Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފިނޭންސް މިނިސްޓްރީ

ޕީއެސްއައިޕީގެ ދަށުން އެންމެ ބޮޑު ހަރަދެއް ކުރީ ބިންހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތަކަށް

6 ސެޕްޓެމްބަރު 2020 | އާދީއްތަ 10:08

ބިންހިކުމާއި މަގު ހެދުމުގެ އެކި މަޝްރޫއުތަކަށް ސަރުކާރުން ވަނީ 800.4 މިލިއަން ރުފިޔާ ހަރަދުކޮށްފަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 10:08
ބިން ހިއްކުމުގެ މަސައްކަތްކުރަނީ

ބިން ހިއްކުމުގެ މަސައްކަތްކުރަނީ

އަހަރުގެ މިހާތަނަށް އައި އިރު، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ދަށުން ސަރުކާރުން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތަކަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ބިންހިކުމާއި މަގު ހެދުމުގެ އެކި މަޝްރޫއުތަކަށް ސަރުކާރުން ވަނީ 800.4 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

އެގޮތުން ބިން ހިއްކުމުގެ އެކި މަޝްރޫއުތަކަށް ސަރުކާރުން 692.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މަގު ހެދުމުގެ އެކި މަޝްރޫއުތަކަށް ހަރަދުކޮށްފައި ވަނީ 108.2 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށް 723.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޭގެ ތެރެއިން 315.4 މިލިއަން ރުފިޔާ ވަނީ ބަނދަރުގެ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައެވެ. އަދި ބްރިޖަށް 246.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެއާޕޯޓްގެ އެކި މަޝްރޫއުތަކަށް 160.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް ސަރުކާރުން 240.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، ފެނާ ނަރުދަމާގެ މަޝްރޫއުތަކަށް ސަރުކާރުން ވަނީ 202 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ސަރުކާރުން ވަނީ ނެޝަނަލް ސެކިއުރިޓީ އަދި ޕަބްލިކް އޯޑަރ އަށް 62.5 މިލިއަން ރުފިޔާ، ތައުލީމީ އެކި މަޝްރޫއުތަކަށް 74.7 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮގަސްޓް 27 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ޕީއެސްއައިޕީގެ އެކި މަޝްރޫއުތަކަށް 2,767.6 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖޫން 2017

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

10 ޖޫން 2017
ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް
08 ޖޫން 2017

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017
ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
22 މެއި 2017

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

22 މެއި 2017
"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް
09 މެއި 2017

ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

09 މެއި 2017
ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!
19 މާރިޗު 2017

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް