Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ މެމްބަރު ހުސައިން އަވަހާރަވުން

ކުރީގެ މެންބަރު ހުސައިން މުހައްމަދުގެ ހަނދާނުގައި މަޖިލީހުން ސުކޫތެއް ގެނެސްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރުކަން، 2009 އިން ފެށިގެން 2019 އަށް ކުރައްވާފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 05:08
ޖަލްސާގައިި ތިއްބެވި ހުރިހާ މެމްބަރުންވަނީ މެމްބަރު ހުސެއިންގެ ހަނދާނުގައި ސުކޫތެއް ގެނައުމުގެ ގޮތުން ކޮޅަށް ތެދުވެވަޑައިގެން ފަ

ޖަލްސާގައިި ތިއްބެވި ހުރިހާ މެމްބަރުންވަނީ މެމްބަރު ހުސެއިންގެ ހަނދާނުގައި ސުކޫތެއް ގެނައުމުގެ ގޮތުން ކޮޅަށް ތެދުވެވަޑައިގެން ފަ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުހައްމަދުގެ ހަނދާނުގައި މަޖިލީހުން ސުކޫތެއް ގެނެސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވި ހުސެއިން އަވަހާރަވީ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ހުސެއިން އަކީ އާއްމު ހިދުމަތުގައި ސަރުކާރަށާއި ދައުލަތަށާއި ގައުމަށް ހިދުމަތް ކުރެއްވުމުގައި އެތައް އަހަރެއް ހޭދަކުރެއްވި ބޭފުޅެއް ކަމަށެވެ.

އީވާ ވިދާޅުވީ އޭނާވެސް މެމްބަރު ހުސެއިން އާއި އެކު 10 ވަރަކަށް އަހަރު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި ކަމަށާއި ހުސެއިން އަކީ ކިތަންމެ ހަލަބޮލިވެގެންދާ ހާލަތްތަކުގައިވެސް ރަހުމަތްތެރިކަމާއި ކެތްތެރިކަމާއި ހިތްހެޔޮކަން އިސްކުރެއްވިބޭފުޅެއް ކަމަށެވެ. އަދި ހުސެއިން އަކީ ހުރިހާ ބަހުސެއްގައިވެސް ތެދުބަސް ވިދާޅުވި ބޭފުޅެއް ކަމަށާއި އޭނާއަކީ މައުލޫމާތު ފުން ބޭފުޅެއްގެ ގޮތުގައި އީވާ ފާހަގަކުރެއްވިއެވެ.

އީވާ ވިދާޅުވީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގައި ތައުޒިޔާ ދަފްތަރެއް ހުޅުވާލާނެ ކަމަށެވެ. ކުރިއަށް އޮތް ހަފްތާގައިވެސް ފޮތުގައި ލިއުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ އާއްމު ރައްޔިތުންނަށާއި، މެމްބަރު ހުސެއިން އާއި އެކު މަސައްކަތް ކުރެއްވި ހުރިހާ މެމްބަރުންނަށް ވެސް މި ފޮތުގައި ލިޔުއްވުމަށް ދައުވަތު އަރުވާކަމަށެވެ.

މަޖިލީހުގެ އެޖެންޑާގެ ބައިތަކާއި އެކު ކުރިއަށް ދިއުމުގެ ކުރިން ޖަލްސާގައިި ތިއްބެވި ހުރިހާ މެމްބަރުންވަނީ މެމްބަރު ހުސެއިންގެ ހަނދާނުގައި ސުކޫތެއް ގެނައުމުގެ ގޮތުން ކޮޅަށް ތެދުވެވަޑައިގެން ފައެވެ.

އަލްމަރުހޫމް ހުސައިން މުހައްމަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެމްބަރުކަން 2005 ވަނަ އަހަރުން ފެށިގެން، 2009 އަހަރަށް ކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރުކަން، 2009 އިން ފެށިގެން 2019 އަށް ކުރައްވާފައިވާއިރު އެއީ ނިމިދިއަ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި އޭގެ ކުރިން އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމެވެ.

މީގެއިތުރުން، މިހާރު އަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އައު ގާނޫނުއަސާސީ އެކުލަވާލުމަށް އިންތިހާބުކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.

ހުސައިން މުހައްމަދުއަކީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި ހިންގި އިސްލާހީ ހަރަކާތުގައި ވެސް މުހިއްމު ބައިވެރި އެކެވެ. ހާއްސަކޮށް، ނިމިދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ހިނގަމުންދިޔަ 18 ވަނަ މަޖިލީހުގައި ތަޅުއަޅުވައި، ދިވެހި ސިފައިން ބޭނުންކޮށް، މަޖިލިސް ހިސޯރުކޮށް، ރާއްޖޭގެ ބަރުލަނީ ހަޔާތުގައި ދުވަހަކު ވެސް ދެކެފައިނުވާ އެ އަނދިރި ދުވަސްތަކުގައި އޭރުގެ ސަރުކާރުން ހިންގި ލާއިންސާނީ އަދި އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ތެދުވެވަޑައިގެން ބަސްފުޅު ވިދާޅުވި ބޭފުޅެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު