަރުގައެވެ.

ޝޯވއަށް އިންޓަވިއު ދީފައި ނުވިނަމަވެސް، ލަވަކިޔުންތެރިޔާ އާލިޔާގެ ވާހަކަވެސް އެ ޝޯވގައި ހިމެނެއެވެ. 2001 ވަނަ އަހަރު، ދަތުރު ކުރަމުންދިޔަ ފްލައިޓް ވެއްޓި މަރުވި އާލިޔާއާ އާރް.ކެލީ 1994 ވަނަ އަހަރު ކައިވެނި ކުރިއެވެ. އާލިޔާގެ އުމުރުން އޭރު އެންމެ 15 އަހަރެވެ. އާރް.ކެލީއަށް 27 އަހަރެވެ. އުމުރު އޮޅުވާލައިގެން ކުރި މި ކައިވެންޏާ އާލިޔާގެ މައިންބަފައިން ދެކޮޅެވެ. އަދި 1997 ވަނަ އަހަރު އާއިލާގެ ޕްރެޝަރާއިއެކު އެ ދެ މީހުން ވަކިވިއެވެ.

އާލިޔާ

އާލިޔާއާއި އާރް.ކެލީއާ އެފަދަ އެއްވެސް ގުޅުމެއް ހިނގާފައިވާކަމަށް އާލިޔާގެ މަންމަ ވަނީ ދެކޮޅު ހަދާފައެވެ.

އާލިޔާ މިއުޒިކީ ދާއިރާއަށް ތައާރަފްވުމުގައި އާރް.ކެލީގެ އެހީތެރިކަން ލިބުނެވެ. އެގޮތުން، އޭނާ ފުރަތަމަ ރިލީޒްކޮށްފައިވާ ލަވައަކީ އާރް.ކެލީ ކޮމްޕޯޒްކޮށްފައިވާ 'އޭޖް އޭންޓް ނަތިންގ ބަޓް އަ ނަމްބަރ' ނުވަތަ ދިވެހިން ބުނާނަމަ 'އުމުރަކީ ހަމަ އެކަނި ނަމްބަރެއް' މި ލަވައެވެ.

90ގެ އަހަރުތަކުގައި އެމެރިކާގެ މިއުޒިކް އިންޑަސްޓްރީއަށް ތަޢާރުފުވި ގިނަ ތަރިންނަށް، ހާއްސަކޮށް ކަޅު ނަސްލުގެ، އާރް.ކެލީގެ މެނޭޖްމަންޓްގެ ފަރާތުން އެހީވާން އެދެމުންދިޔަކަމަށް 'ޑެސްޓިނީސް ޗައިލްޑް'ގެ އޭރުގެ މެނޭޖަރު އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ބައްޕަ މެތިއު ނޯލްސް ވަނީ ދާދި ފަހުން ހާމަކޮށްފައެވެ. އަދި 'ޑެސްޓިނީސް ޗައިލްޑް'އާ އެކު މަސައްކަތް ކުރަންވެސް އެދުނުކަމަށާއި ނަމަވެސް އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން އެކަމަށް ނޫނޭކޭ ބުނީކަމަށް މެތިއު ބުނެފައިވެއެވެ. ބޭންޑްގެ ފުރަތަމަ އަލްބަމް ރިލީޒްކޮށްފައިވަނީ 1998ވަނަ އަހަރެވެ.

'ސަވައިވިންގ އާރް.ކެލީ'އަށް އިންޓަވިއުދިން މީހުންގެ ތެރޭގައި އާރް.ކެލީގެ ބޭބެއާއި ފިރިހެން ކޮއްކޮ ހިމެނެއެވެ. އޭނާ ކުޑައިރު މީހަކު އޭނާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް އާރް.ކެލީ މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެއީ ކާކުކަމެއް ބުނެފައެއް ނުވެއެވެ. 'ސަވައިވިންގ އާރް.ކެލީ' ގައި އޭނާގެ ކޮއްކޮ ކެރީވެސް މިފަދަ ތުހުމަތުތަކެއް އާއިލާ މެމްބަރަކަށް ކުރެއެވެ.

ޝޯވގައި އެއީ ކާކުކަން ހާމަކޮށްފައި ނުވިނަމަވެސް، ކެރީ މިހާރު ވަނީ އޭނާ ކުޑިއިރު ޖިންސީ ގޯނާ ކުރި ފަރާތް ހާމަކޮށްފައެވެ. އެގޮތުން ކެރީ ބުނީ، އޭނާއަށް ހަ އަހަރާއި އާރް.ކެލީއަށް 10 އަހަރުގައި އެ މީހުންނަށް ޖިންސީ ގޯނާ ކުރީ 16 އަހަރުގެ ދައްތަ ކަމަށެވެ.

'ސަވައިވިންގ އާރް.ކެލީ' ރިލީޒްކުރުމުން ގިނަ ތަރިންތަކެއް ވަނީ އާރް.ކެލީގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކުރުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި، ޖޭޑާ ޕިންކެޓް ސްމިތު، ކީކީ ޕާމަރ، ލޭޑީ ގާގާ، ނީ-ޔޯ، ކާރާ ޑިލެވިން، ކްރިސީ ޓީގަން އަދި ޝޯވއަށް އިންޓަވިއު ދީފައިވާ އާރް.ކެލީއާއެކު މަސައްކަތްކޮށްފައިވާ ޖޯން ލެޖެންޑް ހިމެނެއެވެ.

ގިނަ ބައެއް އޭނާއަށް ފާޑުކިޔަމުންދިޔަ ނަމަވެސް، އާރް.ކެލީގެ ބާރު އަދިވެސް ގަދަކަން އެނގިގެންދިޔައީ ކާރާ އޭނާއަށް ފާޑުކިޔާ ކުރި ޕޯސްޓެއްގެ ސަބަބުން އޭނާއަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި 40،000އަށް ވުރެ ގިނަ ފޮލޮވަރުން ގެއްލުމެވެ. އަދި އޭނާގެ ލަވަތަކެއް އަނެއްކާވެސް ދަނީ އެކި ޗާޓްތަކަށް އަރަމުންނެވެ.

އެހެންނަމަވެސް، 'ސަވައިވިން އާރް.ކެލީ'ގެ ސަބަބުން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ޖޯޖިއާގެ ފުލްޓަން ކައުންޓީ ޑިސްޓްރިކްޓްގެ އެޓާނީ އޮފީސްއިން ވަނީ ތަހުގީގު ކުރަންފަށާފައެވެ.

އެތަކެއް އަންހެނުންނެއް ކުރަމުންދާ މި ތުހުމަތުތައް އާރް.ކެލީދަނީ ދޮގުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

31 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު