Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

އިތުރު 7 ރާޑަރ ސިސްޓަމާއި އެކު މިއަހަރުގެ ފަހުކޮޅު ޖުމްލަ 10 ރާޑަރު ސިސްޓަމް ރާއްޖޭގައި ހުންނާނެ: އެމްއެންޑީއެފް

7 ސެޕްޓެމްބަރު 2020 | ހޯމަ 08:55

މިއީ ސަރަހައްދު ބެލެހެއްޓުމަށް މުހިންމު ވަސީލަތެއް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 7 ސެޕްޓެމްބަރު 2020 | ހޯމަ 08:55
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

އިތުރު 7 ރާޑަރ ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި މިއަހަރުގެ ފަހުކޮޅު ޖުމްލަ 10 ރާޑަރު ސިސްޓަމް ރާއްޖޭގައި ހުންނާނެކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާޑަރ ސިސްޓަމުތަކުގެ މުހިންމުކަމަށް އަލިއަޅުވައި ވާހަކަ ދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ވިދާޅުވީ، ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއިން އެތައް އިބްރަތްތަކެއް ހާސިލްވިކަމަށެވެ. ގޮނޑުދޮށަށް ބޯޓުފަހަރު ވަނީ އެނގުމަކާއި ނުލައި ކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ރާއްޖޭގެ ސަރަހައްދަށް ވަންނަ އުޅަނދު ފަހު ދެނެގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މުހިންމަން އިހްސާސްކުރެވި، އެ މަސައްކަތް ފެށިގެން ދިޔަކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީ ރާޑަރ ސިސްޓަމެއް އައްޑު އަތޮޅުގައި ގާއިމުކުރެވުނުއިރު އެމަސައްކަތް ފުޅާކުރުމަށް ތިން ސިސްޓަމެއް ލިބުނުކަމަށް ބްރިގޭޑިއަރ ޖެނެރަލް ވިދާޅުވިއެވެ. އަދި އޭގެ ފަހުން އިތުރު 7 ސިސްޓަމާއެކު ކުރީގައި ބެހެއްޓިފައިވާ 3 ސިސްޓަމް އަޕްގްރޭޑްކުރެވި މުޅި ރާއްޖެ ސަރަހައްދު ބަލަހައްޓައި ނިންމުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އުންމީދަކީ ހުރިހާ މަސައްކަތެއް މިއަހަރުގެ ފަހުކޮޅު ނިންމާލުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބްރިގޭޑިއަރ ޖެނެރަލް ވިދާޅުވީ ރާޑަރ ސިސްޓަމާއި އެކު އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމެއްވެސް ލިންކު ކުރެވިފައިވާނެކަމަށާއި އެމެރިކާ ސަރުކާރުންވެސް އެ ސިސްޓަމްތައް ގާއިމުކުރުމަށް އެހީތެރިވިކަމަށެވެ. އަދި ގާއިމްކުރެވޭ ސިސްޓަމްތައް ފުރިހަމަވެފައި ކޮމިއުނިކޭޓް ކުރެވޭނެ އިންތިޒާމްތަކާއި ސަރަހައްދު ފެންނަ ގޮތަށް 7 ކިލޯމީޓަރާއި 5 ކިލޯ މީޓަރ ފެންނަވަރުގެ ނައިޓް ވިޝަން ކެމެރާއެއް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަގުތުން ވަގުތަށް އެ ފޮޓޯތަކާއި ވީޑިއޯތައް ހެޑްކުއާރޓަރސްއަށް ލިބޭނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ވަސީލަތުގެ ސަބަބުން ގަވާއިދާއި ހިލާފަށް ރާއްޖެއަށް ވަންނަ އުޅަނދުތައް ހުއްޓުވައި ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް