Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކޮވިޑް-19 ރިކަވަރީ ސްކީމް

ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން 783.5 މިލިއަން ރުފިޔާ ދޫކޮށްފި

ބީއެމްއެލް އިން ދޫކޮށްފައި ވަނީ 520.2 މިލިއަން ރުފިޔާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 ސެޕްޓެމްބަރު 2020 | ހޮނިހިރު 17:19
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވި މާލީ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން ދޫކުރާ ރިކަވަރީ ލޯންތަކުގެ ގޮތުގައި 783.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރިސޯޓްތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ ލޯންތަކަށް 520.2 މިލިއަން ރުފިޔާ އަދި 7.5 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. އެގޮތުން ބީއެމްއެލް އިން ދޫކުރާ ލޯނަށް އެދި 556 ފަރާތުން ފޯމު ލާފައިވާ އިރު، އެޕްރުވްކޮށްފައި ވަނީ 397 ފޯމެވެ. އަދި 365 މީހުންނަށް ލޯނު ދޫކޮށްފައިވާ އިރު، 17 ފޯމެއް ވަނީ ރިޖެކްޓު ކޮށްފައެވެ.

ބީއެމްއެލް އިން ދޫކުރާ ލޯނުތަކަކީ ރިސޯޓް ތަކަށާއި ފާއިތުވި އަހަރުގެ ޓާންއޯވަރ 10 މިލިއަން ރުފިޔާ އަށް ވުރެ އިތުރު ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކެވެ. މި ލޯނުތައް ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބިގެންދާ އިރު، ލޯން ދޫކުރަނީ ހަ އިންސައްތައިގެ އިންޓެރެސްޓް ރޭޓެއްގައި ހަ މަސް ދުވަހުގެ ގްރޭސްޕީރިއަޑަކާއި އެކުއެވެ.

މީގެ އިތުރުން، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހަ އިންސައްތައިގެ އިންޓްރެސްޓް އާއި ހަ މަސް ދުވަހުގެ ގެރޭސް ޕީރިއެޑަކާއި އެކު ދޫކުރާ ލޯނުތައް މިހާތަނަށް 1,600 ފަރާތަކަށް ވަނީ ދޫކޮށްފައެވެ. މިއީ 263.3 މިލިއަން ރުފިޔާއެވެ.

އެގޮތުން އަމިއްލަ މަސައްކަތް ކުރާ 478 ފަރާތަކަށް 14.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، ކުދި އަދި މެދު ފަންތީގެ 1,122 ވިޔަފާރިއަކަށް 248.9 މިލިއަން ރުފިޔާގެ ލޯނު އެސްޑީއެފްސީ އިން ވަނީ ދޫކޮށްފައެވެ. މި ލޯނުތައް ދެއްކުމަށް ވެސް ތިން އަހަރު ދުވަސް ލިބިގެންދެއެވެ.

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2020

ކޮވިޑް-19 ސްކީމްގެ ދަށުން 600 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

01 ސެޕްޓެމްބަރު 2020
ކޮވިޑް-19 ސްކީމްގެ ދަށުން 600 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
10 ޖުލައި 2020

ރެޖިސްޓްރާއަށް ލިބިގެންވާ ބާރުގެ ދަށުން 4924 ކުންފުނި އުވާލައިފި

10 ޖުލައި 2020
ރެޖިސްޓްރާއަށް ލިބިގެންވާ ބާރުގެ ދަށުން 4924 ކުންފުނި އުވާލައިފި
08 ޖުލައި 2020

މީރާއިން ޖީއެސްޓީ ޤާނޫނުގެ ދަށުން ހުށައަޅަންޖެހޭ 2 ބަޔާނަކަށް ބަދަލު ގެނެސްފި

08 ޖުލައި 2020
މީރާއިން ޖީއެސްޓީ ޤާނޫނުގެ ދަށުން ހުށައަޅަންޖެހޭ 2 ބަޔާނަކަށް ބަދަލު ގެނެސްފި
05 މެއި 2020

ރިކަވަރީ ސްކީމްގެ ދަށުން ވިޔަފާރިތަކަށް 45 މިލިއަން ރުފިޔާ ދޫކޮށްފި

05 މެއި 2020
ރިކަވަރީ ސްކީމްގެ ދަށުން ވިޔަފާރިތަކަށް 45 މިލިއަން ރުފިޔާ ދޫކޮށްފި
13 އެޕްރީލު 2020

މާޗް މަހު މީރާ އަށް އާމްދަނީގެ ގޮތުގައި ލިބުނީ އަންދާޒާ ކުރިވަރަށް ވުރެ 20.3 އިންސައްތަ ދަށުން!

13 އެޕްރީލު 2020
މާޗް މަހު މީރާ އަށް އާމްދަނީގެ ގޮތުގައި ލިބުނީ އަންދާޒާ ކުރިވަރަށް ވުރެ 20.3 އިންސައްތަ ދަށުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު