Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްޓީސީސީން ހިއްސާ ވިއްކުން

ރައިޓްސް އިޝޫގެ ދަށުން އެމްޓީސީސީއިން ހިއްސާ ވިއްކަން ފަށައިފި

ޑިސެމްބަރު 3ގެ ނިޔަލަށް ހިއްސާ ވިއްކާނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 08:52
އެމްޓިސީސީއިން ގެންނަ ޑްރެޖަރ 'މަހާ ޖައްރާފް'

އެމްޓިސީސީއިން ގެންނަ ޑްރެޖަރ 'މަހާ ޖައްރާފް'

ރައިޓްސް އިޝޫގެ ދަށުން އެމްޓީސީސީގެ ހިއްސާދާރުންނަށް ހިއްސާ ވިއްކަން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ހެނދުނު 9:00އިން ފެށިގެން ހިއްސާ ވިއްކަން ފަށާފައިވާއިރު، ރައިޓްސް އިޝޫގެ ދަށުން އަންނަ ޑިސެމްބަރު 3ގެ ނިޔަލަށް ހިއްސާ ވިއްކާނެކަމަށް އެމްޓީސީސިއިން ބުނެއެވެ. ރައިޓްސް އިޝޫގެ ދަށުން އެމްޓީސީސީގެ ހިއްސާ މިހާރު އޮތް ކޮންމެ ފަރާތަކަށް ހިއްސާއަކަށް ހިއްސާއެއްގެ މަގުން ހިއްސާ ގަނެވޭނެއެވެ. މިފަހަރު ހިއްސާއެއް ވިއްކުމަށް ނިންމާފައިވަނީ 62ރ ގެ ރޭޓުންނެވެ. އެމްޓީސީސީއިން ހިއްސާ ވިއްކުމަށް ނިންމާފައިވަނީ އެކުންފުނިން ގެންނަ ޑްރެޖަރ މަހާ ޖައްރާފު ގަތުމާއި އަދި ކުންފުނިން ކުރާ އެއާއި ގުޅިފައިވާ ކަންކަމަށް ޚަރަދުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށެވެ.

ރައިޓްސް އިޝޫގެ ދަށުން އެމްޓީސީސީއިން 5 މިލިއަން ހިއްސާ ވިއްކުމަށް ނިންމާފައިވެއެވެ. ހިއްސާ ވިއްކައިގެން 310 މިލިއަން ރުފިޔާ ރެއިޒްކުރުމަށް އެމްޓީސީސީއިން ދަނީ މަސައްކަތްކުރަމުންނެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރ މުހައްމަދު ހިލްމީ ވިދާޅުވީ މާލޭގައި ހިއްސާ ވިއްކުމުގެ މަސައްކަތް މިއަދު ފެށިގެންދާއިރު، އަތޮޅުތެރެއަށް އެމްޓީސީސީގެ ހިއްސާދާރުންގެ ގާތަށް ދިޔުމަށް އެކުންފުނިން ދަތުރުތައް ކުރާނެކަމަށެވެ. ރައިޓްސްގެ އިޝޫގެ ދަށުން އެމްޓީސީސީއިން ހިއްސާވިއްކުމުގައި އެންމެ ފުރަތަމަ ހިއްސާ ވިއްކުމަށް ހަމަޖެހިފައިވަނީ މިހާރުވެސް އެކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހިއްސާދާރުންނަށެވެ. އެމްޓީސީސީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފެށި ކުންފުންޏަށް ވުމާއިއެކު، އެކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ވަރަށް ބޮޑު އިންސައްތައަކީ އުމުރުން ދުވަސްވީ ބޭފުޅުންކަން ހިލްމީ ފާހަގަކުރެއްވިއެވެ.

ރައިޓްސް އިޝޫގެ ދަށުން ހިއްސާ ގަންނަން ބޭނުން ނުވާ ހިއްސާ ދާރުންނަށް އެމީހުންނަށް ލިބޭ ހިއްސާ ގަތުމުގެ ހައްޤު އެހެން ފަރާތަކަށް ދޫކޮށްލެވޭނެއެވެ. އާއްމުންނަށް ހިއްސާ ވިއްކުމަށް އެމްޓީސީސީއިން ފެށިިރު، އެމްޓީސީސީއަށް ސަރުކާރުން މީގެ ކުރިން ދިން 11 މިލިއަން ޑޮލަރު އިކުއިޓީއަށް ބަދަލުކޮށް، ސަރުކާރަށް ގަތުމަށް ދޭނީ ބާކީވާ ބަޔަށްވާ ހިއްސާއެވެ.

އެމްޓީސީސީގެ ހިއްސާ ގަންނަން ބޭނުންވާ ހިއްސާދާރުންނަށް ހިއްސާ ވިއްކުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީ ޓަވަރުގެ 3ވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ ރައިޓްސް އިޝޫ ސެންޓަރުންނެވެ. މީގެ އިތުރުން އިސްލާމިކް ބޭންކްގެ ބްރާންޗްތަކުންނާއި، މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އޭޖެންޓުންގެ އިތުރުން ޕޯސްޓް އޮފީސްތަކުންވެސް ހިއްސާ ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެމްޓީސީސީއިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

28 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި

ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި

28 އެޕްރީލު 2017
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

24 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު