Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވ

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާއިން ދަނީ ޤައުމުތައް ދަރަނީގައި ބަނދެލަމުން: އައި.އެމް.އެފް

ރާއްޖެއަކީ ބެލްޓް އެންޑް ރޯޑްގެ ބައިވެރިއެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2018 | ހޮނިހިރު 12:06
މާލެ-ހުޅުލެ ބްރިޖަކީވެސް ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ބައެއް

މާލެ-ހުޅުލެ ބްރިޖަކީވެސް ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ބައެއް

ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްގެ 'ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް'ގެ ސަބަބުން ޤައުމުތައް ދަރަނިން ބަނދެވެމުންދާ ކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާ އައި.އެމް.އެފްގެ ވެރިޔާ ކްރިސްޓީން ލަގާޑް ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި އޮތް ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއާއި ބެހޭ ފޯރަމެއްގައި ވާހަކަ ދައްކަވަމުންނެވެ. 1 ޓްރިލިއަން ޑޮލަރުގެ އަގު ބޮޑު މި ޕްރޮޖެކްޓްގެ ދަށުން ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގައި އުމްރާނީ ވަޞީލަތްތައް ތަރައްޤީ ކުރުމަށް ޗައިނާއިން ދަނީ ބޮޑެތި ލޯނުތަކެއް ދެމުންނެވެ. އަދި ބޮޑެތި ލޯނުތައް ނަގާ ޤައުމުތަކަށް ކުދި ކުދި މާލީ އެހީދީގެން 'ޑީލް' ރީތިކުރުމަށް ޗައިނާއިން މަސައްކަތް ކުރާކަމަށް ތަޖުރިބާކާރުން ދަނީ ތުހުމަތު ކުރަމުންނެވެ.

Advertisement - businessAdvertisement

ލަގާޑް ވިދާޅުވީ ޤައުމުތަކުގެ ބޮލުގައި ޗައިނާއިން ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެޤައުމުތަކުގެ ދަރަނި ބޮޑުވެ، ދައުލަތުން ކުރަން ހުންނަ ޚަރަދުތައް ނުކޮށް ލޯނު އަނބުރާ ދެއްކުމަށް ފައިސާ ޚަރަދުކުރަން ޖެހުމާއި، ބެލެންސް އޮފް ޕޭމަންޓްސްގެ މައްސަލަ ކުރިމަތިވަމުންދާ ކަމަށެވެ. އަދި ބޭރުގެ ދަރަނި ބޮޑު ބައެއް ޤައުމުތަކުގައި މިމައްސަލަ ބޮޑުވެފައިވާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާއިން އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް އެޤައުމުތަކަށް ލޯނު ދޫކުރަނީ ޗައިނާގެ ސަރުކާރުގެ ބޭންކްތަކުންނެވެ. އަދި ދަރަނި އަދާނުކުރެވުމުގެ ސަބަބުން އެންމެ ފަހު ވަގުތު ޤައުމުތައް ދަރާ އޮންނަނީ ޗައިނާގެ ސަރުކާރަށެވެ.

ޝީ ޖިންގްޕިންގްގެ އިސްނެންގެވުމަކަށް ޗައިނާއިން ކުރިއަށްގެންދާ މިމަސައްކަތުގައި މިހާރު ވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދަނީ މައްސަލަތައް ކުރިމަތިވަމުންނެވެ. އެގޮތުން ޕާކިސްތާނުގައި މިދިޔަ ނޮވެމްބަރު މަހު މައްސަލަ ޖެހުނު ޑިއާމާ-ބާޝާ ޑޭމްއަކީ މީގެ އެއް މިސާލެވެ. 14 ބިލިއަން ޑޮލަރުގެ އަގުހުރި މި ޕްރޮޖެކްޓް ހުއްޓާލަން ޖެހުނީ އެ ޑޭމްގެ ހިއްސާ ޗައިނާއިން ބޭނުންވެގެން އުޅޭކަމަށް ޕާކިސްތާނުގެ ފެނާއި ބެހޭ އިދާރާގެ ވެރިޔާ ވިދާޅުވި ހިސާބުންނެވެ. އޭނާ ވިދާޅުވީ އެއީ ޕާކިސްތާނަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށެވެ.

ސްރީލަންކާގެ ހަންބަންތޯޓާ ބަނދަރަކީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ސަބަބުން ޤައުމުތައް ދަރަނިވެރިވެ، ޗައިނާއަށް ފައިދާވުމުގެ އެންމެ މަޝްހޫރު އެއް މިސާލެވެ. ޗައިނާއަށް ދައްކަން ޖެހޭ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކިގެން ސްރީލަންކާގެ ދެކުނުގައި ޗައިނާއިން ޤާއިމްކުރި ހަންބަންތޯޓާ ބަނދަރު ޖެހުނީ 99 އަހަރަށް ޗައިނާއަށް ކުއްޔަށް ދޭށެވެ.

މީގެ އިތުރުންވެސް އޭޝިއާ، އެފްރިކާ އަދި އިރުމަތީ ޔޫރަޕްގައި ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހުނު ބައެއް ޕްރޮޖެކްޓްތައް އެޤައުމުތަކުން ބޭނުންވެގެން ވަނީ ކެންސަލް ކޮށްފައެވެ. އަދި އަނެއް ބައި ޕްރޮޖެކްޓްތައް ވަނީ މަޑުޖައްސާލާފައެވެ. ޕާކިސްތާން ފަދަ ޗައިނާގެ އެހީއަށް ބަރޯސާވެފައިވާ ޤައުމަކުން ވެސް ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ބައެއްގެ ގޮތުގައި ހިމެނޭ ޕްރޮޖެކްޓެއް ކެންސަލް ކުރުމުން، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި މައްސަލަތައް އުޅޭކަން ހާމަވާ ކަމަށް މުހައްލިލުން ބުނެއެވެ.

ޤައުމުތައް ދަރަނިވެރިވުން ހުއްޓުވުމަށް ބެލްޓް އެންޑް ރޯޑްގެ މަސައްކަތްތައް، ޚާއްސަކޮށް ޤައުމުތަކާއި ގުޅިގެން ކުރާ މަސައްކަތްތައް، ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް އައި.އެމް.އެފްގެ ވެރިޔާ ލަގާޑް ވަނީ ގޮވާލައްވާފައެވެ. އަދި މީގެ އިތުރުން ބެލްޓް އެންޑް ރޯޑްގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގައި ބައެއް ޤައުމުތަކުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިމެނޭކަން ކްރިސްޓީން ލަގާޑް ވަނީ ފާހަގަ ކުރައްވާފައެވެ.

ޤައުމުތައް ދަރަނިވެރިވެދާނެކަމުގެ އިންޒާރު އައި.އެމް.އެފް އިން ދީފައި މިވަނީ ޗައިނާއަށް ދަރާ އޮތް ދަރަނީގެ ސަބަބުން މާލީ ބޮޑު ވަޅުގަނޑަކަށް ވެއްޓިދާނެކަމުގެ ބިރު ހީވެފައިވާ ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނޭ ގޮތަށް 8 ޤައުމެއް، އެމެރިކާގެ ތިންކް ޓޭންކަކުން ލިސްޓްކޮށްފައި ވަނިކޮށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި

08 އޯގަސްޓު 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ގާއިމްކޮށްފި

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ގާއިމްކޮށްފި

02 އޯގަސްޓު 2017
އުރީދޫއިން ތ. ވިލުފުއްޓަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދީފި

އުރީދޫއިން ތ. ވިލުފުއްޓަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދީފި

14 ޖުލައި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި

ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި

05 ޖޫން 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު