Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެ ފަނޑިޔާރަށް ރުހުން ދިނުން

ގާޒީ އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމު ސުޕްރީމް ކޯޓަަށް އައްޔަނުކުރަން ރުހުންދީފި

ދެ ބޭފުޅުންގެ ނަންފުޅު ފޮނުއްވީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 05:24
ގާޒީ އަލީ ރަޝީދު (ވ) އާއި ޑރ. މުހައްމަދު އިބްރާހިމް (ކ)

ގާޒީ އަލީ ރަޝީދު (ވ) އާއި ޑރ. މުހައްމަދު އިބްރާހިމް (ކ)

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން އާއި ޑރ. މުހައްމަދު އިބްރާހީމް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މި ދެބޭފުޅުންގެ ނަންފުޅަށް ވަކި ވަކިން ވޯޓަށް އަހާފައިވާއިރު ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަނުކުރަން ފެނިވަޑައިގަންނަވާ ކަމަށް 55 މެމްބަރުން ވޯޓު ދެއްވިއެވެ. އެއް މެމްބަރަކު ވަނީ ގާޒީ އަލީ ރަޝީދު ސުޕްރީމު ކޯޓަށް އައްޔަނުކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓުދެއްވާފައެވެ. އެއީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގެވެ.

Advertisement - newsAdvertisement

ޑރ. މުހައްމަދު އިބްރާހީމް ސުޕްރީމް ކޯޓަށް އައްޔަނުކުރަން ފެނިވަޑައިގަންނަވާ ކަމަށް 63 މެމްބަރުން ވޯޓު ދެއްވިއެވެ.

މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ. މަޖިލީހުގެ ރިޔާސަތުން އެކަން އިއުލާން ކުރައްވައި، ޖުޑިޝަރީ ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވީ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު ދެ ބޭފުޅުންނަށް ރުހުން ދޭން ކޮމިޓީން ނިންމިއެވެ.

ގާޒީ އަލީ ރަޝީދަކީ ކްރިމިނަލް ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީއެވެ. ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމުމާއި ގުޅިގެންނެވެ.

ޑރ. މުހައްމަދު އިބްރާހިމަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މީގެ ކުރިން ހޯމް މިނިސްޓްރީގެ ލީގަލް އެފެއާޒްގެ ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ފުރުއްވިއެވެ.

ސުުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު ދެ ފަނޑިޔާރުންގެ ގޮނޑި ހުސްވެފައިވުމުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މި އޮގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުއާއެކު ސުޕްރީމް ކޯޓުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު